Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ

ޕާރފޯމަންސް އޮޑިޓަަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރަނީ

މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ނޮވެމްބަރު 2021 | ބުރާސްފަތި 06:21
އޭސީސީގެ މެމްބަރުން ކޮމިޓީ ބައްދަލުވުމެއްގައި

އޭސީސީގެ މެމްބަރުން ކޮމިޓީ ބައްދަލުވުމެއްގައި

ޕާރފޯމަންސް އޮޑިޓަކަށްފަހު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ، އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމާއި، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ.

Advertisement - newsAdvertisement

ހަސަން ހުށަހެޅުއްވީ، މި ވެރިކަމުގައި އޭސީސީގެ މެމްބަރުން އައްޔަންކުރި ފަހުން މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދުމަށާއި، ކޮމިޓީއަށް ހާޒިރުކޮށްގެން މައުލޫމާތު ހޯދުމަށެވެ. އަދި މިހާތަނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ހުރި މައްސަލަތަކާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ ޕާފޯމަންސް އޮޑިޓަކަށް ފަހު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރެއްވުމަށެވެ. އަދި ކޮމިޓީއަށް އޭސީސީ އެކި ފަހަރުމަތިން ހާޒިރުކުރުމުން ވެސް މައްސަލަތައް ނިންމަން އެކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެކަމަކު ދައުލަތަށް ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ނިންމިފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަ ވެސް ޕީޖީއަށް ފޮނުވާނެ ކަމަށް ބުނެ ކޮމިޓީއަށް ޑެޑްލައިންތަކެއް ދީފައިވީނަމަވެސް އެކަން ނުވާކަމަށް ވިދާޅުވިއެވެ.

ޝަހީމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ. އެއާއެކު ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ވަކިވަކިން ސުވާލު ކުރުމަށް ނިންމާފައެވެ.

އޭސީސީގެ މެމްބަރުން އެންމެ ފަހުން ކޮމިޓީއަށް ހާޒިރުކުރުމުން އެ ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވީ، ތަހުގީގުތައް ލަސްވާކަން ޤަބޫލު ކުރައްވާކަމަށާއި، އިތުރު 4 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ދަތިކަން ޙައްލު ކުރުމަށްޓަކައި އިތުރު 12 މުވައްޒަފުން ހޯދުމަށް އެދިލައްވާފައިވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވެފައިވަނީ، މިއަހަރުގެ ފަހުކޮޅު އިތުރު 20 މައްސަލައިގައި ދައުވާކުރަން ފޮނުވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އިތުރު 128 މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެސެޓް ރިކަވަރީއާ ގުޅޭގޮތުން ޝިއުނާ ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާއާބެހޭ މަސައްކަތް އެންމެ ފަހުން ކޮމިޝަނުން ކޮށްފައިވަނީ 2017 ގައި ކަމަށެވެ. އަދި ކޮމިޝަނާ ޙަވާލުވެވަޑައިގެން ފަހުން ފިނޭންސް މިނިސްޓްރީއާއި އެކި މުއައްސަސާއަށް އޭރު ސިޓީ ފޮނުވިފައިވާ މިންވަރާއި، އޭގެ މަސައްކަތްތައް ކޮށްފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައި މޮނިޓަރކޮށް، އޭގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް އައު ކޮމިޝަނުން ކުރަމުންދާކަން ޝިއުނާ ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ނިންމައި، އެކަމާ ގުޅޭ ފައިނަލް ރިޕޯޓު މަޖިލީހަށް ވެސް ހިއްސާ ކުރައްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އޭސީސީ ރިފޯރމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށާއި، އެހެން އަހަރުތަކާ އަޅާބަލާއިރު އޭސީސީގެ ސްޕީޑު ވެސް އަވަސްވެފައިވާކަމަށް އޭރު ކޮމިޓީގައި ޝިއުނާ ވިދާޅުވިއެވެ.

އޭސީސީ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު