Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަނދަރު ހެދުމުގެ މަޝްރޫއުތައް

4 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބަނދަރުގެ މަސައްކަތް ކުރަނީ ޅ. ކުރެންދޫ، ބ. ހިތާދޫ، ރ. ކިނޮޅަސް އަދި ށ. މިލަންދޫގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 13:24
4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން

4 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން

4 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި, އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ޙަމީދެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމުގެ ތެރެއިން, ޅ. ކުރެންދޫގެ އިރުއުތުރުން 525 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކާއި އަދި ދެކުނު ފަރާތުގައި 155 މީޓަރުގެ ރިވެޓްމެންޓެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އެރަށުގެ އިރުދެކުނު ފަރާތުގައި 183 މީޓަރުގެ ބްރޭކްވޯޓަރއަކާއި އަދި، ހުޅަނގުދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓަރއަކާއި 35 މީޓަރުގެ 2 ބްރޭކްވޯޓަރ ގާއިމުކުރުން ވެސް ހިމެނެއެވެ. މިއީ 44،924،116.52 (ސާޅީސް ހަތަރު މިލިއަން ނުވަލައްކަ ސައުވީސްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ ފަންސާސް ދެ ލާރީ)ގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 365 ދުވަހެވެ.

ސޮއިކުރެވުނު ދެވަނަ އެއްބަސްވުމުގެ ތެރެއިން ށ. މިލަންދޫގެ އިރުމަތީ ފަރާތު ގޮނޑުދޮށުން 954.43 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ގާއިމުކޮށް ރިވެޓްމެންޓްގެ ދެ ކޮޅުގައި 44.77 މީޓަރުގެ ބޮޑުހިލައިގެ ދެ ފައިކަށި ގާއިމުކުރުން ހިމެނެއެވެ. އެގޮތުން މި ކޮންޓްރެކްޓްގެ އަގަކީ 36،695،523.86 (ތިރީސް ހަ މިލިއަން ހަ ލައްކަ ނުވަދިހަ ފަސް ހާސް ފަސް ސަތޭކަ ތޭވީސް ރުފިޔާ އައްޑިހަ ހަ ލާރި)އެވެ. އަދި މި މަސައްކަތް ނިންމަން ދީފައިވަނީ 200 ދުވަހުގެ މުއްދަތެކެވެ.

ސޮއިކުރެވުނު ތިންވަނަ އެއްބަސްވުމުގެ ތެރެއިން ބ. ހިތާދޫގައި އެރަށުގެ މެދު ދިޔައިން ފެށިގެން 3.5 މީޓަރ ހަމަވާ ވަރަށް 14،929.60 (ސާދަ ހާސް ނުވަސަތޭކަ ނަވާވީސް ޕޮއިންޓް ހައެއް ސުމެއް) ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، މެދު ދިޔައިން ފެށިގެން -4 މީޓަރ ހަމަވާ ވަރަށް 4،101 (ހަތަރު ހާސް އެއްސަތޭކަ އެކެއް) ކިއުބިކް މީޓަރަށް، ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެއިތުރުން، 70 މީޓަރު, ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 425 މީޓަރ ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުމާއި، 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 4 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 5 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ.

އަދި 350 މީޓަރ އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި، އެއްގަމު ތޮށިން ބޭރުތޮށްޓަށް އެރުމަށް ބްރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ރޭމްޕް ހެދުމާއި، 18 މަގުބައްތި ހަރުކުރުމާއި، 1750 އަކަ މީޓަރު ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

މިއީ 17،705،837.20 (ސަތާރަ މިލިއަން ހަތް ލައްކަ ފަސް ހާސް އަތްސަތޭކަ ތިރީސް ހަތްރުފިޔާ ވިހި ލާރީ)ގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 540 ދުވަހެވެ.

ސޮއިކުރެވުނު ހަތަރުވަނަ އެއްބަސްވުމުގެ ދަށުން ރ. ކިނޮޅަހުގައި މެދު ދިޔައިން ފެށިގެން -3 މީޓަރ ހަމަވާ ވަރަށް 15،252 (ފަނަރަ ހާސް ދުއިސައްތަ ފަންސާސް ދޭއް) ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، މެދު ދިޔައިން ފެށިގެން -3.5 މީޓަރ ހަމަވާ ވަރަށް 31،726 (ތިރީސް އެއްހާސް ހަތްސަތޭކަ ސައްބީސް) ކިއުބިކް މީޓަރަށް ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމް ހިމެނެއެވެ. މެދު ދިޔައިން ފެށިގެން -4.0 މީޓަރ ހަމަވާ ވަރަށް 1،920 (އެއްހާސް ނުވަސްތޭކަ ވިހި) ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 162 މީޓަރ ގްރޮއިން ޖެހުން ހިމެނެއެވެ.

މީގެއިތުރުން، 285 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 65 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރމާއި، 160 މީޓަރ ކޮންކްރީޓް ކާރބް ޖެހުމާއި، 186 މީޓރ އެއްގަމު ތޮށި ޖެހުން ވެސް ހިމެނެއެވެ.

އަދި 10 މޫރިންގ ބޮއި ހަރުކުރުމާއި، ރޭންޕް ހެދުމާއި، 18 މަގު ބައްތި ހަރުކުރުމާއި، 1،663.36 (އެއްހާސް ހަސްތޭކަފަސްދޮޅަސް ތިނެއް ޕޮއިންޓް ތިރީސް ހައެއް) އަކަ މީޓަރު ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި ކޮންޓްރެކްޓްގެ އަގަކީ 45،124،961.61 (ސާޅިސް ފަސް މިލިއަން އެއްލައްކަ ސައުވީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ފަސްދޮޅަސް އެއްލާރި)އެވެ. އަދި މި މަސައްކަތް ނިންމަން ނިންމަން ދީފައިވަނީ 420 ދުވަހުގެ މުއްދަތެކެވެ.

އެމްޓީސީސީމިނިސްޓްރީ އޮފް ހައުސިން ޕްލޭނިން މިނިސްޓްރީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު