Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޯނިއަރ އެއަރކްރާފްޓު

"އެމްއެންޑީއެފްގެ ޕައިލެޓުން އަސްކަރީ އެއަރކްރާފްޓް ދުއްވަން ފެށުމަކީ ތާރީޚީ، އުފާވެރި ކަމެއް"

މިއީ ސިފައިންނަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 09:47
އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފެށުން

އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފެށުން

ޑޯނިއަރ އެއަރކްރާފްޓުގެ އެހީގައި ފާއިތުވި ދުވަސްތަކުގައި މުހިއްމު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ، މިއީ ސިފައިންނަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ތާރީޚީ ވަގުތެއް ކަމަށާއި، ޕައިލެޓުން ތަމްރީނުކުރުމަށް އެމްއެންޑީއެފުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް، މިކަމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވައި ޝަމާލް ވަނީ އިންޑިއާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިންޑިއާއިން ފޯރުކޮށްދީފައިވާ އެއަރކްރާފްޓްތަކުގެ އެހީގައި މުހިއްމު ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައިވާކަން ވެސް ޝަމާލް ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުމަތިން މީހުން ހޯދުމުގެ އެކި އޮޕަރޭޝަންތަކާއި، ސިއްޙީ ގޮތުން އެއްތަނުން އަނެއްތަނަށް ގެންދަން ޖެހޭ މީހުން އުފުލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން ފަދަ ކަންކަމުގައި އެއަރކްރާފްޓުގެ ބޭނުންތެރިކަން ޝަމާލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޝަމާލް ވަނީ ޚިދުމަތަށް ގުޅިވަޑައިގެން ދެ ޕައިލެޓުންނަށް ވެސް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އެ ދެ ޕައިލެޓުންނަކީ އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފްއާއި، ލެފްޓިނެންޓް އަހުމަދު އަލީއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް 363 ބަލިމީހުން އުފުލުމަށް ޑޯނިއަރ އެއަރކްރާފްޓް ބޭނުންކޮށްފައިވެއެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހުނު މީހުންގެ ފުރާނަޔާއި މުދާ ރައްކާތެރި ކުރުމަށް ޚާއްސަކޮށްގެން 77 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އަދި 121 ސަރވައިލެންސް އޮޕަރޭޝަންސް ހިންގައި، ގިނަ އަދަދެެއްގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެއެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު