Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އިންޑިއާ ގުޅުން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައި: މިނިސްޓަރ މާރިޔާ

ޑޯނިއަރ ޕްލައިޓުވެސް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ނޮވެމްބަރު 2021 | ބުދަ 04:06
ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ ބައިވެރިވެ ވަޑައިގަންނަވަނީ

ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ ބައިވެރިވެ ވަޑައިގަންނަވަނީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ ނުލައި ކަމަށެވެ. އަދި ސަރުކާރުން ހުއްދަ ލިބިގެން ނޫން ގޮތަކަށް ރާއްޖެއަށް ނުވެސް އާދެވޭނެ ކަމަށާއި، ރާއްޖޭގައި ތިބޭ މުއްދަތާއި، ކުރާ މަސައްކަތްތައް ވެސް ކަނޑައަޅާނީ ސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑޯނިއަރ ފްލައިޓު ވެސް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ފަދަ ކަންކަމުގައި އިންޑިއާ ސިފައިންގެ އެހީގައި 250ށް ވުރެ ގިނަ މީހުން އެކި ޙާލަތްތަކުން ސަލާމަތްކޮށްދެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޑޯނިއަރ ފަދަ މަތިންދާބޯޓެއް ބޭނުންކޮށްގެން ސަރވައިލެންސް އޮޕަރޭޝަންތައް ހިންގުމަކީ ޑްރަގް ޓްރެފިކިންގ ފަދަ މައްސަލަތައް ވެސް ހުއްޓުވުމަށް އެހީއަކަށްވ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއިން ދުވަހަކު މަސްތުވާތަކެތި އަތުލައިނުގަނެވޭ މިންވަރަށް މިހާރު އަތުލައިގަނެވެމުންދާ ކަމަށެވެ. އަދި އަމިއްލަ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެކަމުގައި ވެސް ގޮންޖެހުންތައް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2015 ވަނަ އަހަރު ސަރުކާރުން ޚިދުމަތަށް ނެރުނު ސީއެމްބިއުލާންސްތައް ވެސް މިއަދު ހުރީ ބޭނުން ނުކުރެވޭ ޙާލަތްތަކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ފައުޖުތައް ވަރުގަދަކޮށް، ނުފޫޒުން އެއްކިބާވެފައިވާ ޤައުމަކަށް ހެދުމަކީ ސަރަޙައްދީ ރައްކާތެރިކަމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ވެސް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު ޤައުމީ ސަލާމަތަށް ހުރި ނުރައްކާތައް މުޅިން ތަފާތުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ޓެރަރިޒަމްގެ ނުރައްކާ ފަދަ ކަންކަން ރާއްޖެއަށް އޮތް މިންވަރު އަބަދުވެސް މޮނިޓަރ ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ އިންޑިއާ އައުޓް ހޭޝްޓެގް ފަތުރަމުންދާ އައިޑީތަކުގެ ތެރެއިން ގިނައީ ފޭކް (ބޮޓް) އައިޑީތައްކަމަށް ބޭރުގެ ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 60،000 އެއްހާ ފަހަރު މި ހޭޝްޓެގް ޓްވިޓަރ ގައި ދައުރުކޮށްފައިވާއިރު، އެއީ 2000އެއްހާ އައިޑީން ކޮށްފައިވާ ޕޯސްޓުތައްކަން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

06 މެއި 2025

ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް

06 މެއި 2025
ޣައްސާން ވެސް ވިދާޅުވީ "ކޮންފިޑެންޝިއަލް ކްލޯޒް" ގެ ސަބަބުން އެއްބަސްވުންތައް ހާމަ ނުކުރެވޭ ކަމަށް
06 މެއި 2025

މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި

06 މެއި 2025
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
11 މެއި 2024

ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް

11 މެއި 2024
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
04 އެޕްރީލު 2024

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް

04 އެޕްރީލު 2024
މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ޚާއްޞަ ނިޒާމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު