Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓުގެ ގޮފިތައް އުވާލުން

ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމާ ގުޅޭ ބިލު މަޖިލީހަށް ފޮނުވަނީ

މިދައުރަށް 32 ބިލެއް ހުށަހަޅާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2021 | ބުދަ 08:37
ހައި ކޯޓު- ކޯޓުތަކުގެ ޤާނޫނަށް ގެންނަ އިސްލާޙުގައި ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމާ ގުޅޭ ބިލު ހިމެނޭ

ހައި ކޯޓު- ކޯޓުތަކުގެ ޤާނޫނަށް ގެންނަ އިސްލާޙުގައި ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމާ ގުޅޭ ބިލު ހިމެނޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް 4 ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފައިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމާ ގުޅޭ ބިލު ވެސް ހިމެނޭކަމަށް އޭޖީ އޮފީހުން މިއަދު ބުނެފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުމަށް ފޮނުވަން ތައްޔާރުވަމުންދާ ބިލުތަކަކީ ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި އަދި ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލެވެ.

Advertisement - newsAdvertisement

އެކަމުގެ ތަފްސީލު ހިއްސާކުރަމުން އޭޖީ އޮފީހުން ބުނީ، ކޯޓުތަކަށް އިސްލާޙު ގެނައުމުގެ ބިލަކީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޢަދުލުއިންޞާފުގެ ނިޒާމުގައި ހިމެނޭ ޝަރުޢީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީޢަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބު ކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރު ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާ ގުޅޭ ބިލެކެވެ.

އޭގެ އިތުރުން، މިއީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭ ވެސް އެއްފަދައިން ޤާނޫނުގައި ކަނޑައެޅުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށާއި، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އެނޫން ވެސް އިޞްލާޙުތައް ގެނައުމަށް ހުށައަޅާ ބިލެއްކަން ވެސް އޭޖީ އޮފީހުން ފާހަގަކުރެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮތްޕާއި، ދެކުނު ގޮފި ޤާއިމްކުރުމަށް ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައީ 2014 ވަނަ އަހަރުއެވެ.

އޭޖީ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ހުށަހަޅާ ބިލަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކައި ހުށަހަޅާ ބިލެއް ކަމަށެވެ.

އޭގެ އިތުރުން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރުމުގެ ބިލަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛު ކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން، ނެތި ދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތި ދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާ ބިލެކެވެ.

ސަރުކާރުން ހުށައަޅާ 4 ބިލުގެ ތެރޭގައި ، ފެނާއި ނަރުދަމާގެ ޤާނޫނު ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ހުށަހަޅާ ބިލު ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ތިން ވަނަ ދައުރަށް 32 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައި ވާކަމަށް އޭޖީ އޮފީހުން ވަނީ ކުރިން ބުނެފައެވެ. އޭގެ ތެރޭގައި ގާނޫނީ އަދި ޝަރުއީ ދާއިރާއާއި ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާ ގުޅޭ ބިލުތަކާއި އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެއެވެ.

އޭގެތެރެއިން މިދައުރަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި; ހެއްކާބެހޭ ބިލާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތް ކުރުމާ ބެހޭ ބިލާއި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް، ހުށަހަޅާފައިވާ ބިލް ހިމެނެއެވެ.

ހައި ކޯޓުއޭޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު