Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަނީ ހުކުމް ފަސްކުރުމުގެ މައްސަލަ

މަދަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން ހައިކޯޓުގެ ނިންމުން، ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

2 ނޮވެމްބަރު 2021 | އަންގާރަ 13:44

ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި 6 ކަމެއް ވަނީ ފާހަގަކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ނޮވެމްބަރު 2021 | އަންގާރަ 13:44
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

މަދަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން، އެ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކޮށް, ހައިކޯޓުގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި ނިންމުމުގައި ބުނެފައިވަނީ "އިސްތިއުނާފަށް ބަލައިގަނެފައިވާ މަދަނީ މައްސަލައެއްގެ ތެރެއިން ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ޙާލަތުގައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފުކޮށްފައިވާ ނިންމުމަށް ޢަމަލުކުރުން ފަސްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުގެ 2021 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވާތީ، އެކަން އަންގާ" ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން ސްޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަން ނެރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95/2021/1 (01 ނޮވެމްބަރު 2021) އާއްމު ސިޓީ ބާތިލުވިކަމަށް ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި 6 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ކަމަށް ބުނެފައިވަނީ މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަމުންގެންދާ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލަތަކުގައި ނެރެފައިވާ އަމުރުތަކާއި, ހުކުމްތަކާއި, ނިންމުންތައް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާއެއްގެ ކޯޓަކުން އަމުރުކޮށްފައި ނުވާނަމަ އެއަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަންފީޒުކުރަންވާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަމުންގެންދާ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލައެއްގައި ނެރެފައިވާ އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް, އެ މައްސަލައިގެ ޚަސްމަކު ނުވަތަ އެމައްސަލައެއްގައި މަސްލަހަތު އޮތް ފަރާތަކުން އިސްތިއުނާފް ކޯޓެއްގައި އެދެންވާނީ އެކަމަށްޓަކައި އެ ކޯޓަކުންކަނޑައަޅާފައިވާ ފޯމުންނެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޕްރެކްޓިސް ޑައިރެކްޝަންގައި މީގެ އިތުރުން އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް އިސްތިއުނާފް ކޯޓަކުން އަމުރުކުރަންވާނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާކަމަށް އިސްތިއުނާފް ކޯޓަށް ގަބޫލުކުރެވިއްޖެނަމައެވެ. މި ނުކުތާގެ ދަށުން ދެކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިސްތިއުނާފް ކޯޓުން އަމުރު ނުވަތަ ހުކުމް ނުވަތަ ނިންމުން ތަންފީޒުކުރުން ފަސްކޮށްނުދީފިނަމަ، އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުމެއް ލިބޭނެކަން، ނުވަތަ އަމުރު ނުވަތަ ހުކުމް ނުވަތަ ނިންމުމާ އެއްގޮތަށް ޢަމަލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންކޯޓުން ގަބޫލުކުރާ ނަމޫނާއަކާ އެއްގޮތަށް ސެކިއުރިޓީ ހުށަހަޅާފައިވުމެވެ.

ޕްރެކްޓިސް ޑައިރެކްޝަންގައި ހިމެނޭ ތިންވަނަ ނުކުތާގެ ދަށުން އަމުރެއް ނުވަތަ ހުކުމެއް ނުވަތަ ނިންމުމެއް ތަންފީޒުކުރުން ފަސްކުރުމަށް ކޯޓަކުން އަމުރުކުރުމުގައި، އެ ހުކުމަކީ ފައިސާ ދެއްކުމަށް އަންގައި ކޮށްފައިވާ ހުކުމެއް ނަމަ، ހުކުމް ތަންފީޒުކުރަން އެދޭ ފަރާތުން އެ ހުކުމާ އެއްގޮތަށް ހުކުމްކުރި ކޯޓަށް ފައިސާ ދައްކަމުން ގެންދިއުމަށާއި، އެ ފައިސާއާ މެދު ވަކިގޮތަކަށް ޢަމަލުކުރަން އެ ކޯޓުން އަންގަންދެން ނުވަތަ މައްސަލައިގައި ހުކުމްކުރަންދެން އެފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ހުކުމްކުރި ކޯޓުގައި ބެހެއްޓުމަށް އިޚްތިޔާރު އިސްތިއުނާފް ކޯޓަށް ލިބިގެންވެއެވެ.

ހަތަރު ވަނަ ކަމަށް ބުނެފައިވަނީ މި ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެމަތިން، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އަޑުއެހުމެއް ބޭއްވުމަށްފަހު ނުވަތަ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ނެރެވިދާނެއެވެ. އަދި މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމެއް ނެތި، މައްސަލައިގެ ޒާތަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރުމަށް ފަހު، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގެ އިޚްތިޔާރު އިސްތިއުނާފު ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ،

ފަހުކަމެއްގެ ގޮތުގައި ބުނެފައިވަނީ މި ޕްރެކްޓިސް ޑައިރެކްޝަންގައި "މަދަނީ މައްސަލަ" ކަމަށް ބަޔާންކޮށްފައި އެވަނީ ޖިނާއީ މައްސަލަތައް ފިޔަވައި އެނޫން ހުރިހާ ބާވަތެއްގެ މައްސަލަތަކަށް ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުހައި ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

22 އޮކްޓޯބަރު 2025
އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް