Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިމަމް ވޭޖް

މިނިމަމް ވޭޖާއެކު، 60 އިންސައްތައަށްވުރެ ގިނަ ރިސޯޓު މުވައްޒަފުންގެ މުސާރަ ޑަބަލް ވާނެ: ފައްޔާޒް

ރިސޯޓު މުވައްޒަފުންގެ މުސާރައިގައި ވަރަށް ބޮޑު ފަރަގެއް އެބައޮތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ނޮވެމްބަރު 2021 | އަންގާރަ 11:26
ރިސޯޓު މުވައްޒަފެއް

ރިސޯޓު މުވައްޒަފެއް

މިނިމަމް ވޭޖުގެ ސަބަބުން 60 އިންސައްތައަށްވުރެ ގިނަ ރިސޯޓު މުވައްޒަފުންގެ މުސާރަ ޑަބަލް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ, ހޯމަ ދުވަހު މިނިމަމް ވޭޖް ކަނޑައަޅައި އިއުލާނުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖްގެ ހެޔޮ އަސަރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 16،000 މުވައްޒަފުންގެ ތެރެއިން 13،000 މުވައްޒަފުންނަށް ކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެކި ރިސޯޓުތަކުގައި ހުރި ތަފާތުތައް ދެނެގަތުމަށް މިކަމަށް އިތުރަށް ބަލައިލުމުން, އެއް ރިސޯޓު އަނެއް ރިސޯޓާ ވަރަށް ތަފާތުކަން އެނގިގެންދިޔަކަމަށެވެ. އެގޮތުން ރިސޯޓު މުވައްޒަފުންގެ ތެރޭގައި މަހަކު 2 ލައްކަ ނޫނީ 1 ލައްކަަ ރުފިޔާ މުސާރައިގެ ގޮތުގައި ގެއަށް ގެންދާ މީހުން އެބަތިބި ކަމަށެވެ. އެވްރެޖްކޮށް, މި ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 7،000 ރުފިޔާ ނުވަތަ 8،000 ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 4،000 ރުފިޔާއާ 5،000 ރުފިޔާއާ ދެމެދުގެ އަދަދެއް, ނުވަތަ މިއަށްވުރެ ދަށް އަދަދެއް މުސާރައިގެ ގޮތުގައި ލިބޭ މީހުން ވެސް އެބަތިބި ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. މިއީ ރަނގަޅު އަދަދެއް ކަމުގައި ނުފެންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖާއެކު, ރިސޯޓުތަކުގައި މަސައްކަތްކުރާ 60 އިންސައްތައަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ޑަބަލް ވެގެންދާނެ ކަމަށެވެ. އަދި މިނިމަމް ވޭޖު ކަނޑައެޅުމުން, ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރިސޯޓު މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000 ރުފިޔާއެވެ. މިއީ ރިސޯޓު މުވައްޒަފުން ކުރާ މަސައްކަތާ އަޅައި ބަލާއިރު އެކަށީގެންވާ އަދަދެއް ނޫންކަމަށްބުނެ ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ގެންދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަންމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
23 ނޮވެމްބަރު 2024

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

23 ނޮވެމްބަރު 2024
އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟
19 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!
18 ނޮވެމްބަރު 2024

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"
03 ނޮވެމްބަރު 2024

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ
10 އޮކްޓޯބަރު 2024

ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ

10 އޮކްޓޯބަރު 2024
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު