Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑޮލަރު ގަވައިދުގެ މައްސަލަ

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

ރިސޯރޓް އޮޕަރޭޓަރުން އެމްއެމްއޭ އަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގައި މިއީ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކޮށްގެން އެކުލަވާލި ގަވައިދެއް ނޫންކަމަށާއި، މި ގަވައިދަކީ "ހަގީގަތާ ދުރު" އެއްޗެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރެވޭނެ ގަވައިދެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 16:50
ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް

ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް

1 އޮކްޓޯބަރ 2024 އިން ފެށިގެން ކޮންމެ ރިސޯޓަކަށް އަންނަ ކޮންމެ މެހެމާނަކަށް 500 އެމެރިކާ ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރު ކުރަން މަޖުބޫރު ކުރުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެ ގަވައިދާ އެކު ރިސޯޓުތައް ހިންގުމަށް ބޮޑެތި ދަތިތައް ކުރިމަތިވެ، އެކަމުގެ ނޭދެވޭ އަސަރު މުވައްޒަފުންނަށް ކުރާނެ ކަމަށް ރިސޯޓު އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ރިސޯރޓް އޮޕަރޭޓަރުން އެމްއެމްއޭ އަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގައި މިއީ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކޮށްގެން އެކުލަވާލި ގަވައިދެއް ނޫންކަމަށާއި، މި ގަވައިދަކީ "ހަގީގަތާ ދުރު" އެއްޗެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރެވޭނެ ގަވައިދެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ގަވައިދު ތަންފީޒު ކުރަން ބަލާއިރު، އޭގައި ހާލަތައް ބަލައި އެއްވެސް އިސްތިސްނާ އެއް ދީފައި ނުވާކަން ރިސޯޓުތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. މި އައު ސިޔާސަތު ރިސޯޓަށް އަންނަ ހުރިހާ މެހެމާނުންގެ މައްޗަށް ހިނގައެވެ. އަހަރު ނުފުރޭ ތުއްތު ކުއްޖާ އިން ފެށިގެން އޮފް ސީޒަންގައި ރެޔަކަށް 65 ޑޮލަރު ދައްކައިގެން ތިން ހަތަރު ދުވަހަށް ހުންނަ މީހާގެ ނަމުގައި ވެސް 500 ޑޮލަރު މާރު ކުރަން ޖެހެއެވެ. ހުންނަ މުއްދަތަކަށް، އުމުރަކަށް، ދައްކާ އަގަކަށް، ނުވަތަ ޚާއްސަ މެހެމާނެއްގެ ގޮތުން ހިލޭ ހުއްޓަސް ޑޮލަރު މާރު ކުރަން ޖެހެއެވެ. ބައެއް ރިސޯޓުތަކަށް ބަލާއިރު، އެ ރިސޯޓަށް ލިބޭ ޖުމްލަ އާމްދަނީގެ 30-60 އިން ސައްތަ އާއި ދެމެދުގެ އަދަދަކަށް މި ގަވައިދުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިސޯޓު ހިންގުމަށް ބޭނުންވާ ޑޮލަރު ތާށިވެ، ރިސޯޓު ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ރިސޯޓު އޮޕަރޭޓަރުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ހައި-އެންޑް ޚިދުމަތެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުވެފައިވާ ޚިދުމަތެއް ކަމަށްވީ ހިނދު، ރާއްޖެ އަންނަ ފަތުރުވެރިންގެ އުންމީދުތައް ހުންނަނީވެސް މަތީ ފަންތީގައެވެ. އެއާއެކު ކާބޯތަކެއްޗާއި، ޚިދުމަތްތަކަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ތަކެތި ދުނިޔޭގެ އެތައް މިތަނުން އެތެރެކުރަން ރިސޯޓުތަކަށް ބޭނުންވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރިސޯޓެއް ހިންގުމުގެ ޚަރަދުތަކުގެ 90 އިންސައްތަ ހިނގަނީ އެމެރިކާ ޑޮލަރުންނެވެ. ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭ މުވައްޒަފުންވެސް މަދެއް ނޫނެވެ. ސާވިސް ޗާޖް ވެސް ޑޮލަރުންނެވެ. އިންޝުއަރެންސް އާއި ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ޓެކްސް އަކީވެސް ޑޮލަރުން ދައްކާ އެއްޗެކެވެ. ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ބިމު ކުލި ދައްކަނީވެސް ޑޮލަރުންނެވެ. އޭގެ އިތުރުން ރިސޯޓުތައް ހެދުމަށް ބޭރުގެ ބޭންކުތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި އިންޓަރެސްޓް ދައްކަނީވެސް ޑޮލަރުންނެވެ.

ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަން މަޖުބޫރު ކުރި އިރު، ސަރުކާރުން ވަނީ އިކޮނޮމީ ފަސިންޖަރުންނަށް 40 އެމެރިކާ ޑޮލަރު އަދި ބިޒްނަސް ކްލާސް ފަސިންޖަރުންނަށް 120 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ. ގްރީން ޓެކްސް މީހަކަށް ދުވާލަކަށް 6 އެމެރިކާ ޑޮލަރުން 12 އެމެރިކާ ޑޮލަރަށް އޮތީ ބޮޑުކޮށްފައެވެ. އަދި ޓީޖީއެސްޓީ ބޮޑުކުރާނެކަން ވަނީ އިޢުލާނުކޮށްފައެވެ. މީގެ މާނައަކީ ދިވެހިރާއްޖެއަށް 1 ހަފްތާއަށް އަންނަ 4 މެންބަރުންގެ ޢާއިލާއަކަށް މިއީ އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ 360 އެމެރިކާ ޑޮލަރުގެ އިތުރު ޚަރަދު ކުރަން ޖެހުމެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާނަމަ 700 އެމެރިކާ ޑޮލަރަށްވުރެ ގިނައިން އިތުރަށް ޚަރަދު ކުރުމެވެ.

ރިސޯޓުތަކުން ބުނަނީ އިތުރުވި މި ޚަރަދުތަކާއެކު ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ޓުއަރ އޮޕަރޭޓަރުން ތިބީ ހިތްހަމަ ނުޖެހިފައެވެ. އެފަރާތްތަކުން ދެކޭގޮތުގައި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ، ފަތުރުވެރިން އެހެން ވާދަވެރި، ރަނގަޅު އަގެއްގައި ޚިދުމަތް ދޭ މަންޒިލުތަކަށް ދިއުމަށް ހިތްވަރު ލިބިގެންދާނެއެވެ. ރިސޯޓު އޮޕަރޭޓަރުންނަށް އޮކިއުޕަންސީ ހިފެހެއްޓުމަށްޓަކައި މިހިސާބުން މަޖުބޫރު ވަނީ ރިސޯޓުގެ އަގުތައް ދަށް ކުރުމެވެ.

ރިސޯޓް އޮޕަރޭޓަރުން ދެކޭ ގޮތުގައި މި ބުރަ އުފުލުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދެކޮޅު ޖެހޭ ވިޔަފާރި އަކަށް ވިޔަފާރި ހެދުމަށްޓަކައި މިހިސާބުން މަޖުބޫރުވަނީ ރިސޯޓުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށެވެ. ބައެއް ރިސޯޓުތަކުގެ ވިސްނުމަކީ އޮފް ސީޒަނުގައި ބަންދު ކުރުމެވެ. އޮފް ސީޒަންގެ ހަތަރު މަސް ދުވަހު ރިސޯޓު ބަންދު ކުރާނަމަ، މުވައްޒަފުންނަށް ނޯޕޭ ލީވް ދީ ފޮނުވާލަން މަޖުބޫރުވާނެ ކަމަށް މިދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ވަރަށް ގިނަ އާއިލާތަކަށް ވަރަށް ދެރަ ނިކަމެތި ގޮތްތަކެއް ވުމީ އެކަށީގެންވާކަމެވެ.

އަނެއްކޮޅުން ބޮޑު އަދަދެއްގެ ޑޮލަރު މާރު ކުރުމުން ރިސޯޓު ހިންގުމަށް ބޭނުންވާ ޑޮލަރު ބާކީ ކުރުމަށް މަހުން މަހަށް ދޭ ހުރިހާ މުސާރައަކާއި ސަރވިސް ޗާޖް ދިވެހި ރުފިޔާއިން ދޭން މަޖުބޫރުވާނެ ކަމަށް ރިސޯޓު އޮޕަރޭޓަރުން ބުނެއެވެ. އެއާއެކު، ޓެކްސް ބޮޑު ކުރުމުން ގެސްޓުންނަށް ވާ ގެއްލުން ކުޑަކުރުމަށް ރޫމު ރޭޓުތައް ދަށް ކުރުމާއެކު ކޮންމެ މަހަކު ލިބޭ ސަރވިސް ޗާޖް ވެސް މަދުވާނެ ކަމީ ހަގީގަތެކެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދުރާއްޖޭގެ ފަތުރުވެރިކަންމަޓީ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
14 ޑިސެމްބަރު 2024

ބޭރު ފައިސާ އާ ބެހޭ ބިލު ތަސްދީގު ކުރައްވައިފި

14 ޑިސެމްބަރު 2024
ބޭރު ފައިސާ އާ ބެހޭ ބިލު ތަސްދީގު ކުރައްވައިފި
13 ޑިސެމްބަރު 2024

ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ

13 ޑިސެމްބަރު 2024
ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ
12 ޑިސެމްބަރު 2024

ޑޮލަރު މާރުކުރަން ލާޒިމު ކުރާ ބިލު މަޖިލީހުން ފާސްކޮށްފި

12 ޑިސެމްބަރު 2024
ޑޮލަރު މާރުކުރަން ލާޒިމު ކުރާ ބިލު މަޖިލީހުން ފާސްކޮށްފި
11 ޑިސެމްބަރު 2024

ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފި

11 ޑިސެމްބަރު 2024
ސިއްރުން ޑޮލަރު ބިލު ކޮމިޓީން ފާސް ކޮށްފި
11 ޑިސެމްބަރު 2024

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން ރައީސް މުއިއްޒު މަޖުބޫރު ކުރުވާ ދުވަހު ވެރިކަން ވައްޓާލާނަން: މައުރޫފް

11 ޑިސެމްބަރު 2024
ރިސޯޓުތަކުގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދޭން ރައީސް މުއިއްޒު މަޖުބޫރު ކުރުވާ ދުވަހު ވެރިކަން ވައްޓާލާނަން: މައުރޫފް
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު