Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

މޮންގޯލިއާއިން ރާއްޖެއަށް ޗާޓާ ފްލައިޓްތަކެއް ފަށަނީ

މީގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ގިނަވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 06:06
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް

"އޯސަމް މޯލްޑިވްސް" އިން މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އޯސަމް މޯލްޑިވްސްއަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މަޝްހޫރު ޓްރެވެލް އެޖެންސީއެކެވެ.

މިއީ ރާއްޖެއާއި މޮންގޯލިއާއާ ދެމެދުގައި ސީދާ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ނިސްބަތުން ގިނަވެގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ސީޒަނުގައި މޮންގޯލިއާއަށް ދަތުރުތަކެއް ފެށުމުން އިތުރު މަންޒިލެއްގައި ރާއްޖެ އިޝްތިހާރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަނެއްކޮޅުން މިއީ ދިވެހީން އެގައުމަށް ޒިޔާރަތް ކޮށްލުމަށް ވެސް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.

ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމަށް 2002 ވަނަ އަހަރު އުފެއްދި އޯސަމް މޯލްޑިވްސްއިން އަންނަނީ ހުޅުމާލޭގައި ދެ ހޮޓަލެއް ވެސް ހިންގަމުންނެވެ. އެއީ އޯސަމް ސުއިޓްސް އާއި އޯސަމް ކޮމްފޯޓްއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްޕީޑްބޯޓުގެ ޚިދުމަތް ވެސް އެ އެޖެންސީން ދަނީ ދެމުންނެވެ.

މޮންގޯލިއާއިން ރާއްޖެއަށް ބާއްވާ ފުރަތަމަ ޗާޓާ ފްލައިޓް އޮންނާނީ ނޮވެމްބަރ 23 ވަނަ ދުވަހުއެވެ. ޖުމްލަ 150 ފަސިންޖަރުން އެދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ޓްރެވެލް ބްލޮގާސް އާއި ޓުއާ އޮޕަރޭޓަރުން ފަދަ މީހުންނެވެ.

މިފްލައިޓް އަނބުރާ މޮންގޯލިއާއަށް ދާއިރު ރާއްޖޭގެ ފަތުރުވެރިންނަށް ޚާއްސަ ޕެކޭޖުތަކެއް ވަނީ ތަޢާރަފްކޮށްފައެވެ. މިޕެކޭޖުގެ ދަށުން ފަސް ރެއާއި ހަ ދުވަހު މޮންގޯލިއާގައި މަޑުކުރެވޭއިރު، މީގެ އަގަކީ 1،590 ޑޮލަރެވެ. މިޕެކޭޖުގެ ތެރޭގައި ޓިކެޓްގެ ޚަރަދާއި، ވިސާ ފީ އާއި ހުރުމާއި، ޓުއާގެ އިތުރުން ކެއުމުގެ ޚަރަދު ހިމެނެެއެވެ.

ނޮވެމްބަރ 23ގެ ދަތުރަށްފަހު މޮޮންގޯލިއާ ދަތުރުތައް ދެން އޮންނާނީ ޑިސެމްބަރ 27ން ފެށިގެންނެވެ. އޭގެ ފަހުން އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއް ދަތުރު ބާއްވަން ނިންމާފައިވާ ކަމަށް އޯސަމް މޯލްޑިވްސްއިން ބުނެއެވެ.

މި ދަތުރުތައް ކުރަނީ މޮންގޯލިއާގެ އުލާންބާތަރް ސިޓީގެ ޗިންގިސް ޚާން އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. މޮންގޯލިއަން އެއާލައިނުން ކުރާ މި ދަތުރުތަކުގެ ދިގުމިނަކީ ހަގަޑިއިރެވެ.

ޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
04 އޮކްޓޯބަރު 2024

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް
02 އޮކްޓޯބަރު 2024

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
01 ޖެނުއަރީ 2024

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް

01 ޖެނުއަރީ 2024
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

20 ނޮވެމްބަރު 2023
މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު