Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް އިސްލާހު ކުރަންޖެހޭ: އިފްހާމް

4 ނޮވެމްބަރު 2021 | ބުރާސްފަތި 02:10

އެއީ ރަނގަޅު އުސޫލެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 02:10
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް އިސްލާހު ކުރަންޖެހޭ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިފްހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތަކަކީ އިސްލާހު ކުރަންޖެހޭ އަދި ރަނގަޅު އުސޫލެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000 ރުފިޔާގެ އިނާޔަތެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލް ނިންމުމަށްފަހު ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ނެތުން ކަމަށާއި، އެ ކުދިން ވަޒީފާގެ މައިދާނަށް ނެރެން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން އެންމެން ބޮޑަށް ދަތިވެގެން ފާހަގަކުރާ ކަންތައްތަކުގެ ތެރޭގައި ބޭސްފަރުވާގެ ކަންތައްތަކާއި ތެރަޕީގެ ކަންތައްތަކުގެ އިތުރުން އެސެސްމަންޓް ނުހެދޭ މައްސަލަ ވެސް ހިމޭނެ ކަމަށް އިފްހާމު ވިދާޅުވިއެވެ. އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ސައިކޮލަޖިސްޓުން ނުތިއްބަވާ މައްސަލަ ވެސް ފާހަގަކުރައްވާ ކަމަށާއި، ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން މިކަންތައްތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ދޭތެރޭގައި މުޖުތަމައުން އަމަލު ކުރާ ގޮތަށް އަލިއަޅުއްވާލައްވާ އިފްހާމު ވިދާޅުވީ މުޖުތަމައުގައި މިފަދަ ކުދިން މަދުން ނަމަވެސް ބާކީ ކުރާ ކަމަށެވެ. އަދި މިކަންތައްތައް ރަނގަޅު ކުރުމަށް މިނިސްޓްރީން އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމުތައް ހިންގަމުން އަންނައިރު އޭގެ އެދެވޭ ނަތީޖާ ފެނިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނެ، އެ މީހުންނަށް އަޅާލުމަށް މިނިސްޓްރީން ވަނީ ބާރުއަޅާފައެވެ.

ރާއްޖޭގައި ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް މީގެ ކުރިން މާލޭގައި ފާހަގަކުރިނަމަވެސް މިފަހަރު އެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ރަށެއްގައި ކަމަށް އިފްހާމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން ރަށެއްކަން ހާމައެއް ނުކުރައްވައެވެ. މި ދުވަހާ ގުޅުވައިގެން މިނިސްޓްރީން ރިވެލި އެވޯޑް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ އެވޯޑެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
25 މާރިޗު 2023

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

25 މާރިޗު 2023
ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް