Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދުގެ މައްސަލަ

އަލީ ވަހީދު ހާޒިރު ނުވުމުން ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލްކޮށްފި

8 ނޮވެމްބަރު 2021 | ހޯމަ 06:38

ޖިންސީ ގޯނާއާ ގުޅުން ހުރި ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ނޮވެމްބަރު 2021 | ހޯމަ 06:38
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު- އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު- އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އަޑުއެހުމަށް އޭނާ ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށެވެ. ނަމަވެސް މިި އަޑުއެހުމަށް އަލީ ވަހީދު ހާޒިރުވެފައިނުވާއިރު، ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން މި މައްސަލައިގައި އަމުރެއް ވެސް ނެރެފައެވެ. މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޢަލީ ރަޝީދު އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ވަނީ, ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން, އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށްނުގެންދިއުމަށް އަންގާފައެވެ.

ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލަ އިސްތިއުނާފްކުރަން ނިންމީ، ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބާތިލްކުރުމުންނެވެ. އެ މައްސަލަ ބާތިލުކޮށްފައިވަނީ، ޢަލީ ވަޙީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަަލަ، ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ބުނެއެވެ.

ޢަލީ ވަޙީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޖިންސީ ގޯނާއާ ގުޅުން ހުރި ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވާއިރު، މިހުރިހާ ދައުވާއަކަށް އޭނާ އިންކާރުކުރައްވާފައި ވެއެވެ. ޢަލީ ވަޙީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޝަރީއަތަށް ހާޒިރުނުވާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ޙުކުމެއް ވެސް ކޮށްފައެވެ. ސުޕްރީމް ކޯޓުން ފޮނުވި ޗިޓު އަލީ ވަހީދަށް ލިބި، މި މައްސަލއިގެ އަޑު އެހުމަށް އަލީ ވަހީދު ބައިވެރި ނުވުމުން އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް އިސް ފަނޑިޔާރު ހުސްނުއް ސުއޫދު ކަނޑައެޅުއްވިއެވެ. މި ކަމަށް ފަނޑިޔާރުންގެ ބެންޗުން ތާއީދު ކުރެއްވުމުން އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް ވަނީ އަމުރު ކުރައްވާފައެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް