Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިއްހީ ނިޒާމު

ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް

ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރަން ސަމާލުކަމެއް ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2021 | ބުދަ 03:09
ރާއްޖޭގެ ސިއްހީ ދާއިރާ

ރާއްޖޭގެ ސިއްހީ ދާއިރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެން އެކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މިހާރު މި ވަނީ ތިން އަހަރު ފުރިފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެން މި ވީ ދުވަސްތަކުގައި ދައުލަތުގެ މުއައްސަސާތަކުން ވަނީ އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އަދި މިހާރުވެސް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބިއިރު، މިހާތަނަށް ކުރި މަސައްކަތުން ހުރިހާ މުއައްސަސާއަކުންވެސް ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ދާއިރާކަމުގައިވާ ސިއްހީ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް ހެލްތް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ސިއްހީ ދާއިރާއަކީ މާބޮޑު ސަމާލުކަމެއް ނުދެވި އޮތް ދާއިރާއެކެވެ. އެހެންނަމަވެސް މި ސަރުކާރު ހަވާލުވެ، އެންމެ ޚާއްސަ އިސްކަމެއް ދިން އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. މިހާތަނަށް އައިއިރު ސިއްހީ ދާއިރާގައި ހުރި ހައްލު ބޭނުންވާ ގިނަ ކަންކަމެއް ވަނީ ހައްލު ކޮށްދީފައެވެ. އަދި ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލުތަކުގެ ކެޕޭސިޓީ އިތުރުކޮށް، ހެލްތު ސެންޓަރުތައް އެންމެ އާދައިގެ ސިއްހީ ޚިދުމަތް ދެވޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.

މިގޮތުން ސިއްހީ މަރުކަޒުތަކުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގައި 02 އެނދުގެ އައިސީޔޫއެއް ގާއިމްކޮށް ކޮވިޑް ޓްރަންސްފަރ ފެސިލިޓީ އެއް ގާއިމްކޮށްފައިވެއެވެ. ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގައި ސްކޭން މެޝިން އިން އައުޓް ރީޗް ދަތުރުތަކުގައި ޚިދުމަތް ދިނުމަށް ފެށިފައިވާއިރު، ތައިރޮއިޑް ޓެސްޓު ހެދުމަށް ބޭނުންވާ މެޝިން ވަނީ ލިބިފައެވެ. އަދި ކޮމަންޑޫ ސިއްހީ މަރުކަޒުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓެބަލް އެކްސްރޭ މެޝިންވެސް މިހާރު ވަނީ ލިބިފައެވެ. ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ކޮވިޑް ޓެސްޓް ހެދުމަށް ޕީސީއާރް ލެބެއް ވަނީ ގާއިމްކޮށްފައެވެ. ކ. މާފުށި ސިއްހީ މަރުކަޒުގައި ކަށީގެ ޚާއްސަ އަދި ހަމުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ފެށިފައިވާއިރު، ގދ، މަޑަވެލި ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ޚިދުމަތް ދޭން ފެށުމާއި، 20 އެނދުގެ އައިސީޔޫ އަދި 37 އެނދުގެ އައިސޮލޭޝަން ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމާއި، ޕީސީއާރް ޓެސްޓް ހެދުމަށް ޖީން އެކްސްޕާރޓް މެޝިނެއް އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމާއި، ސްކޭން މެޝިނުން އައުޓް ރީޗް ދަތުރުތަކުގައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ނ. އަތޮޅު ހޮސްޕިޓަލުގައިވެސް ދަތުގެ ޚިދުމަތް ދޭން ފެށުމާއި، ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްފައިވެއެވެ. ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަޔޯކެމިސްޓްރީ އެނަލައިޒަރއެއް ގާއިމްކުރުމާއި، އީއެންޓީ އޯޕީޑީގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ޖީން އެކްސްޕާރޓް މެޝިނެއް އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، ޅ. އަތޮޅު ހޮސްޕިޓަލުގައި ކީމޯތެރެޕީގެ ޚިދުމަތް ވަނީ ފަށާފައެވެ. ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލުގައި ޑިޖިޓަލް ޕޯޓަބަލް އެކްސްރޭ މެޝިނެއް އިންސްޓޯލްކޮށް ނިންމައި ޚިދުމަތް ދޭން ފަށާފައިވާއިރު، ގއ. އަތޮޅު ހޮސްޕިޓަލުގައި 20 އެނދުގެ އައި.ސީ.ޔޫ އަދި 37 އެނދުގެ އައިސޮލޭޝަން އެއް އެކުލެވޭ ގޮތަށް ކޮވިޑް ފެސިލިޓީ އެއް ވަނީ ގާއިމްކޮށްފައެވެ. އަދި ޕީސީއާރް ޓެސްޓް ހެދުމަށް ޖީން އެކްސްޕާރޓް މެޝިނެއް އިންސްޓޯލްކޮށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ޏ. އަތޮޅު ހޮސްޕިޓަލުގައި 20 އެނދުގެ އައިސީޔޫއެއް ގާއިމްކޮށް ކޮވިޑް ޓްރާންސްފަރ ފެސިލިޓީއެއް ގާއިމްކޮށްފައިވެއެވެ.

މި ޚިދުމަތްތަކުގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން އެ ތަންތަނުގައި ގިނަ ޚިދުމަތްތަކެއް ވަނީ ގާއިމްކޮށްފައެވެ. މިގޮތުން ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މައިގަނޑުގޮތެއްގައި ގާއިމްކޮށްފައިވާ ޚިދުމަތްތަކަކީ ފިޒިއޯތެރަޕީގެ ޚިދުމަތާއި، ބޮޑެތި ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ގެންދިއުމާއި، އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވޭ ދޭން ފެށުމާއި، އެމްއާރުއައިގެ ޚިދުމަތް ދިނުމާއި، ސީޓީ ސްކޭނިންގެ ޚިދުމަތް ފެށުމާއި، ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭ ގޮތަށް ބަދަލު ކުރުމާއި، ލެބޯޓްރީ ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ކާޑިއެކް ޚިދުމަތް ތައާރަފުކުރުމާއި، ކޮވިޑް ޓެސްޓު ކުރުމަށް ޕީސީއާރު ލެބެއް ގާއިމްކުރުމާއި، ހޮސްޕިޓަލުގެ މަރާމާތު އެކި މަސައްކަތާއި، ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތާއި، ކޮވިޑް ފެސިލިޓީއެއް ގާއިމްކުރުމާއި، އޮކްސިޖަން ޕްލާންޓުގެ ޚިދުމަތް ދިނުމާއި، ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓެއް ގާއިމުކޮށް ޚިދުމަތްދޭން ފެށުން ހިމެނެއެވެ.

މި ޚިދުމަތްތަކުގެ އިތުރުން އެހެން ރީޖަނަލް ހޮސްޕިޓަލުތަކާ ޚިލާފަށް އައްޑޫ އިކުއިޓޯރިއަލަށް ތައާރަފުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި އިންހައުސް ފާރމަސީގެ ޚިދުމަތާއި، ލެބޯޓްރީގައި ހިސްޓޯޕްތޯލޮޖީގެ ޚިދުމަތާއި، އެކޯ ކާޑޮއޯގްރަފީގެ ޚިދުމަތާއި، ޓްރެޑްމިލް ޓެސްޓްގެ ޚިދުމަތާއި، ހޯލްޓަރ މޮނިޓަރިންގް ޚިދުމަތާއި، އީއެމްޖީ އަދި އީއީޖީގެ ޚިދުމަތާއި، ކުނިނައްތާލުމުގެ ނިޒާމް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި، ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއް ގާއިމުކުރުމާއި، ބްރޮންކޯސް ކޯޕީ، ކޮލޮނަސްކޯޕީ އަދި އެންޑޮސްކޯޕީގެ ޚިދުމަތް ތައާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހުރި އެމްބިއުލާންސްގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ޖަޕާން އެހީގެ ދަށުން 21 ޕެރަމެޑިކް އެމްބިއުލާންސް ވަނީ ސިއްހީ ޚިދުމަތްދޭ ތަންތަނާ ހަވާލުކޮށްފައެވެ. މިގޮތުން ކުރިން އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ 4 ރަށަކަށް މުޅިން އަލަށް އެމްބިލުއަންސް ވަނީ ހަވާލުކޮށްފައެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލް ސިއްހީމަރުކަޒުތަކުގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ނުދެވޭ 96 ރަށަކަށްއެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ރާއްޖޭގައި ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަރަށް ޚާއްސަކަމެއް ދެއްވާ ކަމެކެވެ. އަދި ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މި ދާއިރާ ކުރިން އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް މިވަނީ ގެންގޮސްދެއްވާފައެވެ.

ހެލްތު މިނިސްޓްރީރައީސް ސާލިޙު ސަރުކާރަށް ތިން އަހަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު