Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ބަހުސް

ބަޖެޓަށް 16 ގަޑިއިރު ބަހުސް ކުރުމަށްފަހު، ބަހުސް މަރުހަލާ ނިންމާލައިފި

މަޖިލީހުގައި ބަޖެޓަށް ވާހަކަފުޅު ދެއްކެވީ 70 މެންބަރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ނޮވެމްބަރު 2021 | ހޯމަ 11:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް 16 ގަޑިއިރު ބަހުސް ކުރުމަށްފަހު, ބަހުސް މަރުހަލާ ނިންމާލައިފިއެވެ.

ބަހުސް ނިންމަވާލައްވަމުން, ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ބަޖެޓް ބަހުސްއަށް ޖުމްލަ 16 ގަޑިއިރާއި 12 މިނެޓް ހޭދަކުރެވިފައިވާ ކަމަށެވެ. މިފަހަރު ބަޖެޓް ބަހުސް ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

އަންނަ 2022 އަހަރަށް ލަފާކޮށް ހުށައެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ޖުމްލަ 87 މެންބަރުން ތިއްބަވާ މަޖިލީހުގައި ބަޖެޓަށް ވާހަކަފުޅު ދެއްކެވީ 70 މެންބަރުންނެވެ. ބަޖެޓަށް ވާހަކަފުޅު ނުދައްކަވާނީ 17 މެންބަރުންނެވެ. ޕީޖީ ލީޑަރުންގެ ތެރެއިން ބަޖެޓަށް ބަހުސް ނުކުރައްވަނީ، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމެވެ.

ބަޖެޓް ބަހުސް ނިންމާލާފައިވާއިރު، ބަޖެޓް ދިރާސާކުރުމަށް ކަނޑައެޅި ކޮމިޓީން މިހާރުވެސްދަނީ ބަޖެޓް ދިރާސާކުރަމުންނެވެ. އެގޮތުން ބަޖެޓް ކޮމިޓީން ކުރިއަށްގެންދާ ދިރާސާކުރުމުގެ މަރުހަލާގައި، މިނިވަން މުއައްސަސާތަކާއި ކޮމެޓީންދަނީ ބައްދަލުކުރަމުންނެވެ. އެގޮތުން 17 މިނިވަން މުއައްސަސާއަކާއި، އެމްއެމްއޭގެ އިތުރުން އޮޑިޓަރ ޖެނަރަލްގެ އޮފީހާއެކުވެސް ވަނީ މަޝްވަރާތައް ކުރައްވާފައެވެ. މިނިވަން މުއައްސަސާތަކުން ބަޖެޓް އިތުރު ކުރުމަށް އެދެމުންދާތީ، ކޮމިޓީގައި ފިނޭންސް މިނިސްޓަރ އަމީރުވަނީ މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކަށްވުރެ އިތުރަށް އެއްވެސް މުއްސަސާއަކަށް ބަޖެޓަށް އިތުރުކޮށްދެވެންނެތްކަމަށް ވިދާޅުވެފައެވެ.

ބަޖެޓް ކޮމިޓީގެ ދިރާސާއަށްފަހު، އަންނަ ހަފުތާގައި، ބަޖެޓް ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އީވާ ވިދާޅުވިއެވެ. އެއާއެކު އެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށްވެސް 7 މިނެޓުގެ ވަގުތުދިނުމަށްވަނީ ހަމަޖެހިފައެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު