Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަން އުވާލުން

ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން ޖެހޭ: މަޚްލޫފް

17 ނޮވެމްބަރު 2021 | ބުދަ 13:25

ސްޕޯޓްސް ކޯޕަރޭޝަނުން ވުޒާރާގެ އިމާރާތަކަށް ވަދެތިބީ ގަދަކަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2021 | ބުދަ 13:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން ވަގުތަށް އުވާލަން ޖެހޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމާ ބެހޭ ގޮތުން މަޚްލޫފް އެންމެ ފުރަތަމަ ވާހަކަދެއްކެވީ މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައެވެ. އެ ދުވަހު ވަޒީރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ކުޅިވަރު ގާނޫނަށް އިސްލާހު ގެނެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތް ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެކަމަކު މިހާތަނަށްވެސް ސްޕޯޓްސް ކޯޕަރޭޝަން އުވާލާފައިނުވާއިރު، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަޚްލޫފު ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ނުހުން ކަމަށާއި، އެކަމަކު ކުޅިވަރު ފަންޑުތައް ހަދައިގެން އެހެން ގައުމުތަކުން ކުޅިވަރު ތަރައްގީކުރާ ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރި ހަމައެކަނި މަސައްކަތަކީ ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތެވެ. މަޚްލޫފް ވިދާޅުވީ އެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރީ ތިން މަހުން ނިންމައިދޭން ކަމަށާއި، އެކަމަކު އެކަންތައްވެސް ކޮށްދެވުނީ އެއް އަހަރާ ދެ މަސް ފަހުން ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވަނީ ސްޕޯޓްސް ކޯޕަރޭޝަނުން ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ހުންނަ ގަލޮޅު ދަނޑުގައި އޮފީސް ހަދައިގެން ތިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ ކުރިން އެ އޮފީސް ހުސްކުރުމަށް އެ ވުޒާރާއިން މަސައްކަތްކުރިއިރު، މަޚްލޫފް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކަށް އޮފީސް ހަދަން ދޭނެ ޖާގައެއް ނެތް ނަމަވެސް، ކުޅިވަރާ ބެހޭ ވުޒާރާއާ އެއްވެސް ގުޅުމެއް ނެތް އެ ކޯޕަރޭޝަނުން ވުޒާރާގެ އިމާރާތަކަށް ވަދެތިބީ ގަދަކަމުން ކަމަށެވެ. އެހެންކަމުން އެއީ ވުޒާރާގެ އިމާރާތަކަށް އެމްޓީސީސީ ނުވަތަ އާރްޑީސީސީ ވަދެ ތިބުން ފަދަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް އެކި ފަހަރު މަތިން މަޚްލޫފް ވިދާޅުވެފައިވާއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މައުރޫފް (މާއްޓޭ) ވިދާޅުވީ އެ ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ކޯޕަރޭޝަނެއް ކަމަށާއި، އެ ކޯޕަރޭޝަން ދެމި އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކުންފުނި އުވާލާނެ ކަމަށް ދެކިގެން ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން މަސައްކަތް ކުރަމުން އަންނައިރު، އެ ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކުލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންއަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
28 ފެބުރުއަރީ 2023

ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން

28 ފެބުރުއަރީ 2023
ފޯ ނޭޝަންސް ކަޕާއެކު ވޮލީ އިން ފެނުނު ފޯރި، މިނިސްޓަރުގެ އުންމީދަކީ އެހެން މުބާރާތެއް ވެސް ބޭއްވުން
11 އޮކްޓޯބަރު 2022

އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި

11 އޮކްޓޯބަރު 2022
އަތޮޅުތެރޭގެ 28 ރަށަކަށް ބޭނުންވާ ބިލިއާޑު ބޯޑު ހަވާލުކޮށްފި
05 އޮކްޓޯބަރު 2022

އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް

05 އޮކްޓޯބަރު 2022
އަޅުގަނޑަކީ ކެސިނޯ އަޅަން ތާއިދުކުރާ މީހެއް ނޫން، ވާހަކައިން އޮޅުން އަރާފައިވާތީ މަޢާފަށް އެދެން: މިނިސްޓަރު މަޚްލޫފް
04 އޮކްޓޯބަރު 2022

ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް

04 އޮކްޓޯބަރު 2022
ރާއްޖޭގެ ފުޓުބޯޅަ އޮތް ޙާލަތާމެދު ކަންބޮޑުވޭ: މިނިސްޓަރު މަޚްލޫފް
03 އޮކްޓޯބަރު 2022

ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް

03 އޮކްޓޯބަރު 2022
ބޮޑާކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުގެ ގައިގަ ހުންނަ ސިފައެއް ނޫން: މިނިސްޓަރު މަޚްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް