Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު

ކޮންމެ ވަޒީފާއަކީވެސް މުފީދާއަށް ޝަރަފުވެރި ވަޒީފާއެއް

އޭނާ ގެންދަނީ ފ. މަގޫދޫ ހެލްތް ސެންޓަރުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 08:18
މުފީދާ އިބްރާހިމް ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމާ ހަވާލުވަނީ

މުފީދާ އިބްރާހިމް ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމާ ހަވާލުވަނީ

"ދައްތަ ވަރަށް އުފާވި. ދުވަހަކުވެސް ހީ ނުކުރަން މިފަދަ ކަމެއް ވެދާނެ ކަމަކަށް." ފ. މަގޫދޫ މުޝްތަރީގެއަށް އުފަން މުފީދާ އިބްރާހިމް ކިޔައިދިނެވެ. އޭނާ ފ. މަގޫދޫ ހެލްތް ސެންޓަރުގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންދާތާ މިހާރު ވަނީ 42 އަހަރު ވެފައެވެ. އޭނާ ވަނީ މި ރޮނގުން ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ އިނާމު ހާސިލްކޮށްފައެވެ. މިފަދަ ދާއިރާއަކަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްގެން ޝަރަފުވެރި އިނާމެއް ހާސިލްކުރުން ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ކަމަކަށެވެ.

މަގޫދޫ ހެލްތު ސެންޓަރާ މުފީދާ ގުޅުނީ 3 އޭޕްރީލް 1982 ގައި، އެ ސެންޓަރުގެ މަސައްކަތު މީހެއްގެ ވަޒީފާއަަށެވެ. އޭގެ ކުރިންވެސް ވަގުތީ މަސައްކަތްތެރިއެއްގެ ގޮތުގައި އޭނާ ވަނީ ހެލްތު ސެންޓަރުގައި މަސައްކަތްކޮށްފައެވެ.

މަސައްކަތު މުވައްޒަފެއްގެ ގޮތުގައި ހެލްތު ސެންޓަރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާއިރު، މުފީދާ ކިޔައިދިން ގޮތުގައި މިފަދަ ދާއިރާއަކުން ޝަރަފުވެރި އިނާމެއް ލިބޭނެ ކަމަށް އޭނާ އެއްވެސް ވަރަކަށް އުންމީދުވެސް ނުކުރެއެވެ. މި އިނާމު ލިބޭކަން އެންގުމަށް އިނާމު ކޮމިޓީން ގުޅި ހިސާބުން ވަރަށް އުފާވި ކަމަށް މުފީދާ ކިޔައިދިނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މިފަދަ ޝަރަފުވެރި އިނާމެއް ލިބުނީތީ ވަރަށް އުފާވާ ކަމަށް މުފީދާ ކިޔައިދިނެވެ.

މުފީދާ ކިޔައިދިން ގޮތުގައި އޭނާ މަސައްކަތު މީހެއްގެ ގޮތުގައި ފ. އަތޮޅު ހެލްތު ސެންޓަރާ ގުޅުނީ އުމުރުން އެންމެ 20 އަހަރުއެވެ. އަދި މި ވަޒީފާގައި ދެމި ހުންނަތާ މިހާރު 42 އަހަރު ވެފައިވާކަމަށް އޭނާ ކިޔައިދިނެވެ. އަދިވެސް މުފީދާ ހުރީ ހެލްތް ސެންޓަރުގެ މަސައްކަތު މީހެއްގެ މަގާމުގައެވެ.

މުފީދާ ކިޔައިދިން ގޮތުގައި އޭނާ ކޮށްއުޅޭ މަސައްކަތަކީ އެއްޗެހި ދޮވެ، އިސްތިރިކުރުމެވެ. އެންމެ ފުރަތަމަ ހެލްތް ސެންޓަރާ ގުޅުނުއިރު، ޒަމާނީ ވަސީލަތްތަކެއް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެއްޗެހި ދޮވެ އިސްތިރިކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރީ އަތުން ކަމަށް މުފީދާ ކިޔައިދިނެވެ. މިހާރު އިތުރު ވަސީލަތްތައް ގާއިމްވެފައި ހުރި ނަމަވެސް މިހާރުވެސް ކުރަނީ ހަމަ މި މަސައްކަތް ކަމަށް މުފީދާ ބުންޏެވެ.

ދައުލަތަށް ޚިދުމަތްކުރުމަށް ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރާ ކަމެކެވެ. އެގޮތުން އެކި އެކި ޚާއްސަ ދުވަސްތަކުގައި އެ ފަރާތްތަކުގެ އަގު ވަޒަން ކުރަމުންދާއިރު، އާންމުގޮތެއްގައި އަގުވަޒަންކުރަނީ ޝަރަފުވެރި ދާއިރާތަކާއި، ވަޒީފާތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މީހުންގެއެވެ.

މުފީދާ އަދާކުރަމުންދާފަދަ ވަޒީފާއަކުން މީހަކު ކޮށްދީފައިވާ ޚިދުމަތެއްގެ އަގުވަޒަންކުރި ވާހަކަ ވަރަށް ނީވެއެވެ. އެހެންނަމަވެސް މިފަދަ ޚަބަރެއް ލިބުމުން އެކި މީހުން އެކި މާނަ ނަގާނެއެވެ. އެކި މީހުންނަށް އެކި ގޮތްގޮތުން އިތުރަށް ހިތްވަރު ލިބިގެންދާނެއެވެ. ހަމަގައިމުވެސް މިކަމުން ދޭހަވާ އެއްކަމަކީ ކޮންމެ ވަޒިފާއަކީވެސް ޝަރަފުވެރި ވަޒީފާއެއްކަމެވެ. ކޮންމެ ވަޒީފާއަކުންވެސް ކުރިއަށްދެވޭ މިންވަރަކަށް ކުރިއަށްގޮސްގެން މިފަދަ ޝަރަފުވެރި އިނާމެއް ހާސިލްކުރުމުގެ ފުރުސަތު އޮތް ކަމެވެ. މަސައްކަތްކޮށްފިނަމަ މި ދުނިޔޭގައި ހާސިލްނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތަށް ޙިދުމަތްކުރުމުގެ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތަށް ޙިދުމަތްކުރުމުގެ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

04 ޖުލައި 2022
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 117 ބޭފުޅަކަށް!

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 117 ބޭފުޅަކަށް!

11 ނޮވެމްބަރު 2021
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

12 ސެޕްޓެމްބަރު 2021
ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު