Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ ޖަމްއިއްޔާތަކުގެ މަހާސިންތާ

މަހާސިންތާގައި އަންހެނުންގެ ދައުރު އިތުރު: އިރާޝް

15 ނޮވެމްބަރު 2021 | ހޯމަ 18:19

އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާ ވާހަކަ ދައްކައިގެން މުހިންމު ބައެއް ނިންމުންތައް، މަހާސިންތާގެ ތެރެއިން ނިންމާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ނޮވެމްބަރު 2021 | ހޯމަ 18:19
ޒުވާން ލީޑަރުން ބިނާ ކުރުން

ޒުވާން ލީޑަރުން ބިނާ ކުރުން

މަދަނީ ޖަމްއިއްޔާތަކުގެ މަހާސިންތާގައި އަންހެނުންގެ ދައުރު އިތުރު ކަމަށް ޔޫތު މިނިސްޓްރީގެ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިރާޝް ވިދާޅުވީ، މިފަހަރުގެ ފޯރަމްގައި ފިޒިކަލްކޮށް މަދު އަންހެނުން ބައިވެރިވިނަމަވެސް، އޮންލައިންކޮށް ބައިވެރިވުމުގައި އަންހެނުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދާ ކަމަށެވެ. އަދި ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑުތަނުން ތަރުހީބު އިތުރުވެފައިވާ ކަމަށެވެ.

މި މަހާސިންތާގެ މަގުސަދަކީ ޖަމިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުންކަން ފާހަގަކުރައްވައި އިރާޝް ވިދާޅުވީ، 36 ޖަމިއްޔާ ފިޒިކަލްކޮށް ބައިވެރިވިއިރު އޮންލައިންކޮށް ވަރަށް ގިނަ މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ޖަމިއްޔާތަކުން މަހާސިންތާގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، މައުލޫމާތު ބަދަލުކުރުމުގައި ހުރި ދަތިތަކާއި މައުލޫމާތު އެންމެ ފުރިހަމައަށް ނުލިބޭކަން ފާހަގަކޮށްފައިވާކަމަށް އިރާޝް ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް އޮންލައިން ޕޯޓަލެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށާއި، މި ޕޯޓަލް ވެގެންދާނީ މަދަނީ ޖަމިއްޔާތަކަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޕޯޓަލްގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މި ޕޯޓަލް މެދުވެރިކޮށް، މީހުން ބިނާކުރުމާއި އެކި ގައުމުތަކުން ލިބެން ހުރި ފަންޑުތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މިފަހަރުގެ މަހާސިންތާ ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށާއި، އަތޮޅުތެރޭގައި މިފަދަ މަހާސިންތާތައް ބޭއްވުމަކީ އެ އަތޮޅެއްގެ ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއްކަމަށް އިރާޝް ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ޖަމްއިއްޔާ އަނެއް ޖަމްއިއްޔާއާ ވާހަކަ ދައްކައިގެން މުހިންމު ބައެއް ނިންމުންތައް، މަހާސިންތާގެ ތެރެއިން، އެކުގައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހާސިންތާގައި، ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރާއި، ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް، އަދި ޒުވާނުންނާ ގުޅުންހުރި މައްސަލަތަކުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ހެޔޮވެރިކަމާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމާއި، މިންތީގެ ހަމަހަމަކަށް ގާއިމުކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް، އަދި ގުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު، އަދި ޖަމްއިއްޔާތަކުން ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ މައްޗަށް ވެސް ވަނީ ވާހަކަ ދައްކާފައެވެ.

ޖަމިއްޔާޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
03 ޖެނުއަރީ 2024

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

03 ޖެނުއަރީ 2024
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާދޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
30 ޑިސެމްބަރު 2023

ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި

30 ޑިސެމްބަރު 2023
ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، އާ އަހަރަށް ޚާއްސަކޮށް ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފި
28 ޑިސެމްބަރު 2023

އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ

28 ޑިސެމްބަރު 2023
އާ އަހަރަށް ޚާއްސަކޮށް، ފެސްޓިވަލެއް ބާއްވަނީ
12 އޮކްޓޯބަރު 2023

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

12 އޮކްޓޯބަރު 2023
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި
12 ސެޕްޓެމްބަރު 2023

ޑްރަގާ ދެކޮޅަށް ޒުވާނުން ބާރުވެރިކުރުމަށް ބާއްވާ ޔޫތު ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ސެޕްޓެމްބަރު 2023
ޑްރަގާ ދެކޮޅަށް ޒުވާނުން ބާރުވެރިކުރުމަށް ބާއްވާ ޔޫތު ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފި
11 އޯގަސްޓު 2023

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޫތު ކޭމްޕެއް ބާއްވަނީ

11 އޯގަސްޓު 2023
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޫތު ކޭމްޕެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް