Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2022

އިދިކޮޅުން ބޭނުންވަނީ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށްފަހު އަލުން ހުށަހެޅުމަށް

ބަޖެޓްގައި އޮތީ ރަނގަޅު އަދަދެއް ނޫންކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ، ދަރަނި 14 ނުވަތަ 15 ބިލިއަނަށް އިތުރުވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ނޮވެމްބަރު 2021 | ހޯމަ 17:17
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް, 25 ބިލިއަނަށް ކުޑަކުރުމަށްފަހު އަލުން މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ގޮވާލައްވައިފިއެވެ.

ބަޖެޓަށް ބަހުސްކުރައްވަމުން ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ސަލީމް ވިދާޅުވީ, ކުރީ ސަރުކާރުގައި ދައުލަތުގެ ދަރަނި އެވްރެޖްކޮށް ހުރީ ހަތަރު ބިލިއަން ރުފިޔާގައި ކަމަށާއި, ނަމަވެސް މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ނުވަތަ 13 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ވަރަށްބޮޑު ނުރައްކަލެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ބަޖެޓްގައި އޮތީ ރަނގަޅު އަދަދެއް ނޫންކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ ދަރަނި 14 ނުވަތަ 15 ބިލިއަނަށް އިތުރުވާނެކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑާއެކު ދަރަނި ބޮޑުވެގެންދިޔައިރު, އާންމު ހާލަތުގައި ދަރަނިކުޑަކުރަން މަސައްކަތްކުރަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުން ބަޖެޓްގެ ދަރަނި ބޮޑުވުމުގެ ސަބަބުން ޑޮލަރުގެ އަގުވެސް ނުހިފެހެއްޓިގެން އުޅެންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން, ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށާއި, އަދި ކުރިން ވެސް ކަނޑައަޅާފައި އޮތް ކުލި އެތަނުން ނެގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ. ސަލީމް ވިދާޅުވީ ފިނިޝިންގ ނުނިންމާ ރައްޔިތުންނަށް ހިޔާ ފްލެޓްތައް ސަރުކާރުން ދިނީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ. 

ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ބޭނުންވާ ސަތޭކަ ތިރީހަކަށް މިލިއަން ރުފިޔާ އަކީ, ދައުލަތުގެ ބަޖެޓްގައި ހުރި ބޭކާރު ބޮޑެތި ޚަރަދުތައް ކުޑަކޮށްގެން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

ބަޖެޓް 2022

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2022

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

19 ނޮވެމްބަރު 2022
މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި
24 ނޮވެމްބަރު 2021

ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

24 ނޮވެމްބަރު 2021
ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟
24 ނޮވެމްބަރު 2021

އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

24 ނޮވެމްބަރު 2021
އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި
24 ނޮވެމްބަރު 2021

މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

24 ނޮވެމްބަރު 2021
މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި
21 ނޮވެމްބަރު 2021

އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

21 ނޮވެމްބަރު 2021
އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު