Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނާއިބްރައީސް ފައިސަލް ނަސީމް

"ރައީސް ސާލިހަކީ މަޝްވަރާ ކުރައްވާ ވެރިއެއް، ސަރުކާރުގައި އޮތީ ބަދަހި ގުޅުމެއް"

ރައްޔިތަކަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ކަމަކީ ހަމަޖެހުން ގާއިމުވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2021 | ބުދަ 03:42
ނައިބްރައީސް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ނައިބްރައީސް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މަޝްވަރާ ކުރައްވާ ވެރިއެއް ކަމަށާއި، މި ސަރުކާރުގައި އޮތީ ބަދަހި ގުޅުމެއްކަމަށް ނާއިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބްރައީސް އެހެން ވިދާޅުވީ ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ގައުމެއްގެ ރައްޔިތަކަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ކަމަކީ ހަމަޖެހުން ގާއިމުވުންކަން ފާހަގަ ކުރައްވައި ނާއިބްރައީސް ވިދާޅުވީ، މިއަދު އެ ހަމަޖެހުން ފެންނަމުންދާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ސަރުކާރުން ކޮށްފައިވާ ޚިދުމަތްތަކަށް އަލިއަޅުވާލައްވައި ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ނިޒާމުގެ ޚިދުމަތް ލިބެމުން ދިޔަ ގޮތާއި، ތައުލީމީ ދާއިރާއަށް އަޅާލުން ލިބެމުން ދިޔަ މިންވަރާއި، ޖެންޑަރ އީކުއަލިޓީއަށް ބަލާއިރު، އިޖުތިމާއީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރައީސް ސާލިހާއި އޮތް ގުޅުން ނުހަނު ވަރުގަދަކަން ފާހަގަ ކުރައްވައި ނާއިބްރައީސް ވިދާޅުވީ، ފެށުނީއްސުރެ މިއަދާ ހަމައަށް ގިނަ ކަންތައްތަކެއް ހަވާލު ކުރައްވައި، މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ނާއިބްރައީސްގެ މަގާމަކީވެސް ރައްޔިތުންގެ ޒިންމާތަކެއް އުފުލުންކަމަށް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

އޭގެ އިތުރުން، ރައީސް ސާލިހަކީ ސަރުކާރުގެ ހުރިހާ ކަމެއްގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއި އަބަދުވެސް މަޝްވަރާ ކުރައްވާ ވެރިއެއްކަން ނާއިބްރައީސް ފާހަގަ ކުރެއްވިއެވެ. ނާއިބްރައީސް ވަނީ މުޅި ސަރުކާރުގައިވެސް އޮތީ ބަދަހި ގުޅުމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯލިޝަން ސަރުކާރެއް ނަމަވެސް ރާއްޖޭގެ ސަރުކާރު ފެންނަނީ ބަދަހިކޮށް ކަން ފާހަގަ ކުރެއްވިއެވެ.

ނާއިބްރައީސްކަމަށް ފައިސަލް ހޮވިވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިން މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މ. ކުނޫޒްގައި ޕާޓީގެ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެން ނެގި ވޯޓު ފައިސަލް ކާމިޔާބު ކުރެއްވީ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ވާދަ ކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން, ކޯލިޝަން ރޫޅާލެއްވުމަށް މަސައްކަތް ކުރައްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ކޯލިޝަންގެ ލީޑަރުންވެސް ވަނީ ވިދާޅުވެފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު