Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން: ފަނޑިޔާރުން ސާފުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ސުވާލު ކޮށްފި

ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަމްބަރާ އެސްއޯއެފްގެ އެކައުންޓްގައި އޮތް ޗެކް ނަމްބަރާ ދިމާނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 06:22
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި، ފަނޑިޔާރުންގެ ފަރާތުން، ސާފުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފިއެވެ.

އަޑުއެހުމުގައި އޮތީ ފަނޑިޔާރުން ކުރައްވާ ސުވާލަށް ޖަވާބު ދެއްވުން އެކަންޏެވެ. ފަނޑިޔާރު މަަހާޒް ޢަލީ ވިދާޅުވީ، މި އަޑުއެހުމަކީ، އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލަ ދިރާސާ ކުރަމުން ދިޔުމުގެ ތެރޭގައި ފާހަގަވި ކަމަކާ ގުޅިގެން ބޭއްވި އަޑު އެހުމެއްކަމަށެވެ. އަދި އަޑުއެހުމުގައި އޮންނާނީ، ހަމައެކަނި ފަނޑިޔާރުން ކުރައްވާ ސުވާލަށް ޖަވާބު ދެއްވުން ކަމަށެވެ.

Advertisement - newsAdvertisement

ސުވާލު ކުރައްވަމުން ފަނޑިޔާރު މަހާޒް ޢަލީ ވިދާޅުވީ، އިސްތިއުނާފް ކުރައްވާ ފަރާތުން ފާހަގަ ކުރެއްވި އެއް ނުކުތާ ކަމަށްވާ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަން ސާބިތު ނުވާކަމަށް ހުށަހަޅުއްވާފައި އިސްތިއުނާފީ ނުކުތާއާއި، އެ ނުކުތާއަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި، އެ ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ  ޗެކް ނަމްބަރާއި، އެސްއޯފްގެ އެކައުންޓްގައި އޮތް ޗެކް ނަމްބަރާ ދިމާ ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޗެކް ހުށަހެޅިފައިވާ ނުވާކަމަށް އިސްތިއުނާފު ކުރާފަރާތުން ބުނެފައިވާކަމަށެވެ.

އެ ޗެކްގައިވާ ޗެކް ނަމްބަރާ އެސްއޯފްގެ އެކައުންޓުގައި ވާ ނަމްބަރާ ދިމާނުވަކީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެސްއޯފްގެ އެކައުންޓްގައިވާ ނަމްބަރާ ޗެކް ނަމްބަރާ ދިމާ ނުވަނީ އެންޓަރ ކުރިއިރު ދިމާވެފައިވާ ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމެންޓްގައި އެ ތާރީޚުގައި އެކައުންޓަށް އެ އަދަދަށް ފައިސާ ވަދެފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ. އަދި އެހެން ލިޔެކިޔުންތަކަށް ބަލާއިރު، އެއީ އެ ފައިސާކަން އެނގެން އޮންނަ ކަމަށެވެ. ޗެކް ޖަމާކުރި އަޙުމަދު އިޝްފާހު ޢަލީއަށް ޗެކް ހަވާލުކުރި ކަމަށް ޢަބްދުﷲ ޒިޔަތާއި އަދީބުގެ ހެކި ބަހުން އެނގޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުވާކުރިއިރު އެކަން އެގޮތަށް އޮތްކަން އެނގޭތޯ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، ދައުވާ ކުރިއިރު އެކަން ސާފުވެފައި ނުވާ ކަމަށާއި، އެހެންނަމަވެސް ފަހުން ތަހުގީގުކުރާ ފަރާތްތައް މެދުވެރިކޮށް އެކަން ސާފު ކުރެއްވިކަމަށެވެ. ތަހުގީގުކުރާ ފަރާތުންވެސް އެއީ ބޭންކް ސްޓޭޓްމެންޓަށް އެންޓަރ ކުރުމުގައި އަރާފައިވާ އޮޅުމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސްޓޭޓްމެންޓާއި ސްލިޕަކީ ބެންކުން ހޯދާފައިވާ ލިޔުންތަކެއް ކަމަށް ތަހުގީގުކުރާ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތެރެއިން ދައުލަތަށް އެ ޗެކް ލިބިފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ޒިޔަތުގެ މައްސަލައިގައި އެ ޗެކް ދައުލަތަށް ލިބި، ދައުވާ ކުރައްވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެއަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެއް މައްސަލައެއްގައި މަސައްކަތް ކުރައްވާ ވަކީލުންނާއި އަނެއް މައްސަލައިގައި މަސައްކަތްކުރައްވާ ވަކީލުންނާ ވާހަކަދައްކައި، ލިޔެކިޔުންތައް ހިއްސާނުކުރާ ކަމަށެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ، ތަހުގީގުކުރާ ފަރާތުން ދައުލަތާ ހިއްސާކުރާ ލިޔެކިޔުންތަކަކީ މައްސަލައާ ގުޅުންހުރި ލިޔުން ކަމަށްވާނަމަ، ކޮންމެ މައްސަލައެއްގައިވެސް އެ ލިޔެކިޔުންތައް ބޭނުން ކުރެވެން ވާނެ ކަމަށެވެ. އެފަދަ އޮޅުމެއް އޮތްނަމަ އެކަން ކްރިމިނަލް ކޯޓް މަރުހަލާގައި ހިއްސާ ނުކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތަށް މައްސަލަ ނިންމައި ދިނުމަށް އެދޭ ކަމަށް ޔާމީންގެ ވަކީލު ވިދާޅުވިއެވެ.

އެ ޗެކަކީ އެމްސީބީގެ ޗެކެއްކަން އެނގޭތޯ، ފަނޑިޔާރު މަހާޒު ދައުލަތާ ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ބޭންކުން ލިޔުންތައް ހޯދަނީ، ފުރަތަމަ އެކައުންޓް ސްޓޭޓްމެންޓް ހޯދުމަށްފަހު، އެކައުންޓުގައި ފާހަގަކުރެވޭ ވަކި ޓްރާންސެކްޝަންތަކާ ގުޅިގެން ކަމަށެވެ. އެ ޗެކް ހޯދުމަށް އެދުމުން ބޭންކުން ހިއްސާކުރި ޗެކްގައި އެއް އަދަދު ތަފާތު ކަމަށެވެ. އެމްސީބީގެ ޗެކުން ޖަމާވި ފައިސާތޯ ކަށަވަރުކަމާއެކު އެގޭތޯ ސުވާލުކުރެއްވުމުން ދައުލަތުން ބުނީ، ޗެކް ޑިޕޮސިޓް ސްލިޕްގައި އެމްސީބީ ލިޔެފައިވާ ކަމަށާއި، ޑިޕޮސިޓް ނަމްބަރުވެސް ހިމަނާފައިވާ ކަމަށެވެ. ޗެކް ޑިޕޮސިޓް ސްލިޕްގައި އެސްއޯއެފްގެ އެކައުންޓް ނަމްބަރުވެސް ހިމަނާފައިވާ ކަމަށާއި، އެ އަދަދަށް އެ ތަރީޚުގައި އެހެން ފައިސާއެއް ޖަމާވެފައި ނުވާތީ އެއީ އެމްސީބީގެ ޗެކްކަމަށް ބަލަން ޖެހޭ ކަމަށެވެ.

މި އަޑުއެހުން ނިންމާލަމުން ފަނޑިޔާރު މަހާޒު ޢަލީ ވިދާޅުވީ، ކޯޓް ރިސެސްއަށް ދިޔުމުގެ ކުރިން މި މައްސަލައާމެދު ގޮތެއް ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ އަޑުއެހުންތަކަކީ، ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން މި މައްސަލަ ބަލައި، ދަށު ކޯޓުންވެސް އެ ނިންމުމަށް ތާއީދު ކުރުމުން، ރައީސް ޔާމީންގެ ގާނޫނީ ޓީމުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު