Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

އަފްޣާނިސްތާނުގެ ހުރިހާ ހިސާބެއްގައި އިސްލާމިކް ސްޓޭޓުގެ ބާރު އަންނަނީ ގަދަވަމުން: އދ

18 ނޮވެމްބަރު 2021 | ބުރާސްފަތި 14:20

ޚުރާސަން ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓް ފުޅާވެގެންދިޔުމުގައި ޒިންމާ ނަގަންޖެހޭ ބަޔަކީ ޠާލިބާނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 14:20
އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ޠާލިބާންގެ ހަނގުރާމަވެރިއަކު މަގުމަތި ބަލަހައްޓަނީ

އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ޠާލިބާންގެ ހަނގުރާމަވެރިއަކު މަގުމަތި ބަލަހައްޓަނީ

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިޔަފަހުން އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އދ.ގެ ޚާއްސަ މަންދޫބު އދ.ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވައިފިއެވެ.

އދ.ގެ ޚާއްސަ މަންދޫބު ޑެބޮރަ ލިޔޮންސް ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ, އަފްޣާނިސްތާނުގެ 34 ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓްގެ ބާރު ގަދަވަމުން އަންނަކަމަށެވެ. އަދި ޚުރާސަން ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓް ފުޅާވެގެންދިޔުމުގައި ޒިންމާ ނަގަންޖެހޭ ބަޔަކީ ޠާލިބާނުންކަމަށްވެސް އދ.ގެ ޚާއްސަ މަންދޫބު ވިދާޅުވިއެވެ. އެސަރަހައްދުގައި އިސްލާމިކް ސްޓޭޓުން އަންނަނީ، އެއްވެސް ޝަރީއަތަކާ ނުލައި މީހުން މަރައި އެމީހުންގެ ބާރު ހިންގަމުންކަމަށް އދ. ގެ މަންދޫބު ސިފަކުރެއްވިއެވެ.

އެސަރަހައްދަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އަޅާލުން މިހާރު ބޭނުންވާކަމަށްވެސް ޑެބޮރާ ވިދާޅުވިއެވެ.

އދގެ ޚާއްސަ މަންދޫބު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ، ކާބުލްގައި ޝީޢީން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ސަރަހައްދަކަށް ދިން ދެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނެގިތާ ގަޑިއިރުތަކެއް ފަހުންނެވެ. ޚާއްސަ މަންދޫބު ވިދާޅުވީ ޠާލިބާނުން ވަނީ އިސްލާމިކް ސްޓޭޓް އަފްޣާނިސްތާނުގައި ފުޅާ ވަމުންދާ ދިޔުން ހުއްޓުވުމަށް ނުކުޅެދިފައިކަމަށެވެ.

2020 ވަނަ އަހަރު އެޖަމާއަތުން 60 ހަމަލާ ދިންއިރު، މިއަހަރުގެ މިހާތަނަށް އެޖަމާއަތުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ދީފައިވާ ހަމަލާތަކުގެ އަދަދު 334ށް އަރާކަމަށް އދގެ ޚާއްސަ މަންދޫބު ވިދާޅުވިއެވެ.

އަނެއްކޮޅުން ކުރިޔަށް އޮތް ފިނި މޫސުމާ ދިމާކޮށް އަފްޣާނިސްތާނުގެ އެތައް ރައްޔިތުންނެއް ހާލުގައި ޖެހޭނެކަމަށާއި، އެގައުމުގެ އިޤްތިޞާދު އަޑިއަޅާލަމުން އަންނައިރު، ހަނަފަސްކަން އިތުރުވަމުން އަންނަކަމަށް މަންދޫބު ފާހަގަކުރެއްވިއެވެ.

އަނެއްކޮޅުން ޓީޗަރުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކަތްކުރާ މީހުންނަށް މުސާރަ ދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ދޭ އެހީތެރިކަން އިތުރުކޮށް، އިންސާނީ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

އަފްޣާނިސްތާނުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓެމުންދާއިރު، އަދި ޑްރަގްގެ މައްސަލައާއި އިންސާނީ ވަގުފާރީގެ މައްސަލަ އިންތިހާއަށް އިތުރުވަމުން އަންނައިރު، މިއީ ޓެރަރިޒަމަށް މަގުފަހިވާ ކަންކަންކަމަށް މަންދޫބު ވިދާޅުވިއެވެ. މިހުރިހާ ކަމަކާ ގުޅިގެން އަފްޣާނިސްތާނަށް އަސަރުކުރާއިރު، އާޚިރުގައި މުޅި އެސަރަހައްދަށްވެސް މިކަމުގެ އަސަރުކުރާނެކަމަށް އދ.ގެ ޚާއްސަ މަންދޫބު ވިދާޅުވިއެވެ.

އަފްޣާނިސްތާން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް