Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް26 ކޮންފަރެންސް

ކޮޕް26: ފަހުވަގުތު، ދުނިޔެ ސަލާމަތްކުރުމަށް އެމެރިކާއާއި ޗައިނާގެ "ސަޕްރައިޒް" އެއްބަސްވުމެއް

11 ނޮވެމްބަރު 2021 | ބުރާސްފަތި 13:51

އެއްބަސްވި ކަންތައްތަކަކީ؛ މީތޭން ބޭރުކުރުން ހުއްޓުމާއި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ނިމުމަކަށް ގެނައުމާއި ޖަންގަލިތައް ހިމާޔަތްކުރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 13:51
ކޮޕް26 ކޮންފަރެންސްގެ ތެރެއިން

ކޮޕް26 ކޮންފަރެންސްގެ ތެރެއިން

ދުނިޔެ ހޫނުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެމެރިކާއާއި ޗައިނާއިން، ދުނިޔެ ހޫނުވުން ހުއްޓުވުމަށް ނިންމައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެ "ސަޕްރައިޒް" ކަންތައްތަކެއް ހާމަކޮށްފިއެވެ.

ގްލާސްގޯގައި މިހާރު ކުރިޔަށްދާ ކޮޕް26 ކޮންފަރެންސަކީ، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ގައުމުތަކަށް ލިބޭނެ އެންމެ ފަހު ފުރުސަތުގެ ގޮތުގައި ވަނީ ބެލެވިފައެވެ. ނަމަވެސް ދުނިޔެއަށް އެންމެ ގިނައިން ވިހަ ގޭސް ދޫކުރާ ބޮޑެތި ގައުމުތަކުގެ ހަރުދަނާ ނިންމުންތަކެއް މިކޮންފަރެންސްގެ ތެރެއިން އަދި މިހާތަނަށް ފެނިފައެއްނުވެއެވެ. ވަކިން ޚާއްސަކޮށް ޕެރިސް އެގްރިމެންޓްގައި އެއްބަސްވި ގޮތަށް އެލަނޑުދަނޑިތަކަށް ހާސިލުވުމަށް ކުރާނެ ކަންތައްތަކާބެހޭ ހަރުދަނާ ތަފްސީލުތަކެއް ބޮޑެތި ގައުމުތަކުން ހާމަކޮށްފައެއްނުވެއެވެ.

ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކޮންފަރެންސް ކުރިޔަށްދާއިރު، އެމެރިކާއާއި ޗައިނާއިން އެންމެ ފަހު ވަގުތު އެއްބަސްވި ކަންކަމުގެ ތެރޭގައި; މީތޭން ބޭރުކުރުން ހުއްޓުމާއި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ނިމުމަކަށް ގެނައުމާއި ޖަންގަލިތައް ހިމާޔަތްކުރުން ހިމެނެއެވެ. މިއީ މިފަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ނިންމާފައިވާ ނިންމުންތައްވެސްމެއެވެ. ނަމަވެސް މިނިންމުންތަކުގައި އެމެރިކާއާއި ޗައިނާގެ "އާނ ބަސް" ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

އެމެރިކާގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ އަދި ޗައިނާގެ ފަރާތުން ޝީ ޒިންހުއާ ވަނީ މިއެއްބަސްވުންތަކުގެ ފްރޭމް ވޯރކް ހާމަކޮށްފައެވެ. ދެގައުމުން ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެރީ ވިދާޅުވީ; ދެ ގައުމު ގުޅިގެން ކޮޕް26 ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހެދުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. އަދި މީގެތެރޭގައި، ހާސިލުކުރާނެ ލަނޑުދަނޑިތަކެއްވެސް ކަނޑައެޅިފައިވާކަން ކެރީ ފާހަގަކުރެއްވިއެވެ. މިކަންކަން ހާސިލުކުރުމަށް އަދި ގިނަ ދުވަސްތަކެއް އެބައޮތް ކަމަށްވެސް ކެރީ ވިދާޅުވިއެވެ.

ޒީ ވިދާޅުވީ; މިއެއްބަސްވުމުގެ ދަށުން ޗައިނާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފެނިގެންދާނެކަމަށެވެ. ދެ ގައުމު ގުޅިގެން ކޮޕް26 ކާމިޔާބު ކޮންފަރެންސަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ޒީ ވިދާޅުވިއެވެ.

މިއެއްބަސްވުމުގައިވާ ގޮތުން ޗައިނާއިން، ބޯޓުދެލި އެންދުން 5 އަހަރުގެ ދުވަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާނެއެވެ. އެގޮތުން 2026ން 2030ށް މިލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރާއިރު މިމުއްދަތުގެ ތެރޭގައި މީތޭން ޖައްވަށް ދޫކުރުން އެއްކޮށް ޗައިނާއިން ހުއްޓާލާނެއެވެ.

ޗައިނާއާއި އެމެރިކާގެ މިއެއްބަސްވުމަކީ އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. އަދި މިކަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެ ސަލާމަތްކުރުމަށް އެމެރިކާ އިސްވެ އޮވެ ކަންތައްތަކެއް ކުރައްވާކަން ދުނިޔެއަށް ސާބިތުކޮށްދެއްވާފައިވާ ކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ.

ކޮޕް26 ކޮންފަރެންސްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެހެންކަމުން ޖޯ ބައިޑަން ވަނީ އެކަމަށް އިޝާރާތްކުރައްވައި، ދުނިޔޭގެ ވެރިކަން ކުރަން ބޭނުންވާ ގައުމުތަކުން ދުނިޔެ ހޫނުވުމުން ސަލާމަތްކޮށް މޫސުމީ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމުގައި ލީޑަރޝިޕް ނުނަގާތީ އެކަމާގުޅޭގޮތުން އެ 2 ގައުމަށް ފާޑުވިދާޅުވެފައެވެ.

އެމެރިކާއާއި ޗައިނާގެ މިނިންމުމަކީ އުންމީދުގެ ހުޅުކޮޅު އިތުރަށް ދިއްލުނުކަމެއްގެ ގޮތުގައި އީޔޫގެ ކްލައިމެޓް ޗީފް ފްރޭންސް ޓިއްމަމެންސް ވިދާޅުވިއެވެ. އަދި ދެގައުމުގެ މި ނިންމުމާއެކު ކޮޕް26އަކީ ކާމިޔާބު ކޮންފަރެންސް އަކަށްވެގެންދާނެ ކަމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ކޮޕް26އެމެރިކާޗައިނާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް