Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުރީމަނާގެ ޝަކުވާ ހުށަހެޅޭ ނިޒާމް

ޖޫރިމަނާގެ ޝަކުވާ ހުށަހެޅުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފި

ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު، ޖޫރިމަނާ ކުރެވިފައިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 02:20
މާލޭގެ މަގުތައް ފުލުހުން ޕެޓްރޯލް ކުރަނީ

މާލޭގެ މަގުތައް ފުލުހުން ޕެޓްރޯލް ކުރަނީ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމާ ބެހޭ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ގެޒެޓުކޮށްފައިވާ މި ގަވާއިދަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާއާމެދު ގޮތް ނިންމުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މި ގަވާއިދަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ މަޤްޞަދަކީ، އެއްގަމުގެ ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތައް ބެލޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، އެފަދަ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމުގެ އުސޫލުތަކާއި، ހުށަހެޅޭ ޝަކުވާތައް ބެލުމުގެ އިޖުރާއަތުތަކާއި، ޖޫރިމަނާކުރި ކުރުން މުރާޖަޢާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު، ޖޫރިމަނާ ކުރެވިފައިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މި ގަވާއިދުގެ ދަށުން ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޖޫރިމަނާކުރެވުނު ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ. އަދި މި މުއްދަތު ފަހަނައަޅައިދާފަހުން ހުށަހަޅާ ޝަކުވާތައް ބަލައި ނުގަންނާނެކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނީ، އެ ޝަކުވާ ބިނާކޮށްފައިވާ އަސާސަކީ 4 ސަބަބުތަކުން ކުރެ ސަބަބެއް ކަމުގައި ވާނަމައެވެ.

އޭގެ ތެރޭގައި ހިމެނެނީ ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ކަމަށް ވުމާއި، ޖޫރިމަނާ ކުރަންޖެހޭ ހާލަތު ނުވަތަ ސަބަބު ޙަޤީޤަތުގައި މެދުވެރިވެފައި ނެތުމާއި، ޖޫރިމަނާ ކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ކަމުގައި ވުމެވެ. އަދި ޖޫރިމަނާގެ އަދަދަކީ ޖޫރިމަނާ ކުރެވުނު ފަރާތް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފަށް ކުރި ޢަމަލާ ގުޅިގެން އެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ޞައްޙަ އަދަދު ކަމަށް ނުވުމެވެ.

މި ގަވާއިދުގެ ދަށުން މައްސަލަ ބެލުމަށް މުރާޖަޢާ ކޮމިޓީއެއް އެކުލަވާލަން މި ގަވާއިދުގައި ބުނެފައިވެއެވެ. އަދި ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ކަމުގައި ކަނޑައަޅައިފައިވާ ޝަކުވާތަކާ ގުޅޭ ހާދިސާ ރިޕޯޓު ޖޫރިމަނާކުރި ދައުލަތުގެ އިދާރާގެ ފަރާތުން މިނިސްޓްރީއަށް ލިބުމާއެކު ގިނަވެގެން 3 ދުވަހުގެ ތެރޭގައި، ޝަކުވާ ފޯމާއި، ހާދިސާ ރިޕޯޓާއި، އެ ދެ ލިޔުމާއެކު ލިބިފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެތި، ޝަކުވާއާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި މުރާޖަޢާ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

އަދި މުރާޖަޢާ ކޮމިޓީއަށް ޝަކުވާއެއް ފޮނުވާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ ޝަކުވާއާމެދު އެ ކޮމިޓީން ގޮތެއް ނިންމައި، އެ ނިންމުން ޝަކުވާ ހުށަހެޅި ފަރާތާއި، ޖޫރިމަނާ ކުރި ދައުލަތުގެ އިދާރާ އަދި މީރާއަށް އަންގަންވާނެކަމަށް ބުނެފައިވެއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްމީރާޓްރާންސްޕޯޓް މިނިސްޓްރީމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު