Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރަށް 3 އަހަރު

ފުލުހުންގެ ޚިދުމަތަށް މިސަރުކާރުން ގެނައީ ކޮން ބަދަލެއް؟

ފުލުހުންނަކީ ކާކުކަން އެނގޭނޭހޭން ނަމާއި ސަރވިސް ނަމްބަރު ފެންނަން ހުރުން މިހާރު މަޖްބޫރުވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 08:33
ތުރާކުނު ޕްލިސް ޑެސްކް ރަސްމީކޮށް ހުޅުވުން

ތުރާކުނު ޕްލިސް ޑެސްކް ރަސްމީކޮށް ހުޅުވުން

ބައެއް ފަހަރަށް ފުލުހުންނަކީ ޕްރޮފެޝަނަލް ބައެއް ނޫނެވެ. އަނެއްބައި ފަހަރު އެއީ ނަމޫނާ ބައެކެވެ. މިއީ އެކިއިރު އެކިމީހުންގެ ޚިޔާލުތައް ހުންނަ ގޮތެވެ. ސިޔާސީ ޕާޓީތަކުންނަމަ އެމީހުންގެ އެއްވުންތަކާއި އިހުތިޖާޖްތަކުގެ ތެރެއިންނެވެ. ފަހަރުގައި ބައެއް ފުލުހުންގެ ޢަމަލްތައް ހުންނަ ގޮތުން ނުވަތަ ކަންކުރެވޭ ގޮތުން ހީވާހީވުމަކަށްވެސް ވެދާނެއެވެ.

ކޮންމެ ކަމެއްގައި ދެކޮޅު އޮންނަ ބީދައިން މިކަމުގައިވެސް ވިސްނުމުގެ ތަފާތު އޮންނާނެއެވެ. ނަމަވެސް ފުލުހުންނަކީ ރައްޔިތުންގެ ބައެކެވެ. ވަކިކަހަލަ ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތިބޭ ބައެކެވެ. އެހެންކަމުން އެޚިދުމަތް ދިނުމުގައި ބައެއް މީހުންނަށް ހީވާ ހީވުމަކީ މައްސަލައެއް ނޫނެވެ. ގޯހެއް ހިނގާފައިވެސް އޮވެދާނެއެވެ. ކުރާން ޖެހެނީ އެންމެކަމެކެވެ. އެކަންކަން އެހަމައިން ނުހިނގާ އެންމެންނަށް އެއްހަމައަކުން ޤަބޫލު ކުރެވޭނޭ ގޮތައް ޚިދުމަތް ދިނުމަށް ހެދޭ އުސޫލުތައް ހަރުދަނާވުމާއި މުޅި އެޚިދުމަތް ތަރައްޤީ ކުރުމެވެ.

އާ ސަރުކާރަށް 3 އަހަރު ވެގެން ދިޔައިރު ފުލުހުންގެ ޚިދުމަތައް ގެނެވުނީ އެފަދަ ރަނގަޅު ކޮން ބަދަލެއްތޯ ބަލާލަން ޖެހެއެވެ. މުޅި މުއައްސަސާގެ ތަރައްޤީއަށް ކުރެވުނީ ކޮންކަމެއްތޯ އެނގެން ޖެހެއެވެ. ރައްޔިތުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ޤާއިމްކުރި ހަރުދަނާ ކަންކަމަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ.

އެވާހަކަތައް ފަށާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުންނެވެ. މިސަރުކާރުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ އެއީ ކަމަށް ބަލައިގެންނެވެ. އެޤާނުނުގެ ދަށުން ފުލުހުންގެ ޚިދުމަތައް ބޮޑު ރަނގަޅު ބަދަލުތަކެއް އަންނަން ނުވަތަ ގެންނަން މަޖްބޫރުވެއެވެ. ފުރަތަމަ ކަމަކީ ކާކުކަން އެނގޭނޭހޭން ނަމާއި ސަރވިސް ނަމްބަރު ފެންނަން ހުރުން މަޖްބޫރުވުމެވެ. ބައެއް ފަހަރަށް ފުލަހަކަށް ކުރެވޭ ކަމަކީ ޤާނޫނާ ޚިލާފް ކަމެއްނަމަވެސް އޭނާ އެކައުންޓަބްލް ނުކުރެވެނީ އެއީ ކާކުކަން ނޭނގޭތީއެވެ. އެހެންކަމުން މިބަދަލުން އެކަމަށް ހައްލު ލިބިދެއެވެ. މިއީ ޢާއްމު ރައްޔިތު މީހާއަށާއި ފުލުސް މީހާއަށް އަދި މުޅި އެމުއައްސަސާއަށް ރައްކާތެރިކަން ގެނެސްދޭ ބަދަލެކެވެ.

އެޤާނޫނުގައިވާގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރެވެއެވެ. އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމުގެ އިތުރުން ފުލުހުންނަށް ލިބިދީފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށްޓަކައި ތައުދީބީ ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް މި ޤާނޫނުން ވަނީ އެކަށައަޅައިދީފައެވެ.

މީގެ އިތުރުން ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއް ގާއިމުކުރުންވެސް މިޤާނޫނުގައި ވެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ޒިންމާދާރު، ޖަވާބުދާރީކުރުވަނިވި ހިދުމަތަކަށް ހެދުން އެއީ މި ޤާނޫގެ އެންމެ ބޮޑު އެއްބައެވެ.

ފުލުހުންގެ ޚިދުމަތް ޤާނޫނު އަސާސީ އާއި ޤާނޫނާއި އެއްގޮތަށް ހިނގަމުން ދޭތޯ ބެލުމަށް ފުލުހުންގެ ބޯޑެއް ޤާނޫނުގެ ދަށުން ސަރުކާރުން ވަނީ އުފައްދާފައެވެ. ފުލުހުންގެ ޚިދުމަތުގެ ފެންވަރު ވަޒަންކޮށް ދިރާސާކޮށް ޑިމޮކްރެޓިކް އަދި އިންސާނީ ހައްގުތައް ނެގެހެއްޓޭފަދަ ގޮތަކަށް ޚިދުމަތް ދެވޭފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ބައްޓަން ކުރުމުގައި ލަފައާ މަޝްވަރާ ދިނުމަކީ މި ބޯޑުގެ ޒިންމާއެވެ. އެހެންކަމުން މުޅި މުއައްސަސާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ދިއުމަށް މިއީ އިތުރު ބާރެކެވެ.

މިސަރުކާރަކީ ފިރިހެނުންނެކޭ އެއްހަމައަކުން އަންހެނުންގެ ބައިވެރިކުރުން އިތުރުކޮށް އަންހެނުން ބާރުވެރި ކުރުމަށް ގަދައަޅާ ސަރުކާރެކެވެ. އެ ބީދައިން ފުލުހުންގެ ޚިދުމަތުގައި ތިބި އަންހެނުންގެ އަދަދު މި ތިން އަހަރު ތެރޭ ސަރުކާރުން ވަނީ ދެގުނަކޮށްފައެވެ.

ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން އިތުރު 8 ރަށެއްގައި ޕޮލިސް ސްޓޭޝަން، ޕޮލިސް ޑެސްކް ނުވަތަ ޕޮލިސް ޕޯސްޓް ޤާއިމްކޮށްފައެވެ. އަދި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 61 އިމާރާތެއް އެޅުމަށް ނިންމައި އީ.ޕީސީ އެގްރިމެންޓް އަދި ލޯން އެއްބަސްވުމުގައި ވަނީ ސަރުކާރުން ސޮއި ކޮށްފައެވެ.

ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް މުޅިން އާ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ނެއިބަރހުޑް ޕޮލިސިންގް ގާއިމްކޮށްފައެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިނގިލި، އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ގދ.އަތޮޅު، ގއ.އަތޮޅު، އއ.އަތޮޅު، އދ.އަތޮޅު އަދި ކުޅުދުއްފުށި ސިޓީގައިވަނީ މިޚިދުމަތް ފަށާފައެވެ. އަދި  ޖަލުތަކުގައި ބަންދުކުރާ ޤައިދީންގެ ހައްޤުތައް ރައްކާތެރިކުރުމަށް ’ނެލްސަން މަންޑޭލާ ރޫލްސް‘ގެ މިންގަނޑުތައް ގާއިމްކުރުމަކީވެސް މިސަރުކާރުން ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ކޮށްފައިވާ ފާހަގަކޮށްލެވޭ ކަންކަމެވެ.

ކޮންމެއަކަސް ފުލުހުންގެ ޚިދުމަތައްވެސް ސަރުކާރުން މިވަނީ އެކަށޭނަ ހެޔޮ ބަދަލުތަކެއް ގެނެސް އާ ޚިދުމަތްތައް ތަރައްޤީކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ޒިންމާދާރުގޮތުގައި އެޚިދުމަތް ދިނުމަށާއި ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނޭ ގޮތްތައް އެކަށައަޅާފައެވެ.

ރައީސް ސާލިޙު ސަރުކާރަށް ތިން އަހަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންގެ މީހަކީ ރައީސް ސާލިހު

ރައްޔިތުންގެ މީހަކީ ރައީސް ސާލިހު

21 ނޮވެމްބަރު 2021
ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!

ސަރުކާރަށް ތިން އަހަރުވީއިރު މިކަންކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ!

17 ނޮވެމްބަރު 2021
ތިން އަހަރުގެ ތެރޭގައި އިޤްތިޞާދަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް

ތިން އަހަރުގެ ތެރޭގައި އިޤްތިޞާދަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް

17 ނޮވެމްބަރު 2021
ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް

ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް

17 ނޮވެމްބަރު 2021
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު