Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ނޮވެންބަރު ތިނަކުން އިބުރަތް ހާސިލުކޮށް ގައުމަށް އިޚުލާސްތެރިވުމުގެ އަޒުމު ވަރުގަދަކުރުން

ރާއްޖެއަކީ މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ މިނިވަންކަމުގެ ދިގުމާޒީއެއް އޮތް މިނިވަން މުސްތަގިއްލު އުޖާލާ ގައުމެއް

ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 11:02
ނަސްރުގެ ދުވަސް

ނަސްރުގެ ދުވަސް

3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށް 33 އަހަރުވީއެވެ. މި އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިވި އެންމެބޮޑު ނުރައްކަލެވެ. 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ބޭކަލުންނެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް މާއްދީ އަދި މައުނަވީ ނުހަނު ބޮޑެތި ގިނަގުނަ ގެއްލުންތައް ލިބުނެވެ.

ނަފުސާނީ ގޮތުންވެސް ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ގިނަގުނައެވެ. ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާފައި އެދުވަހު 18 ވަރަކަށް ގަޑިއިރުވިއެވެ. މިއުދުވާނީ ހަމަލާއިން، ދިވެހި ގައުމަށް ނަސްރު ލިބުނީ، ދިވެހި ސިފައިންގެ ހިތްވަރުގަދަ ގައުމީ ޖިހާދާއި، ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުންނެވެ. އެކުވެރި އިންޑިޔާގެ އަސްކަރީ އެހީއާއިވެސް އެކުގައެވެ.

3 ނޮވެންބަރު 1988ގައި ރާއްޖޭގެ އާބާދީ 2 ލައްކަވެސް ނުވެއެވެ. މިއަދު 5 ލައްކަވަރުގެ އާބާދީއެކެވެ. ވީމާ، މިއަދުގެ ޖީލުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަމީހުން އުފަންވީ 3 ނޮވެންބަރު 1988ގެ ފަހުން މިވީ 33 އަހަރުގެ ތެރޭގައިކަން ފާހަގަކުރެވެއެވެ. 3 ނޮވެންބަރު 1989 އިން ފެށިގެން 3 ނޮވެންބަރު މިފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ކަމުގައެވެ. ވީމާ، ނަސްރުގެ ދުވަސް ފާހަގަކުރާތާ 32 އަހަރުވީއެވެ.

3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށްފަހު، ދިވެހި ގައުމު، ސިޔާސީ، ޚާރިޖީއަދި އަސްކަރީ ގޮތުން އަލުން މިވަނީ އާރާސްތު ކުރެވިފައެވެ. ޚާރިޖީގޮތުން ބަލާއިރު، ކުދި ގައުމުތަކުގެ މިނިވަންކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ރާއްޖެއިން ހުށަހެޅި ގަރާރުތަކެއް އ.ދ. މަޖިލީހުން ވަނީ ފާސްވެފައެވެ. އަދި ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް ހަރުދަނާ ބަދަލުތަކާއި ބޮޑެތި ކުރިއެރުން ގެނެވުނެވެ.

އަދުގެ ދުނިޔޭގައި ގައުމުތަކުގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިވުން، އެންމެ ބޮޑަށް ބިނާވެފައި ވަނީ، އަސްކަރިއްޔާއަށްވުރެ ބޮޑަށް ޚާރިޖިއްޔާގެ މައްޗަށެވެ. އެގައުމަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތެއްގެ މައްޗަށެވެ. ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދުނިޔެއާއި އެގައުމަކާއި އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި އެގައުމެއްގެ ބައިނަލްއަގުވާމީ ވިޔަފާރިއާއި އިގުތިސާދީ ކަންކަމަކީވެސް އެގައުމެއްގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. މިޒަމާނުގެ ދުނިޔޭގައި މައުލޫމާތާއި ޓެކުނޯލޮޖީގެ ވަސީލަތްތައްވެސް

ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރަށް އަދާކުރެއެވެ. މިކަންކަމަކީ، ނުބައިގޮތުގައި، އެކަންކަމުގެ މުއާމަލާތްތައް ކުރެވިއްޖެނަމަ، އޭގެ ނުރަނގަޅު އަސަރު މުޅިގައުމަށް ކޮށްފާނެފަދަ ކަންކަމެވެ. މިނިވަންކަމުގެ ތާރީޚުގައި ރާއްޖެއަކީ މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި، މިނިވަންކަމުގެ ދިގުމާޒީއެއް އޮތް މިނިވަން މުސްތަގިއްލު އުޖާލާ ގައުމެކެވެ.

މިގޮތުން ބަލާއިރު، 1153ގައި ރާއްެޖެ އިސްލާމްވީއްސުރެ، މިވީ 868 އަހަރުގެ ތެރޭގައި ރާއްޖޭގެ އަމިއްލަ ވެރިކަމުގެ ސިޔާދަތީ އިސްތިގުލާލު ގެއްލުނީ އެންމެ 2 ފަހަރުއެވެ. އެ 2 ފަހަރުގެ މުއްދަތު އެއްކުރުމުން 16 އަހަރުވެސް ނުވާ ކުރުމުއްދަތެއްގައެވެ. އެއީ 19 މޭ 1558 އިން 1 ޖުލައި 1573 އަށް ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރި 15 އަހަރާއި 1މަހާއި 11 ދުވަހުގެ މުއްދަތާއި މަލާބާރީން 20 ޑިސެންބަރު 1752 އިން 7 އޭޕްރީލު 1753 އަށް ރާއްޖެ ހިފައިގެން ތިބި 3 މަހާއި 17 ދުވަހުގެ މުއްދަތެވެ.

ވީމާ، ދިވެހީންނަކީ ގައުމީ މިނިވަންކަމަށްޓަކައި ފަޚުރުވެރިވާންވީ ބައެކެވެ. މިކަންކަމަށް ފަޚުރުވެރިވެ، 3 ނޮވެންބަރުން އިބުރަތް ހާސިލުކޮށް ގައުމަށް އިޚުލާސްތެރިވުމުގެ އަޒުމު ވަރުގަދަކުރަމާ ހިންގަވާށެވެ.

ނަސްރުގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފި

03 ނޮވެމްބަރު 2024
ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

ވެރިކަމާ ހަވާލުވީއްސުރެ ކޮންމެ ދުވަހެއްވެސް އަޅުގަނޑު ހޭދަ މިކުރަނީ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި: ރައީސް މުޢިއްޒު

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުމުގެ ޙަރަކާތް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

03 ނޮވެމްބަރު 2024
ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

ނޮވެމްބަރު 3ގެ ހަމަލާ - ދިވެހި ތާރީޚު ދުށް އެންމެ ބަނަ ސޮފްހާ!

03 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު