Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ކާމިޔާބީ ބިނާވަނީ ވަން އައިލެންޑް، ވަން ރިސޯޓު ކޮންސެޕްޓަށް: ޑރ. މަޢުޞޫމް

މީގެ ތެރޭގައި ގެސްޓްހައުސްއާ ހޯމް ސްޓޭ ޓުއަރިޒަމް ހިމެނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 ނޮވެމްބަރު 2021 | ހޮނިހިރު 17:53
ސަންގެލި ރިސޯޓު

ސަންގެލި ރިސޯޓު

ފަތުރުވެރިކަމުގެ ކާމިޔާބީ ބިނާވެފައިވަނީ ވަން އައިލެންޑް, ވަން ރިސޯޓު ކޮންސެޕްޓަށްކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ވަން އައިލެންޑް, ވަން ރިސޯޓު ކޮންސެޕްޓު އިތުރަށް ކުރިއަރުވަން ޖެހޭ ކަމަށެވެ. ފަތުރުވެރިކަމުގެ ކާމިޔާބީ އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ މި ކޮންސެޕްޓަށް ކަމަށާއި، ދުނިޔޭގެ އެންމެ މަގުބޫލު ޑެސްޓިނޭޝަންތަކުގެ ތެރޭގައި ރާއްޖެ ގުނާލެވެނީ މި ކޮންސެޕްޓުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ގެސްޓްހައުސް ވިޔަފާރީގެ ކުރިއެރުންތަކެއްވެސް އަންނަންޖެހޭކަމަށާއި, އަދި ހޯމް ސްޓޭއަކީވެސް މިކަމަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓުއަރިޒަމާ ދެކޮޅަށް ދެކެވެމުންދާ ގިނަ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކަމެއްވެސް ކުރިއެރުވޭނީ އިންތަކަކާއި މިންތަކެއްގެ ތެރެއިން ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވަނީ ކާމިޔާބު މޮޑެލްއެއްގެ ގޮތުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އަތޮޅުތެރޭގައި ހޯމް ސްޓޭ ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ޕާޓްނަރުންގެ ގޮތުގައި ތިބީ ކައުންސިލްތައް ކަމަށާއި, އިންތަކާއި މިންތަކުގެ ތެރެއިން އެކަން ކުރަން އެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަ ކައުންސިލްތަކުގައި ތިބީ ފަތުރުވެރިކަމުގެ ދާއިރާގެވެސް ތަޖުރިބާކާރު ބައެއްކަމުން, މިކަން ކުރިއަށްގެންދާނެގޮތް ކައުންސިލްތަކަށް އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޯމް ސްޓޭއާ ގެސްޓްހައުސްއާ ދެމެދު މާ ބޮޑު ތަފާތެއް ނޯންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކަމުގެ ފައިދާ ކުރާނީ ސީދާ ރައްޔިތުންނަށް ކަމަށާއި އަދި ހޯމް ސްޓޭ ޓުއަރިޒަމްއަކީ ކާމިޔާބު މޮޑެލްއަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ހޯމް ސްޓޭ ފަތުރުވެރިކަން 2023 ވަނަ އަހަރު ތައާރަފު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަރަށް ބޮޑު އަމާޒެކެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއާއެކު ފޯރުންތެރި ބަޔަކަށްވެ, އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބަޔަކަށް ރައްޔިތުން ވެގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު