Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތްތައް

މާލޭގައި ވޮލީ ތިން ކޯޓު އަދި އަތޮޅު ތެރޭގައި 25 ކޯޓު އަޅަނީ

6 ނޮވެމްބަރު 2021 | ހޮނިހިރު 18:45

މިއީ އައުޓްޑޯ ވޮލީ ކޯޓުތައް އެޅުމަށް ވުޒާރާއިން ބަޔަކާ ނުގުޅި ފެށި ފުރަތަމަ މަޝްރޫއު

އަތޫފް އާތިފް
އަތޫފް އާތިފް | 6 ނޮވެމްބަރު 2021 | ހޮނިހިރު 18:45
ވޮލީ ކޯޓުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވޮލީ ކޯޓުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލެ ސިޓީގައި އައުޓްޑޯ ވޮލީބޯޅަ ތިން ކޯޓު އަދި އަތޮޅު ތެރޭގައި 25 ކޯޓު އެޅުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރި އަޙްމަދު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވޮލީ ކޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަށްތަކަކީ ހދ. ފިނޭ، ކުމުންދޫ، ނޭކުރެންދޫ، ށ. ފުނަދޫ، މިލަންދޫ، ބ. ކެންދޫ، ގޮއިދޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ފ. މަގޫދޫ، ނިލަންދޫ، ތ. ހިރިލަންދޫ، މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ނިލަންދޫ، ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރު، ލ. ފޮނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއެވެ. މި ކޯޓުތަކުގެ އިތުރުން މާލޭގައި އައުޓްޑޯ ތިން ކޯޓު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މިއީ އައުޓްޑޯ ވޮލީ ކޯޓުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެއްވެސް ބަޔަކާ ނުގުޅި ފެށި ފުރަތަމަ މަޝްރޫއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ މި ކޯޓުތައް ހަވާލުކުރުމާއެކު ވީއޭއެމުގެ މުބާރާތްތަކާއި ހަރަކާތްތައް މި ކޯޓުތަކަށް ވިސްނައިގެން ރޭވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރާއްޖެ ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ގެންދިޔުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރަނޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ވޮލީ ކޯޓުތަކާއެކު ވީއޭއެމުން ހިންގާ ވޮލީބޯލް އެކްސެލެންސް ޕްރޮގްރާމަށްވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ އަންނަ އަހަރަކީ ކުޅިވަރުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފަށައިގަނެވިގެންދާނެ އަހަރެއް ކަމަށެވެ. އަދި ސަރުކާރުން ކުޅިވަރަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރެއިން މި ވަގުތު ކޮށްދެވެނީ ކުޑަ މިންވަރެއްގެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ 25 ރަށެއްގައި މި ސަރުކާރުން އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާއިރު، މީގެ ކުރިން ވަނީ ހަތަރު ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު ގާއިމުކޮށްފައެވެ. އެއީ އަދ. ދިއްދޫ، ރ. ކިނަޅޮސް، އއ. އުކުޅަސް އަދި ކ. ހުރާއެވެ. އަދި ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސްނަންގަވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވީއޭއެމުން އަންނަނީ އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާއްޖެ ޗެމްޕިއަންޝިޕް ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ ރާއްޖެ ޗެމްޕިއަންޝިޕް މުބާރާތް ބާއްވަން ނިންމާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކަމަށެވެ.

އައުޓްޑޯ ވޮލީބޯޅަ ކޯޓުކުޅިވަރާ ބެހޭ ވުޒާރާވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް