Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްލޮކް ގްރާންޓް

ބްލޮކް ގްރާންޓާއެކު ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ހަގީގީ މާނައިގައި ތަންފީޒު ވެގެންދާނެ - ހަމްދާން

މި ސަރުކާރުން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 17:35
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓާއެކު ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ހަގީގީ މާނައިގައި ތަންފީޒު ވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކެރެޓަރީ، އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ބަޖެޓް 2022 ޕްރޮގްރާމްގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުވެސް ބިނާވެފައިވަނީ އެ އަސާސްގެ މައްޗަށް ކަމަށެވެ. މި ސަރުކާރުން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނަށް ބަދަލު ގެނެސް ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށާއި، ގާނޫނަށް ގެނައި ބަދަލާއެކު އެކުލަވާލެވުނު ފުރަތަމަ ކައުންސިލަށް މާލީ ބާރުވެރިކަން މި ބަޖެޓުން ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

2022ވަނަ އަހަރަކީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ހަގީގީ މާނައިގައި ތަންފީޒު ވެގެންދާނެ އަހަރެއް ކަމަށް ހަމްދާން ވިދާޅުވިއެވެ. ޚާއްސަކޮށް ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ލިބިގެންދާނެ ކަމަށާއި، ބްލޮކް ގްރާންޓްގެ ގޮތުގައި ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ކަނޑައެޅިފައިވުމުން، ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މެންޑޭޓްގައި ކުރުމަށް ކަނޑައެޅުފައިވާ ކަންތައް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުމަށް ބަޖެޓުން މަގުފަހިވެގެންދާނެކަން ހަމްދާން ފާހަގަކުރެއްވިއެވެ. ކައުންސިލްތަކަށް އިންސާނީ ތަރައްގީއާއި، އުމްރާނީ ތަރައްގީ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

2019 އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ.

އަދި މި އަދަދު މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަންޖެހެއެވެ. 2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1.5 ބިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދެދެކެވެ.

އަދި މެދުރާސްތާގައި ވެސް މި އަދަދު އިތުރުވަމުންދާނެކަމަށް ލަފާކުރެވެއެވެ. ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ ދައުލަތުގެ އާމްދަނީ ރަނގަޅުވާ މިންވަރަކުން ކައުންސިލްތަކަށް ދޭ އެހީގެ މިންވަރު އިތުރުވަމުންދާނެއެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް ގޮތުގައި ޖުމުލަ ދޫކުރާ އަދަދަކީ އެ އަހަރަށް ފާސްކުރާ ބަޖެޓުގައި އާމްދަނީ ގޮތުގައި ކަނޑައަޅާ އަދަދުގެ 5 އިންސައްތަ (854.9މިލިއަން ރުފިޔާ) ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 އިންސައްތަ (710.5 މިލިއަން ރުފިޔާ) އެވެ.

ބްލޮކް ގްރާންޓް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާ ނިސްބަތަކީ، ރަށު ކައުންސިލްތަކަށް 72 އިންސައްތަ، އަތޮޅު ކައުންސިލްތަކަށް 9 އިންސައްތަ އަދި ސިޓީ ކައުންސިލްތަކަށް 19 އިންސައްތައެވެ.

މި އަދަދު ވަކިވަކި ކައުންސިލްތަކަށް ބަހާއިރު ދެގޮތަކަށް ފައިސާ ބެހިގެންދެއެވެ. އެއީ އިކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައި ދޭ އަދަދާއި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ އަދަދެވެ. އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެންނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.

ބަޖެޓް 2022ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެލްޖީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު