Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިޤްތިޞާދު

ތިން އަހަރުގެ ތެރޭގައި އިޤްތިޞާދަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް

ރެކޯޑު އަދަދަކަށް މަސްކިރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2021 | ބުދަ 11:27
ތިން އަހަރުގެ ތެރޭގައި އިޤްތިޞާދަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް

ތިން އަހަރުގެ ތެރޭގައި އިޤްތިޞާދަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ. ރައީސް ޞާލިޙުގެ ސަރުކާރަށް މިއަދު ތިން އަހަރު ފުރޭއިރު، ވަކި ދާއިރާއެއް ނުބައްލަވައި، އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ދާއިރާތަކަކަށްވެސް ނުހަނު ބޮޑު ކުރިއެރުމެއް ގެންނަވާފައެވެ.

ކޮވިޑް-19ގެ ހާލަތާއެކު މުޅި ދުނިޔެ، ސިއްހީ އަދި އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިގެންދިޔައެވެ. މިއީ އެމަނިކުފާނުގެ ޒަޢާމަތުގައި ކުރިމަތިލާން ޖެހިވަޑައިގަތް އެންމެ ބޮޑު ގޮންޖެހުންކަން ގައިމެވެ. ނަމަވެސް މިހުރިހާ ދަތިތަކަކާއެކު ވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ގިނަގުނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. ވަކިން ޚާއްޞަކޮށް ކޮވިޑްގެ ހާލަތާއެކު މުޅި ދުނިޔެ ހުއްޓިފައި ވަނިކޮށް، ރާއްޖޭގެ އިގްތިޞާދަށް ރައީސް ޞާލިޙު ގެންނެވި ކުރިއެރުން ފާހަގަ ކުރެވެއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވަނީ މާޔޫސްވެފައިތިބި މަސްވެރިންނާ ދަނޑުވެރިންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާފައެވެ. ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް މަސައްކަތް ކުރައްވާއިރު، ރާއްޖެ އަންނަ ފްލައިޓުތަކުގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ތިމާވެށި ރައްކާތެރި ކުރުމުގެ ތެރެއިން, ހަކަތަ އުފައްދާނެ ހަރުދަނާ ގޮތްތަކެއް ހޯއްދެވިއެވެ. އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، ގޮތްހުސްވެފައިވާ ވިޔަފާރިވެރިން ނަގައި ކޮޅަށް ޖެއްސެވިއެވެ. އުމްރާނީ ގޮތުން ގިނަގުނަ ތަރައްގީތަކެއް ގެންނަވައި، ދިވެހީން އެންމެ ބޮޑަށް އެދެމުން އައި އިންޓަރނެޓްގެ އަގުތަކަށް ވަނީ ހެޔޮ ބަދަލެއް ގެންނަވާފައެވެ.

ފާއިތުވި ތިންއަހަރުގެ ތެރޭގައި މިފްކޯއަށް މަސް ކިރާ މިންވަރު އިތުރުވެފައި ވާއިރު، 2020 ވަނަ އަހަރަކީ ރިކޯޑު އަދަދަކަށް މަސްކިރި އަހަރެވެ. އެއަހަރުގެ ތެރޭގައި މިފްކޯއަށް 49،392 ޓަނުގެ މަސް ކިރާފައިވެއެވެ. މީގެ އިތުރުން ޑީސަލާއި ދޯނި ބަނުމަށް ބޭނުންވާ ސާމާނުތަކުން ޑިއުޓީ ކަނޑާފައި ވާއިރު، މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ދަރަނި ޚަލާޞްކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ހަމައެހެންމެ މަސް ގަނެވޭނެ އެންމެ ދަށް އަގު މަތިކުރުމާއި، މަސްވެރިކަމުގެ ބާޒާރު ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރިއެވެ. އަދި ޒަމާނުއްސުރެ އޮންނަ 'އެކްސްކްލޫސިވިޓީ' ކަނޑާލުމުގެ އިތުރުން، ލޭނު މަސްވެރިކަން ވަނީ ގާނޫނަކުން މަނާކޮށްފައެވެ.

ކޮވިޑް ތެރޭގައި މަސްވެރިންނަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ އެސްޑީއެފްސީ ލޯނުގެ ގޮތުގައި 232 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 39 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވެއެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، ދަނޑުވެރިކަމަށް އިމްޕޯޓުކުރާ ތަކެތިން ޑިއުޓީ ކަނޑާލުން ވެގެންދިޔައީ ދަނޑުވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ. އަދި 1،000 ދަނޑުވެރިންނަށް ކޮންޓްރެކްޓް ޔަގީންކޮށްދީފައި ވާއިރު، އެސްޑިއެފްސީ ލޯނުގެ ދަށުން ދަނޑުވެރިންނަށް 16،273،876 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ޕެސްޓިސައިޑް ކޮންޓްރޯލްު ކުރުމާބެހޭ ގާނޫނު އެކުލަވާލައި، ގަވައިދުތައް ތަންފީޒުކުރަން ފަށާފައިވެއެވެ. ހަމައެހެންމެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގުގައި ރަނގަޅު މާކެޓެއް ހޯދައިދިނުމަށް މިސަރުކާރުން ވަނީ އެގްރޯނެޓް އުފައްދާފައެވެ.

ދަނޑުވެރިންގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން، ނާސްތާ ޕްރޮގްރާމަށް ބޭނުންވާ މޭވާ ދިވެހި ދަނޑުވެރިން އަތުން ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޑްރިޕް އިމިގްރޭޝަން ސިސްޓަމް ގާއިމުކުރުމުގެ އިތުރުން، ބ. މާޅޮހާއި މ. މުލީގައި ކުދި ބިންކޮޅުތަކުގައި ދަނޑުވެރިކަން ކޮށްގެން ނަފާހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމުކުރެވިފައެވެ.

ކޮވިޑްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަން ހުއްޓިފައި ވަނިކޮށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ އާރޯ ވަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތީ މިއަހަރަށް އަމާޒު ކުރެވުނު ވަރަށްވުރެ ކުރީގައެވެ.

ޑަބްލިއުޓީއޭއިން ހޮވާ އެންމެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަށް މިދިޔަ އަހަރުތެރޭގައި ރާއްޖެ ވަނީ ހޮވިފައެވެ. މީގެ އިތުރުން 10 އިންސައްތަ ސަރވިސްޗާޖު ނަގަން ލާޒިމުކުރުމާއި، ރިސޯޓު މުވައްޒަފުންގެ ތެރެއިން 95 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ދެޑޯޒު ދެވިފައި ވުމަކީ މިސަރުކާރުން ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތުގެ ނަތީޖާއެވެ.

ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 25 ބަނދަރެއްގެ މަސައްކަތް މުޅިން ނިންމާފައި ވާއިރު، 39 ބަނދަރެއްގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނުވަ ބަނދަރެއްގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ޖުމްލަ 135ށް ވުރެ ގިނަ މަގު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ. އަދި ހޯރަފުށީގައި އެއަރޕޯޓު ގާއިމުކުރުމުގެ އިތުރުން އެހެން ތިން ރަށެއްގައި އެއަރޕޯޓު އެޅުމުގެ މަސައްކަތްވެސް މިހާރު އެބަކުރިއަށްދެއެވެ. ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރު ކުރުމުގެ ގޮތުން ފިންލެންޑާއި، ތުރުކީ އަދި ބަހްރެއިންގެ ތިން އެއަރ ސަރވިސް އެއްބަސްވުން މިހާރު ވަނީ އެކުލަވާލާފައެވެ.

ހަމައެހެންމެ، ޖޫރިމަނާ ވުމުގެ ސަބަބުން ލައިސަންސު ނުނެގިފައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ޖޫރިމަނާ ނުދައްކައި ލައިސަންސް ނެގޭނެ މަގުވެސް މިސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

12 އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު ރާއްޖެއިން ވަނީ ކޮޕްގައި ބައިވެރިވެފައެވެ. އަދި އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލި އެންމެ ފުރަތަމަ ގައުމަކަށްވެސް ވެފައިވަނީ ދިވެހިރާއްޖެއެވެ. މީގެ އިތުރުން އައްޑޫއާއި ފުވައްމުލައް ސިޓީ، ޔުނެސްކޯ ބަޔޯސްފިއަރ ރިޒަރވްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިސަރުކާރުން ވަނީ، އިހުމާލުވެ ތޮއްޖެހިފައިވާ ކުނީގެ މައްސަލައަށްވެސް އެދެވިގެންވާ ހައްލެއް ހޯދާފައެވެ. އެގޮތުން ރަށްރަށުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި 29،000 ޓަނުގެ ކުނި ވަނީ ހުސްކުރެވިފައެވެ. އަދި ތިލަފުށިން ދުންއެރުން ހުއްޓުވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ ކުނީގެ ގޮތުގައި އެންމެ ގިނައިން ފާހަގަކުރެވޭ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފޭޒްއައުޓް ކުރުމުގެ އިތުރުން، ކަރަންޓު ނަގާ އަގުގެ ފަރަގު ވެސް ވަނީ ނައްތާލާފައެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި މިސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކާޑުގެ ބާވަތްތައް އެއް އަގެއްގައި ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އަދި އެސްޑީއެފްސީ ލޯނުގެ ދަށުން 893 ފަރާތަކަށް 1،091،600،747 ރުފިޔާ ދޫކުރެވިފައިވެއެވެ. އެސްޑީއެފްސީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އެސްއެމްއީ ބޭންކެވެ.

މިސަރުކާރު އައިފަހުން ރާއްޖެގައި 9000ށް ވުރެ ގިނަ އައު ވިޔަފާރިތައް ރަޖިސްޓަރީކޮށްފައި ވާއިރު، 8000ށް ވުރެ ގިނަ އައު ވަޒީފާ ވަނީ އުފައްދާފައެވެ. މީގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުގެ 4000 ވަޒީފާ ވަނީ ދިވެހީންނަށް ދީފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމްގެ ތެރެއިން،، މިދައުރުގެ ތެރޭގައި 118 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. ބާކީ ހުރި 23 ރަށުގެ ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުދަމާގެ 56 މަޝްރޫއެއް ހިނގަމުން އަންނައިރު، 62 މަޝްރޫއެއް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 25 ބަނދަރެއްގެ މަސައްކަތް މުޅިން ނިންމާފައި ވާއިރު، 39 ބަނދަރެއްގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނުވަ ބަނދަރެއްގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ޖުމްލަ 135ށްވުރެ ގިނަ، މަގު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 11 މަޝްރޫއެއް ހިނގަމުން އަންނައިރު، ތިން މަސައްކަތެއް މުޅިން ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ހަ މަޝްރޫއެއް ހިންގުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

ނެޓްހެޔޮ ޕްރޮގްރާމުގެ ދަށުން 300 ރުފިޔާއިން މަތީގެ ޕެކޭޖްތަކަށް، ތްރޮޓްލް ސްޕީޑަކީ ފަހެއް އެމްބީޕީއެސް ކަމަށް ކަނޑައަޅާފައި ވާއިރު، ތްރޮޓްލް ސްޕީޑް އެންމެ ދަށްވެގެން ދޭއް އެމްބީޕީއެސްގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އިންޓަރނެޓުގެ އަގު ހެޔޮ ކުރުމަކީ ދިވެހި ރައްޔިތުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެކެވެ.

ރައީސް ސާލިޙު ސަރުކާރަށް ތިން އަހަރުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

26 މެއި 2023
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

23 މެއި 2023
އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

21 މެއި 2023
އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

09 މެއި 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު