Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެރިކްސަން އަޔަކްސްއަށް ބަދަލުވުން

އަޔަކްސްއަށް ބަދަލުވާން އެރިކްސަން ބޭނުންވޭ

14 ނޮވެމްބަރު 2021 | އާދީއްތަ 13:53

މި ސީޒަނުގެ އިޓާލިއަން ލީގުގައި އެރިކްސަނަށް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2021 | އާދީއްތަ 13:53
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

މި ސީޒަނުގެ އިޓާލިއަން ލީގުގައި ކުޅުމުގެ ހުއްދަ ނުލިބުމުން އަލުން އަނބުރާ އަޔަކްސްއަށް ބަދަލުވާން އިންޓަ މިލާނަށް ކުޅެމުން އަންނަ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. ޑެންމާކުގެ ކޯޕަންހޭގަންގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނެޓުގެ ތެރެއިން އެރިކްސަން ހޭނެތިގެން ވެއްޓުމާއެކު ރެފުރީ ވަނީ ވަގުތުން މެޗު ހުއްޓާލައި، ސިއްހީ އެހީތެރިން ދަނޑަށް އަރުވާފައެވެ. އަދި އެތައް އިރެއް ވަންދެން އެރިކްސަނަށް ދަނޑުމަތީ ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދިއިރު، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓައިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަން އިޚުތިޔާރުކުރާ ގޮތަކަށް އޭނާގެ މުސްތަގުބަލާ ބެހޭ ނިންމުންތައް ވަރަށް އަވަހަށް ނިންމާނެ ކަމަށްވެސް އިންޓައިން މީގެ ކރުިން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އައިސީޑީ ލައްވައިގެން ކުޅުމުގެ ފުރުސަތު ދޭ ޔޫރަޕުގައި ވަރުގަދަ އެއް ލީގަކީ ނެދަލެންޑްސްގެ ލީގެވެ. އެގޮތުން ނެދަލެންޑްސްގެ އަޔަކްސްގެ ތަރި ޑޭލީ ބްލިންޑް މީގެ ކުރިން ވަނީ އައިސީޑީ ލައްވައިގެން އެ ލީގުގައި ކުޅެފައެވެ. އެއާއެކު އަޔަކްސްއަށް ބަދަލުވާން އެރިކްސަން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަނަކީ މީގެ ކުރިން އަޔަކްސްއަށް ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު އަޔަކްސްގެ ސީނިއާ ޓީމުން ކެރިއަރު ފެށި އެރިކްސަން ވަނީ އެ ޓީމަށް ކުޅެދިން 162 މެޗުގައި 32 ލަނޑު ޖަހާފައެވެ. އަދި ވަނީ އެ ޓީމާއެކު ނެދަލެންޑްސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެރިކްސަން އިންޓައަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު އިންޓައަށް ބަދަލުވެ އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއަން އެރިކްސަންއަޔަކްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ

01 ފެބުރުއަރީ 2025
ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަނީ
04 އޮކްޓޯބަރު 2023

100 މިލިއަން ހަރަދުކޮށް، ރެލިގޭޓްވާތީވެ އެޑްވައިޒަރަކަށް ވެންހާލް

04 އޮކްޓޯބަރު 2023
100 މިލިއަން ހަރަދުކޮށް، ރެލިގޭޓްވާތީވެ އެޑްވައިޒަރަކަށް ވެންހާލް
28 އޯގަސްޓު 2023

އަޔެކްސްގެ މުހައްމަދު ކުޑުސް، ވެސްޓް ހޭމް އަށް ސޮއިކޮށްފި

28 އޯގަސްޓު 2023
އަޔެކްސްގެ މުހައްމަދު ކުޑުސް، ވެސްޓް ހޭމް އަށް ސޮއިކޮށްފި
06 އޯގަސްޓު 2023

އެޑްސަން އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވައިފި

06 އޯގަސްޓު 2023
އެޑްސަން އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވައިފި
05 އޯގަސްޓު 2023

އަޔެކްސް ދޫކޮށް، ވެސްޓް ހޭމަށް ބަދަލުވާން އެޑްސަން އަލްވަރޭޒް އެއްބަސްވެއްޖެ

05 އޯގަސްޓު 2023
އަޔެކްސް ދޫކޮށް، ވެސްޓް ހޭމަށް ބަދަލުވާން އެޑްސަން އަލްވަރޭޒް އެއްބަސްވެއްޖެ
08 އެޕްރީލު 2023

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

08 އެޕްރީލު 2023
ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް
08 ނޮވެމްބަރު 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

08 ނޮވެމްބަރު 2022
އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!
27 އޮކްޓޯބަރު 2022

އަޔެކްސް ބަލިކޮށް ލިވަޕޫލް ދެ ވަނަ ބުރުން ޖާގަ ހޯދައިފި

27 އޮކްޓޯބަރު 2022
އަޔެކްސް ބަލިކޮށް ލިވަޕޫލް ދެ ވަނަ ބުރުން ޖާގަ ހޯދައިފި
13 އޮކްޓޯބަރު 2022

އަޔެކްސް ބަލިކޮށް ނަޕޯލީ ދެ ވަނަ ބުރުން ޖާގަ ހޯދައިފި

13 އޮކްޓޯބަރު 2022
އަޔެކްސް ބަލިކޮށް ނަޕޯލީ ދެ ވަނަ ބުރުން ޖާގަ ހޯދައިފި
14 ސެޕްޓެމްބަރު 2022

މަޓިޕްގެ ލަނޑުން މޮޅުވެ ލިވަޕޫލަށް ހަމަޖެހުމެއް

14 ސެޕްޓެމްބަރު 2022
މަޓިޕްގެ ލަނޑުން މޮޅުވެ ލިވަޕޫލަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް