Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް އެއްވަނައަށް، ފަހު ވަގުތު ބާސާ އެއްވަރު

7 ނޮވެމްބަރު 2021 | އާދީއްތަ 04:41

ސެލްޓަ އާއި ބާސާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ނޮވެމްބަރު 2021 | އާދީއްތަ 04:41
ރެއާލާއި ވަޔެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލާއި ވަޔެކާނޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލިއިރު، ސެލްޓަ ވީގޯއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރުކޮށްފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ވަޔެކާނޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ލަނޑެއް ޖަހައި، ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބެންޒެމާ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

ދެ ލަނޑުގެ ލީޑަކާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، މި މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މި ހާފުގައި ވަޔެކާނޯއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޑަމެލް ފަލްކާއޯއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސެލްޓަ އާއި ބާސާ ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރު ބާސާއިން އެ ޓީމުގެ ކޯޗުގެ މަގާމަށް އެ ކުލަބުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހަމަޖެއްސިކަން އިއުލާންކޮށްފައިވީ ނަމަވެސް، އޭނާ އަދި ޓީމާ ރަސްމީކޮށް ހަވާލުވެފައެއް ނުވެއެވެ. އެހެންކަމުން މި މެޗުގައިވެސް އެ ޓީމަށް އިރުޝާދުދީފައިވަނީ ވަގުތީ ކޯޗު ސާޖީ ބާހުއަންއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ބާސާއަށް ލީޑުނަގައިދިނީ އަންސޫ ފަޓީއެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި ކެޕްޓަން ސާޖީ ބުސްކެޓްސް ބާސާއަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 34 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން މެމްފިސް ޑިޕާއި ވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ސެލްޓައިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކުއެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަ މިނެޓު ތެރޭ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން ހެދި ގޯހެއްގެ ފައިދާނަގައި ސެލްޓަގެ ކެޕްޓަން އިއާގޯ އަސްޕާސް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ނޮލީޓޯގެ ލަނޑުން ސެލްޓައިން ފަރަގު ކުޑަކުރިއިރު، މެޗުގެ އިތުރު ވަގުތުގައި އަސްޕާސް ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި 12 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް