Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

މިއަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 ނޮވެމްބަރު 2022 | ހޮނިހިރު 04:01
ބަޖެޓް ކޮމިޓީގެ ބައްދަލުވުން

ބަޖެޓް ކޮމިޓީގެ ބައްދަލުވުން

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ އިތުރުން މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން ވެސް ވޯޓަށް އެހިއެވެ. މިއަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކާ ކުރިމަތިވުމުގެ ސަބަބުން ސަރުކާރުން ވަނީ 2023 އަށް ލަފާ ކުރާ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ވެސް މަޖިލީޙަށް ހުށަހަޅައިފައެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓާ ވެސް ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންކަމަށާއި އެހެންނަމަވެސް، މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ ކަމަށެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވެފައިވާކަމަށާއި ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ބަޖެޓަށް އިތުރުވާ އިތުރުވުން ފައިނޭންސްކުރާނީ މަޝްރޫޢުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދައިގެންނެވެ.

މިއަހަރަށް ސަޕްލިމެންޓްރީ ބަޖެޓެއްް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާ ފާޑު ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ބާކީ އޮތް ނޮވެމްބަރު މަހާއި ޑިސެމްބަރު މަސްތެރޭގައި 5.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާނުކުރެވޭކަމަށާއި މިހާތަނަށް އައިއިރު މިއަހަރުގެ ބަޖެޓަށް އިތުރުވާ ފައިސާއިން ހަރަދުވެފައިވާ މިންވަރު ވެސް ސާފުނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ފާސްކޮށްފައިވާއިރު އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު