Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ދިރާސާ

އަންނަ އަހަރުގެ ބަޖެޓުން ޒިންމާ އަދާކޮށް، ޚިދުމަތް ނުދެވޭނެ - އެލްޖީއޭ

އިހުތިސާސުގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަވެސް ކައުންސިލްތަކަށް ލިބޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ނޮވެމްބަރު 2021 | އަންގާރަ 03:58
އެލްޖީއޭގެ މެމްބަރުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި

އެލްޖީއޭގެ މެމްބަރުން ބަޖެޓް ދިރާސާކުރާ ކޮމިޓީގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ޒިންމާ އަދާނުކުރެވޭނެ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބުނެފިއެވެ.

ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އެ އިޞްލާހުތައް ގެނައުމުގެކުރިން، އޭރުގެ ކައުންސިލަރުންގެ އަދަދާއި މުވައްޒަފުންގެ އޮނިގަނޑުގެ އިތުރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބަލައި، ޚަރަދުގެ ގޮތުގައި އަންދާޒާ ކޮށްފައިވަނީ އަހަރެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ 2.1 ޕަސަންޓްކަމަށެވެ. ނަމަވެސް ޤާނޫނަށް އިޞްލާހު ގެނެސް ކައުންސިލުތަކަށް ދޭ އަދަދު ފަސް ޕަސަންޓަށް ކަނޑައެޅީ، ރިކަރަންޓް ޚަރަދު ކަނޑައި ބާކީ ބައި ކައުންސިލުތަކުން ޕްރޮގްރާމްތައް ހިންގުމަށް ވިސްނައިގެން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރިއިރު، ރަށްރަށުގައި ހުރި މިސްކިތްތަކާއި ކުޅިވަރު ދަނޑު ފަދަ ތަންތަން ކައުންސިލުތަކުގެ ދަށަށް ބަދަލުކުރެވިފައިވަނީ އެތަންތަނަށް ހިނގާ ޚަރަދު ވެސް ކައުންސިލުތަކުގެ ބަޖެޓުން ހަމަޖައްސަންޖެހޭ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ބަޖެޓްގެ ތެރެއިން ފޯރުކޮށް ނުދެވޭނެ ކަމުގެ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށްވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ކައުންސިލްތަކަށް ވަންނަ ފައިސާއަކީ ސީދާ އެ ކައުންސިލަށް ލިބޭ އާމްދަނިއެއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައިވެއެވެ. އަދި ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ވަނީ 1.5 ބިލިއަން ކަނޑައަޅާފައެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަވެސް ކައުންސިލްތަކަށް ލިބޭނެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެމެންބަރުންގެ މުސާރަ ދެގުނަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުގެ ސަބަބުންވެސް ބަޖެޓަށް ބުރަ ބޮޑުވެފައިވާކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. ބްލޮކް ގްރާންޓުގެ ހުރިހާ ފައިސާއެއް ރިކަރަންޓު ޚަރަދަށް ހޭދަކުރަންޖެހޭނެކަމަށް ލަފާކޮށް މެމްބަރުން ވިދާޅުވީ، އެ ޚަރަތުތަކަށް ފައިސާ ނެގުމަށްފަހު އެހެން ޕްރޮގްރާމްތައް ހިންގުމަށް ފައިސާ ނުހުންނާނެކަމަށެވެ.

މީގެ އިތުރުންވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ބައެއް ކައުންސިލްތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި، އޭގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތައް ހުރިކަމަށް ވިދާޅުވެފައެވެ. އަފްޝަން ވިދާޅުވީ ހާލަތު ރަނގަޅުކުރުމަށް މައުލޫމާތު އެއްކޮށް 23 ކައުންސިލެއް ފާހަގަކޮށް ބަޖެޓުގައި ފައިސާ ހިމަނަން ހުށައެޅުއްވިކަމަށެވެ. ނަމަވެސް ބަޖެޓުގައި ފައިސާ ހިމަނާފައި އޮތީ ހަމައެކަނި 4 ވަރަކަށް ރަށުގެ ކައުންސިލް ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު