Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމް

މަތީ ތައުލީމަށް ހަންގޭރީ ސަރުކާރުން 60 ސްކޮލަރޝިޕެއް

8 ނޮވެމްބަރު 2021 | ހޯމަ 18:00

ހަންގޭރީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު 15 ސްކޮލަރޝިޕް ފުރުސަތު ދިނުމަށް ހަމަޖެހިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ނޮވެމްބަރު 2021 | ހޯމަ 18:00
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް މަތީ ތައުލީމުގެ ސްކޯލާޝިޕްތައް ހަންގޭރީގެ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ, ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދު މަތީ ތައުލީމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ހޯމަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީއެވެ. މި އެމްއޯޔޫގެ އެއް ބޭނުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް, މަތީ ތައުލީމާބެހޭ ކަންކަމުގައި, ގުޅިގެން މަސައްކަތްކުރުމާއި, ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ. މިއީ ހަތަރު އަހަރުދުވަހުގެ މުއްދަތަށް ސޮއިކުރެވޭ އެމްއޯޔޫއެކެވެ. މި އެމްއޯޔޫގެ ދަށުން, ހަންގޭރީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު 15 ސްކޮލަރޝިޕްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

އެއީ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީއެޗްޑީ އަދި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިމެނޭ ގޮތުންނެވެ. މި އެމްއޯޔޫގެ ދަށުން މިއަހަރަށް ކަނޑައެޅިފައިވަނީ، ފުރަތަމަ ޑިގްރީގެ 6 ފުރުސަތާއި މާސްޓަރސް ޑިގްރީގެ 7 ފުރުސަތާއި ޕީއެޗްޑީގެ 2 ފުރުސަތެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗަރ ސައިންސް، އާރޓްސް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗަރ ޓްރެއިނިންގ، ސްޕޯޓް ސައިންސް، ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މި ސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުންނެވެ. ދެކޮޅު ޓިކެޓްގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ. މިއަހަރަށް ކަނޑައެޅިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ނޮވެމްބަރު މަހުގެ ފަހުކޮޅު އިޢުލާނުކުރެވޭނެއެވެ. މި އެމްއޯޔޫގައި ސޮއިކުރެވުނީ އޮންލައިން ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، އޮނަރަރީ ކޮންސަލް އޮފް ހަންގޭރީ އިން ދި މޯލްޑިވްސް މުޙައްމަދު ޢަލީ ޖަނާޙު ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން, ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު މިފަދަ ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދައިދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންސްކޮލަރޝިޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ

19 ސެޕްޓެމްބަރު 2024
އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 މެއި 2024

އަޒަރުބައިޖާންގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

13 މެއި 2024
އަޒަރުބައިޖާންގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް