Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަލާލާ ކައިވެނިކުރުން

ކޮންމެހެން ކައިވެނިކުރަން ނުޖެހޭކަމަށް ދޭހަވާ މޭރުމަކުން މީގެކުރިން ވާހަކަ ދެއްކި މަލާލާ ކައިވެނި ކޮށްފި

10 ނޮވެމްބަރު 2021 | ބުދަ 02:21

ކައިވެންޏާމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން މަލާލާ ވަނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ސިފަވާ ގޮތަށް މީގެކުރިން ޖަވާބު ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ނޮވެމްބަރު 2021 | ބުދަ 02:21
މަލާލާ އޭނާގެ ފިރިމީހާއެކު

މަލާލާ އޭނާގެ ފިރިމީހާއެކު

އަންހެން ކުދިން ތައުލީމު ހާސިލުކުރުމަށް ވަކާލާތުކޮށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އަދި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ކައިވެނިކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ މަލާލާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަސަރްއާ ކައިވެނިކޮށްފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ބަރމިންގހަމްގައި، އޭނާގެ ގޭގައި ކަމަށެވެ. ކައިވެނީގެ ކުޑަކުޑަ ހަފްލާއެއް ގޭގައި އާއިލާގެ މީހުންނާއެކު ބޭއްވިކަމަށް މަލާލާ ވަނީ ބުނެފައެވެ. މަލާލާ އޭނާގެ ޓްވީޓްގައި ފިރިމީހާގެ ނަމަކީ އަސަރްކަން ބުނުން ފިޔަވައި ފިރިމީހާ އާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.

ނަމަވެސް ސޯޝަލް މީޑިޔާގެ އެކި ފަރާތްތަކުން ވަނީ އަސަރް އަކީ ކާކުކަން ހޯދާފައެވެ. އެގޮތުން ބައެއް މީޑިޔާ ރިޕޯޓްތަކުންނާއި ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަސަރްގެ ފުރިހަމަ ނަމަކީ އަސަރް މާލިކް އެވެ. އޭނާއަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ހައި ޕާފޯރމެންސް ސެންޓަރުގެ ޖެނެރަލް މެނޭޖަރކަމަށް ޕާކިސްތާނުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އުމުރުން 24 އަހަރުގައި މަލާލާ ކައިވެނިކޮށްފައިވާއިރު އުމުރުން 15 އަހަރުގައި ތާލިބާނުން ދިން ހަމަލާތަކެއްގެ ޝިކާރައަކަށް މަލާލާ ވަނީ ވެފައެވެ. އެހަމަލާތަކުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އޭގެފަހުން މަލާލާ މަސައްކަތްކުރަމުން އަންނަނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުގައި ވަކާލާތުކުރުމުގައެވެ. ހުޅަނގުގެ ގައުމުތަކުގައި މަލާލާއަށް ގިނަ ބަޔެއްގެ ތައުރީފް ލިބިފައިވީނަމަވެސް އޭނާގެ އުފަން ގައުމުކަމުގައިވާ ޕާކިސްތާނުގައި މަލާލާ އާ މެދު ދެކޭގޮތް ވަނީ ތަފާތުވެފައެވެ.

މީގެއިތުރުން މިއަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ވޯގް މެގަޒިންއަށް އޭނާ ދިން އިންޓަރވިއުއަކާ ގުޅިގެން ވެސް ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކައިވެންޏާމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން މަލާލާ ވަނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ސިފަވާ ގޮތަށް ޖަވާބުދީފައެވެ.

އެގޮތުން ކޮންމެހެން ކައިވެނިކުރަން ޖެހެނީ ކީއްވެކަމެއް ނުވިސްނޭކަމަށާއި، ތިމާގެ ދިރިއުޅުމަށް ބައިވެރިއެއް ބޭނުންވާނަމަ ކޮންމެހެން ކައިވެނީގެ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭތޯ މަލާލާ ވަނީ ސުވާލުކޮށްފައެވެ. ހަމައެކަނި ޕާޓްނާޝިޕަކަށް ނުދާންވީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ދުވަހަކު ވެސް މަލާލާ ކައިވެނިކުރާނެ ކަމާމެދު ޝައްކުކަމަށް ވޯގް މެގަޒިން އަށް ދިން އިންޓަރވިއުގައި ވަނީ ބުނެފައެވެ.

މި އިންޓަރވިއުއާއެކު ވެސް ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ މަލާލާއަށް ފާޑުކިޔާފައެވެ.

މަލާލާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2023

ޓައިވާން މައްސަލައިގައި އެމެރިކާއިން އަމަލުކުރާގޮތަށް ޔޫރަޕުން އަމަލުކުރަން ނުޖެހޭކަމަށް ވިދާޅުވުމުން މެކްރޮންއަށް ގިނަ ފާޑުކިޔުންތަކެއް

11 އެޕްރީލު 2023
ޓައިވާން މައްސަލައިގައި އެމެރިކާއިން އަމަލުކުރާގޮތަށް ޔޫރަޕުން އަމަލުކުރަން ނުޖެހޭކަމަށް ވިދާޅުވުމުން މެކްރޮންއަށް ގިނަ ފާޑުކިޔުންތަކެއް
26 މާރިޗު 2022

ޕުޓިން އަވަހާރަކޮލަން ޖެހޭކަމަށް ދޭހަވާ މޭރުމަކުން ލިޔުމެއް ލިޔުނު އިޓަލީގެ ނޫހާ ދެކޮޅަށް އެމްބެސެޑަރ ދައުވާކުރައްވައިފި

26 މާރިޗު 2022
ޕުޓިން އަވަހާރަކޮލަން ޖެހޭކަމަށް ދޭހަވާ މޭރުމަކުން ލިޔުމެއް ލިޔުނު އިޓަލީގެ ނޫހާ ދެކޮޅަށް އެމްބެސެޑަރ ދައުވާކުރައްވައިފި
08 ޑިސެމްބަރު 2021

ނަޖީބުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރަން ނުޖެހޭކަމަށް ކަނޑައަޅައިފި

08 ޑިސެމްބަރު 2021
ނަޖީބުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރަން ނުޖެހޭކަމަށް ކަނޑައަޅައިފި
16 މެއި 2019

ކޮންމެހެން ތިބެން ނުޖެހޭ ސްޓާފުން އިރާގުން ފޭބުމަށް އެމެރިކާއިން އަންގައިފި

16 މެއި 2019
ކޮންމެހެން ތިބެން ނުޖެހޭ ސްޓާފުން އިރާގުން ފޭބުމަށް އެމެރިކާއިން އަންގައިފި
12 ފެބުރުއަރީ 2018

ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް

12 ފެބުރުއަރީ 2018
ސައުދީގެ އަންހެނުން ކޮންމެހެން އަބާޔާ ލާކަށް ނުޖެހޭ: ދީނީ އިލްމުވެރިޔެއް
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް