Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ވިހިވަނަ ގަރުނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ރާނީއަކު އިސްކުރަން ގަސްދުކުރިތަ؟ އެކަން ނުވީ ކީއްވެ!

ރާނީއަކު އިސްނުކުރެވުނީ އެއިރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލްއިސްލާމް މިކަމާ ރުހިވަޑައިނުގަތުމުން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 9 ޖޫން 2022 | ބުރާސްފަތި 09:17
އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ

އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ

މީގެ 70 އަހަރުކުރިއެވެ. 1952ގެ މާރިޗު މަހުން ފެށިގެން ހިނގި ދެތިންމަހުގެ މުއްދަތެވެ.

ދުވަސްވަރަކީ އިނގިރޭސި ރަސްކަމުގެ އެންމެ މަތީ ވެރިޔާ ކަމުގައި ރާނީއަކު ކަމުގައި (ފެބުރުވަރީ 1952ގައި) އިސްކުރެވުނު ދުވަސްވަރެވެ.

މިހެންވުމުން ދިވެހި ސަރުކާރުން (ސަރުކާރުގެ ވެރިޔާ ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ދޮށިމޭނާ ކިލެގެފާނު) ގަސްދުކުރެއްވީ (އިނގިރޭސިވިލާތެކޭ އެއްފަދައިން) ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ނުވަތަ ދައުލަތުގެ ވެރިޔާ ކަމުގައި ރާނީއަކު އިސްކުރައްވާށެވެ. (ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތަސް މިއީ ހަގީގަތެކެވެ.)

ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ ދިވެހި ދައުލަތުގެ ވެރިޔާ ރާނީ ކަމުގައި އިސްކުރަން ގަސްދުކުރެވުނީ ސުލްޠާން ޙާޖީ ޢިމާދުއްދީންގެ ކާފަދަރިކަނބަލުން ތުއްތުގޮމާ (އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ) އެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން 1ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4(މުސްކުޅި ބަންޑާރައިން)ގެ، އަލްއަމީރު ޙަސަން ޢިއްޒުއްދީން (މާންދޫގެ ބޮޑުދޮށީ މަނިއްޕުޅު)ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 6 (ސުލްޠާން ޙާޖީ މުޙައްމަދު ޢިމާދުއްދީން)ގެ، އަލްއަމީރާ ޤުލިސްތާން ޢިމާދުއްދީންގެ ދަރިކަނބަލުން އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ (ތުއްތުގޮމާ) އެވެ.

މިކަން ނުވި ސަބަބަކީ، އެއިރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ޢަބްދުﷲ ޖަލާލުއްދީންޝައިޚުލް އިސްލާމް މިކަމާ ރުހިވަޑައިނުގަތުމެވެ.

"އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިޔަކަށް އަންހެނަކު އެންމެ ރަނގަޅު ނޫން ކަމުގައި ވިދާޅުވުމެވެ."

އެހާހިސާބުން ރާއްޖޭގެ ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރުމުގެ ވިސްނުން އައީއެވެ. އެމަސައްކަތް ފެށުނީއެވެ. ދިވެހިރާއްޖެ ޖުމުހޫރިއްޔަތަކަށް ބަދަލުވީ (ފުރަތަމަ ޖުމްހޫރިއްޔަތު ގާއިމުވީ) 1953ގައެވެ.

އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ (ތުއްތުގޮމާ) އަކީ، ފުރަތަމަ ޖުމުހޫރިއްޔަތުގެ މަޖިލިސްގެ މަތިގެ ސެނެޓުގެ ރައީސާއެވެ. އަދި ދައުލަތުގެ ވަޒީރާއެކެވެ.

ވީމާ، އެކަމަނާފާނު މިވަނީ މިރޮނގުންވެސް ރެކޯޑު ކަމަނާފާނެއް ކަމުގައެވެ. އަދިވެސް އެތައް ރެކޯޑެއް އެކަމަނާފާނަށްވެއެވެ.

ސުލްޠާން ރަސްކަލެއްގެ (ސުލްޠާން ޙާޖީ މުޙައްމަދު ޢިމާދުއްދީންގެ) ކާފަ (މާފަ) ދަރިކަނބަލެކެވެ. އަމީރާ ރަސްދަރިކަނބަލެއްގެ (އަމީރާ ޤުލިސްތާން ޢިމާދުއްދީންގެ) ދަރިކަނބަލެކެވެ. ސުމުއްވުލްއަމީރު ކިލެގެ ބޭފުޅެއް ބޮޑުވަޒީރެއްގެ (ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ) ދަރިކަނބަލެކެވެ. ރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރުގެ (އޮނަރަބްލް އަޙްމަދު ޒަކީގެ) އަނބިކަނބަލުންނެވެ. އެންމެ ގިނަ ވުޒާރާގެ ވަޒީރުކަން ކުރެެއްވި ވަޒީރެއްގެ (އޮނަރަބްލް އިސްމާޢީލް ޝަފީޢުގެ) މަންމާފުޅެވެ.

ވީމާ، މިއީ ދިވެހި ތާރީޚުގެ މުހިންމު ސަފުހާއެކެވެ. އާންމުވެފައިނުވާ "ޚާއްޞަ" އަދި "ސިއްރު" ސަފުހާއެއްވެސްމެއެވެ. މިކަމުގެ ތަފުސީލު އެކަމަނާފާނު (އަޅުގަނޑަށް) ވިދާޅުވެދެއްވިއެވެ.

އަންނަބީލާ ފާޠިމަތު އިބްރާހީމް ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮނަރަބްލް އިބްރާހީމް މަނިކު - ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިންގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ

އޮނަރަބްލް އިބްރާހީމް މަނިކު - ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިންގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ

30 ނޮވެމްބަރު 2022
ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

14 ނޮވެމްބަރު 2022
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

02 ޖުލައި 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު