Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭހުގެ އެކްސްކްލޫސިވިޓީ ކަނޑާލުން

އެކްސްކްލޫސިވިޓީ ކަނޑާލުން ބޭސް ލިބޭ އަގުތައް ދަށްވެ ޚަރަދުތައް ސަލާމަތް ކުރެވޭނެ – އާސަންދަ

އެކްސްކްލޫސިވިޓީ އުވާލުމުން، އެ ބޭހުގެ އެހެން ބްރޭންޑުގެ ބޭސްތައް އެކި އަގުގައި ގެނެވިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 01:48
ފާމަސީގައި ކަސްޓަމަރަކަށް ބޭސް ވިއްކަނީ

ފާމަސީގައި ކަސްޓަމަރަކަށް ބޭސް ވިއްކަނީ

ވަކި ބޭސްތަކެއް ގެނައުމަށް ދީފައިވާ އެކްސްކްލޫސިވިޓީ ކަނޑާލުމުން ބައެއް ބޭސްތައް ލިބެން ހުންނަ އަގު ދަށްވެ ބޭހަށް ކުރެވޭ ޚަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ބޭސް އެތެރެކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށް ރޭވިފައިވެއެވެ. މިކަމާ ގުޅިގެން ބަޖެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ ކުރީގެ ހާލަތްތަކަށް ރިއާޔަތްކޮށް ބައެއް ބޭސްތައް އެކްސްކުލޫސިވް ރައިޓަކާ އެކު ގެނެވޭ ގޮތަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެކްސްކްލޫސިވިޓީ އުވާލުމުން، އެ ބޭހުގެ އެހެން ބްރޭންޑުގެ ބޭސްތައް އެކި އަގުގައި ގެނެވިދާނެ ކަމަށެވެ. އަދި މިއާއެކު އެ ބޭސްތަކުގެ އަގު ގެންނަ ފަރާތުން ކޮންޓްރޯލް ނުކުރެވި ހެޔޮ އަގުގައި ބޭސްތައް ލިބިގެންދާނެ ކަމަށެވެ.

މަރިޔަމް ޝަފީގް ވިދާޅުވީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަކީ ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ރެގިއުލޭޝަންގެ ދަށުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އާސަންދައިން މިކަމުގައި ކުރާ މަސައްކަތަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މެކްސިމަމް ރީޓެއިލް ޕްރައިސަކީ އާސަންދައިގެ އެންމެ މަތީ އަގުކަމަށް ކަނޑައަޅުން ކަމަށެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ޚަރަދުތަކަށް ބަލާއިރު، ބޭހަށް ކުރާ ޚަރަދު ވަރަށް ބޮޑު ކަމަށެވެ. މީގެ އިތުރުން ބޭހުގެ އިތުރުން އެޑްމިޓްކޮށްގެން ކުރެވޭ ޚަރަދާއި، އެޑްމިޓް ނުކޮށް ކުރާ ޚަރަދު ކަހަލަ ބައިވަރު ޚަރަދުތަކެއް ހުންނަ ކަމަށެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅިގެން ދިއުމުން އެއް ޔުނީފޯމް އަގަކަށް ދިއުމާއި، މިފަދަ ކަންތައްތަކުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

ބަޖެޓްގައިވާ ގޮތުން އާސަންދަ ސިއްހީ އިންޝުއަރެންސް ސްކީމަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅަން ރާވައިފައިވާ މުހިއްމު ފިޔަވަޅުތަކެއް 2022 ގައި ތަންފީޒު ކުރެވިގެންދާނެކަމަށް ބެލެވެއެވެ. އާސަންދައިގެ ނިޒާމުގެ އެންމެ ބޮޑު ޚަރަދެއް ކުރެވޭ ދާއިރާއަކީ ބޭހަށްވެފައި، 2022 ވަނަ އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒު ކުރުމަށް ނިންމާފައިވުމާއެކު އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބޭސް އެތެރެކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށް ވެސް ރޭވިފައިވެއެވެ. މީގެއިތުރުން އާސަންދައިގެ ނިޒާމުގެ ތެރޭގައާއި ޖުމްލަކޮށް ސިއްހީ ނިޒާމުގެ ތެރޭގައި ހުރި އެހެނިހެން އިންއެފިޝަންސީތަކަށް ހައްލު ހޯދައި ޚަރަދު ބޭކާރުވެގެން ދިއުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް 2022 ވަނަ އަހަރު މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

ބޭސް ފިހާރަބޭސް އެތެރެކުރުމަށް ދީފައިވާ ހާއްސަ ހުއްދައާސަންދަބަޖެޓް 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ : "ބޭސް ގެންނަން ހަވާލުކުރީ ރައީސް ވިދާޅުވާ، މެޑިކަލް މާފިއާ އާއި"

އަސާސީ ބޭސް ނުލިބޭ މައްސަލަ : "ބޭސް ގެންނަން ހަވާލުކުރީ ރައީސް ވިދާޅުވާ، މެޑިކަލް މާފިއާ އާއި"

15 އެޕްރީލު 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު