Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބޭރު ފައިސާ

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

ނޮވެމްބަރު 21 ވަނަ ދުވަހު އިންޑިއާ ގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އާއި އާރްބީއައިގެ ގަވަރުނަރު ޝަކްތިކާންތާ ދާސް ސޮއިކުރެއްވި މި އެއްބަސްވުމުގެ މަގްސަދުތަކުގެ ތެރޭގައި އެމެރިކާ ޑޮލަރަށް ބަރޯސާ ނުވެ، ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހިމެނޭކަން ވަނީ ހާމަ ކޮށްފައެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 12:36
ރާއްޖޭގެ ރިސޯޓެއްގެ އޯވަރ ވޯޓަރ ޖެޓީއެއްގެ މަތީގައި އިންޑިއާ މީހަކު ބައިސްކަލު ދުއްވަނީ

ރާއްޖޭގެ ރިސޯޓެއްގެ އޯވަރ ވޯޓަރ ޖެޓީއެއްގެ މަތީގައި އިންޑިއާ މީހަކު ބައިސްކަލު ދުއްވަނީ

ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު އެ ގައުމެއްގެ ފައިސާ އިން ވިޔަފާރީގެ މުޢާމަލާތްތައް ކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކުރުމާއެކު، އިންޑިއަން ރުޕީސް އިން ފައިސާ ދައްކައިގެން އަންނަ ފަތުރުވެރިޔާ އަށް ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭރު ފައިސާގެ ގަވައިދުގެ ދަށުން 500 ޑޮލަރު މާރުކުރަން ޖެހުމަކީ ތާކުންތާކުން ނުޖެހޭ ކަމެއް ކަމަށް ދާއިރާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު މުންބާއީގައި ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އަށް ހަވާލާދީ މި ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެމްއެމްއޭ އިން ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް އާންމު ކުރި ގަވައިދުގައިވާ ގޮތުން، އެއްވެސް އިސްތިނާ އެއް ނެތް ގޮތައް، ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާއިރު، މިފަދަ އެއްބަސްވުންތަކަށް ވިސްނާފައިވެސް ނެތް ކަމަށެވެ.

ނޮވެމްބަރު 21 ވަނަ ދުވަހު އިންޑިއާ ގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު އާއި އާރްބީއައިގެ ގަވަރުނަރު ޝަކްތިކާންތާ ދާސް ސޮއިކުރެއްވި މި އެއްބަސްވުމުގެ މަގްސަދުތަކުގެ ތެރޭގައި އެމެރިކާ ޑޮލަރަށް ބަރޯސާ ނުވެ، ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހިމެނޭކަން ވަނީ ހާމަ ކޮށްފައެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން އާރްބީއައި އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި، ހުއްދަ ދެވިފައިވާ ކެޕިޓަލް އެކައުންޓް މުޢާމަލާތްތަކާއި، އަދި ދެ ގައުމުން އެއްބަސްވާ އެހެނިހެން އިޤްތިޞާދީ އަދި މާލީ މުޢާމަލާތްތަކުގައި އިންޑިއަން ރުފިޔާ އަދި ދިވެހި ރުފިޔާ ބޭނުންކުރުމަށް މި އެމްއޯޔޫގެ ސަބަބުން މަގުފަހިވާނެ ކަމުގައެވެ.

އެމްއޯޔޫގެ ދަށުން އެކުލަވާލާފައިވާ އޮނިގަނޑުގެ ސަބަބުން އެކްސްޕޯޓަރުންނާއި އިމްޕޯޓަރުންނަށް އެ މީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން އިންވޮއިސްކޮށް އަދި ފައިސާ ދެއްކުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ ސަބަބުން ބޭރު ފައިސާގެ މާރުކޭޓުގައި އިންޑިއަން ރުޕީސް އާއި ދިވެހި ރުފިޔާ ގެ ވިޔަފާރި ތަރައްޤީވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އެއްބަސްވުމަކީ އިންޑިއާގެ ރިޒާވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގައި މުހިންމު މަރުޙަލާއެއް ކަމަށާއި ދެ ގައުމުގެ މުޢާމަލާތްތަކުގައި އެ ގައުމުތަކުގެ ފައިސާ ބޭނުން ކުރުމުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ހިންގޭ ވިޔަފާރި ކުރިއެރުވުމަށާއި، މާލީ ގުޅުން ބަދަހި ކުރުމަށާއި، އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެއަށް 90,389 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދުރާއްޖޭގެ ފަތުރުވެރިކަންރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު