Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

11 ނޮވެންބަރު 1968ގައި މި ޖުމްހޫރިއްޔަތު ގާއިމުކުރެވުނީ ކީއްވެ؟

ޖުމްހޫރިއްޔަތު ގާއިމް ކުރެވުނީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމުގެ ރަންޔޫބީލް މުނާސަބަތާވެސް ގުޅޭގޮތަށް

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 11:08
ޖުމްހޫރިއްޔަތެއްތޯ ރަސްކަމެއްތޯ އިޚުތިޔާރު ކުރުމަށް ހަވާލުކުރެވުނު ކަރުދާސް

ޖުމްހޫރިއްޔަތެއްތޯ ރަސްކަމެއްތޯ އިޚުތިޔާރު ކުރުމަށް ހަވާލުކުރެވުނު ކަރުދާސް

މިއަދަކީ ދިވެހިރާއްޖޭގެ 54ވަނަ ޖުމްހޫރީ ދުވަހެވެ. މި ޖުމުހޫރިއްޔަތަށް 53 އަހަރު ފުރުނީއެވެ. ތާރީޚަށް ޖެހިލާއިރު 1857ން ފެށިގެން 105 އަހަރަށްފަހު، ވޯރާ ވިޔަފާރިވެރިންގެ ކިބައިން، ރާއްޖޭގެ އިޤްތިޞާދު މިނިވަން ކުރެވުނީ 1 އޮގަސްޓު 1962ގައެވެ. އަދި 1959ން ފެށިގެން އައްޑުއާއި ދެކުނުގައި ހިނގި މައްސަލަތަކަށް 1963ގައި ހައްލެއް ލިބުނެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ޙިމާޔަތުގެ ދަށުގައި1887ން ފެށިގެން 77 އަހަރު، އޮތުމަށްފަހު 26 ޖުލައި 1965ގައި ފުރިހަމަ މިނިވަންކަން ލިބުނެވެ. އަދި 21 ސެޕްޓެންބަރު 1965ގަައި ދިވެހިރާއްޖެއަށް އ..ދ. ޖަމާއަތުގެ މެންބަރުކަން ލިިބި, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ހައިސިއްޔަތު ލިބުނެވެ. އަދި 12 އޮކްޓޯބަރު 1965ގައި އ.ދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގި، ބައިނަލްއަޤުވާމީ ސަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވިހުރުވޭން ފެށިއެވެ.

މިނޫންވެސް ސިޔާސީ ގޮތުންނާއި، އިޖުތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އަދި ޤައުމީ ތަރައްޤީގެ އެންމެހައި ދާއިރާތަކުން އޭރު ރާއްޖެއަށް ވަނީ އޭގެކުރިން ނުލިބޭފަދަ ގިނަގުނަ ކާމިޔާބީތަކާއި ކުރިއެރުންތައް ލިބިފައެވެ. އެއީ ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރު، 1957ން 1968ށް ބޮޑުވަޒީރުކަން ކުރެއްވި ދައުރުގައެވެ. އެއިރުގެ މުފައްކިރުންގެ ޢިބާރާތުންނަމަ، "ޤައުމިއްޔަތުގެ އާރާއިބާރާާއި، ފަޚުރާއި ޝަރަފާއި، ނަޞްރާއި ނަޞީބާއި ކާމިޔާބާއި، އަބުރާއި އިއްޒަތާއި ކަރާމަތާއި، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ޒަޢީމަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނާޞިރުލްޙުއްރިއްޔާ) ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ."

ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މިޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މި ޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާ ކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްތައް ކުރެވުނެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސް ހަހާސް ނުވަސަތޭކަ ނުވަދިހަ ހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އަށްހާސް ފަސްސަތޭކަ ފަންސާސްއެކެއް) މީހުންނެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ. ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތެރެއިން ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލު ކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ

ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމުވޯޓުގެ ވަރަށްބޮޑު އަޣުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ޖުމްހޫރިއްޔާ ޤާއިމުކުރުމާއިއެކު 11 ނޮވެންބަރު 1968ގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވިއެވެ.

އެދުވަހަކީ ނުވަތަ 11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގަައިވާ 11 ނޮވެންބަރު 1968އެވެ

ޖުމްހޫރީ ދުވަސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

11 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

14 އޯގަސްޓު 2022
ވިހިވަނަ ގަރުނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ރާނީއަކު އިސްކުރަން ގަސްދުކުރިތަ؟ އެކަން ނުވީ ކީއްވެ!

ވިހިވަނަ ގަރުނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ރާނީއަކު އިސްކުރަން ގަސްދުކުރިތަ؟ އެކަން ނުވީ ކީއްވެ!

09 ޖޫން 2022
ސިޓީ ކައުންސިލުން މިފަހަރު ޖުމްހޫރީ ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ދިދަ ޖެހީ މަދުން!

ސިޓީ ކައުންސިލުން މިފަހަރު ޖުމްހޫރީ ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ދިދަ ޖެހީ މަދުން!

13 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު