Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް

ބަޖެޓަށް ބަހުސްކުރުން ކުރިޔަށްދާނީ މިހަފުތާގައި

ބަޖެޓަށް ބަހުސްކުރައްވަން ބޭނުންފުޅުވާ މެމްބަރުން، އަންގާރަ ދުވަހުގެ 12 ޖެހުމުގެ ކުރިން ފުރުސަތަށް އެދިވަޑައިގަންނަވަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 16:59
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުން ކުރިޔަށްދާނީ މިހަފުތާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ބަޖެޓަށް ބަހުސްކުރަން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން, ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ބަޖެޓަށް ބަހުސްކުރުން ކުރިޔަށްދާނީ މިހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުކަމަށެވެ. އަދި ބަޖެޓަށް ބަހުސްކުރުމަށް މެމްބަރުން އެދިވަޑައިގަންނަވާ މިންވަރަކުން, ރޭގަނޑާއެކު ވެސް, ޖަލްސާތައް ކުރިޔަށް ގެންދަވާނެކަމަށް އީވާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ބަޖެޓަށް ބަހުސްކުރައްވަން ބޭނުންފުޅުވާ މެމްބަރުން, އަންގާރަ ދުވަހުގެ 12 ޖެހުމުގެ ކުރިން ފުރުސަތަށް އެދިވަޑައިގަތުމަށް އީވާ ވިދާޅުވިއެވެ. ބަޖެޓްގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށްވެސް 15 މިނެޓްގެ ވަގުތުކޮޅެއް, ބަހުސްކުރުމަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން, ބަޖެޓް ބަހުސްގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓް ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރުމަށް މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 7 މިނެޓެވެ. ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ދީފައިވަނީ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހާ ހަމައަށެވެ. އެއަށްފަހު ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް, ތަޅުމުގައި ބަހުސްކުރެވެމުންދާނެއެވެ. އަދި ނޮވެމްބަރު މަސްތެރޭގައި ބަޖެޓް ފާސްކުރާނެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒެވެ. ކޮމިޓީގެ ނައިބު މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިނެވެ.

ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން, ބަޖެޓު ދިރާސާކުރުމުގައި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދުމަށް ސިޓީ ފޮނުވުމަށް ކޮމިޓީގެ އިއްތިފާޤުން (17 ވޯޓުން) ނިންމަވާފައެވެ. އަދި، މިނިވަން މުއައްސަސާތަކަށް 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން, އެ މުއައްސަސާތަކުގެ ޚިޔާލު ހޯއްދެވުމަށް 5 ދުވަހުގެ މުހުލަތެއް ދެއްވައި, 8 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ލިޔުމުން ޖަވާބުދެއްވުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އެ މުއައްސަސާތަކުން ފޮނުއްވާ ޚިޔާލުތަކަށް ރިޢާޔަތްކުރުމަށްފަހު މިނިސްޓަރ އޮފް ފިނޭންސް އާ ބައްދަލުކުރެއްވުމަށްވެސް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާ ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާއަށެވެ. 2022 ވަނަ އަހަރު, ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 24.3 ބިލިއަން ރުފިޔާއެވެ. ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

19 ނޮވެމްބަރު 2022
ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

ބަޖެޓަށް މެމްބަރުން ވޯޓު ދެއްވީ ކިހިނެއް؟

24 ނޮވެމްބަރު 2021
އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

24 ނޮވެމްބަރު 2021
މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

މިއަދު ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފައިފި

24 ނޮވެމްބަރު 2021
އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

21 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު