Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - ސައުދީގެ ގުޅުން

ސައުދީއަށް ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި

އެމެރިކާއިން ވަނީ ސައުދީއަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 ނޮވެމްބަރު 2021 | އާދީއްތަ 01:51
ސައުދީ ސިފައިންގެ އަސްކަރީ ތަމްރީނެއްގެ ތެރެއިން

ސައުދީ ސިފައިންގެ އަސްކަރީ ތަމްރީނެއްގެ ތެރެއިން

ސައުދިއަރަބިއްޔާއަށް ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފިއެވެ.

ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނީ ސައުދިއަރަބިއްޔާއަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ހުއްދަ ހޯދުމަށް އެދި ކޮންގްރެސްއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

ޕެންޓަގަންއިން ނެރުނު ބަޔާނުގައި ބުނީ ސައުދީއަށް އެތައް މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމީ އެގައުމުގެ ދިފާއަށް އަދި މުޅި ސަރަހައްދުގައި އަމަން އަމާންކަން ގާއިމުކުރުމަށްޓަކައި ކަމަށެވެ.

ސައުދީއަށް 650 މިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމިއިރު، މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާއިން ވަނީ ޔަމަން ހަނގުރާމައިގައި ސައުދީ ސިފައިން ބޭނުންކުރާ އަސްކަރީ ހެލިކޮޕްޓަރުތައް މަރާމާތުކުރުމަށް ބޭނުންވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ މިފަދަ އަމަލުތަކަކީ ޔަމަންގެ ހަނގުރާމަ އިތުރަށް ފުޅާވެ ދިގުލައި އިތުރު އެތައް ހާސްބައެއްގެ ފުރާނެ ގެއްލި އަދި ގަލްފް ސަރަހައްދުގެ އަމަން އަމާންކަން ނަގާލުމަށް ކުރަމުންއަންނަ އަމަލުތަކެއް ކަމުގައެވެ. އަދި މިކަން ކުށްވެރިކޮށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

އެމެރިކާސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު