Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

ލަންކާ ބަލިކޮށް އިންގްލެންޑް ސެމީއަށް

2 ނޮވެމްބަރު 2021 | އަންގާރަ 04:23

އިންގްލެންޑުގެ ބަޓްލާ ވަނީ ސެންޗަރީއެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ނޮވެމްބަރު 2021 | އަންގާރަ 04:23
އިންގްލެންޑާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލެންޑާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ސްރީ ލަންކާ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް އިންގްލެންޑުން ގާތްގަނޑަކަށް ޔަގީންކޮށްފިއެވެ.

ގްރޫޕް އެކެއްގައި ހިމެނޭ އިންގްލެންޑުން މި މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗުން މޮޅުވީ ލަންކާ އަތުން 26 ލަނޑުންނެވެ. މި މެޗުން އިންގްލެންޑް މޮޅިވިއިރު، ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ގައުމު ވަނީ މޮޅުވެފައެވެ.

އެއާއެކު އިންގްލެންޑް އޮތީ ގްރޫޕް އެކެއްގެ އެއްވަނައިގައި އަށް ޕޮއިންޓާއެކުއެވެ. މި ގްރޫޕުގައި އިންގްލެންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އޮތީ މި ވަގުތު ދެވަނައިގައި އޮތް ދެކުނު އެފްރިކާ އާއި ތިންވަނައިގައި އޮތް އޮސްޓްރޭލިއާއަށެވެ. އެ ދެ ގައުމަށްވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އެކަމަކު އިންގްލެންޑަށް ނެޓް ރަން ރޭޓްއިން ކުރި ލިބޭނެތީ، އެ ގައުމަށް މިހާރު ވަނީ ސެމީގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެފައެވެ.

ހޯމަ ދުވަހުގެރޭ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅުނު މެޗުގެ މެޗުގައި ޓޮސް ދިމާވުމުން ލަންކާއިން ނިންމީ ހޮވުމަށެވެ. އެއާއެކު އިންގްލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 163 ލަނޑު ހަދާފައެވެ.

މި ބައިގައި ނުބައި ނުވެ އިންގްލެންޑުގެ ތަރި ޖޯސް ބަޓްލާ ވަނީ 67 ބޯޅައިން 101 ލަނޑު ހަދައި، ސެންޗަރީއެއް ހަމަކޮށްފައެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ ސެންޗަރީއެވެ. އަދި މިއީ ޓީ20 އިންޓަނޭޝަނަލްސްގައި ބަޓްލާ މިހާތަނަށް ކުޅުނު 86 މެޗުގައި އޭނާގެ ފުރަތަމަ ސެންޗަރީއެވެ. މީގެ އިތުރުން އުމުރުން 31 އަހަރުގެ ބަޓްލާ ވެފައިވަނީ އިންގްލެންޑުގެ ކްރިކެޓް ތާރީޚުގައި ޓީ20 އާއި ޓެސްޓް ސީރީސް އަދި ވަންޑޭ އިންޓަނޭޝަނަލްސް (އޯޑީއައި) ގައި ސެންޗަރީއެއް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޖަވާބުގައި ލަންކާ ކުޅެން އަރައި 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު ހެދި ވަނިންދު ހަސަރަންގާ އާއި 18 ބޯޅައިން 26 ލަނޑު ހަމަކުރި ބާނޫކާ ރާޖަޕަކްސައެވެ.

މި މެޗުން މޮޅުވެ އިންގްލެންޑުން ސެމީގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކުރިއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު އެ ގައުމު ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.

ޓީ20 ވޯލްޑް ކަޕް

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2026

ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި

11 ފެބުރުއަރީ 2026
ނިންމުން ބަދަލުކޮށް، އިންޑިއާ މެޗު ކުޅެން ޕާކިސްތާން އިން ނިންމައިފި
03 ފެބުރުއަރީ 2026

ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި

03 ފެބުރުއަރީ 2026
ޓީ20 ވޯލްޑް ކަޕް: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން އިން ނިންމައިފި
26 ޖެނުއަރީ 2026

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި

26 ޖެނުއަރީ 2026
ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި
14 ނޮވެމްބަރު 2021

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

14 ނޮވެމްބަރު 2021
ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް
11 ނޮވެމްބަރު 2021

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
10 ނޮވެމްބަރު 2021

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް
09 ނޮވެމްބަރު 2021

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

09 ނޮވެމްބަރު 2021
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް
07 ނޮވެމްބަރު 2021

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި
07 ނޮވެމްބަރު 2021

ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް

07 ނޮވެމްބަރު 2021
ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް
06 ނޮވެމްބަރު 2021

އިންޑިއާ އާއި ނިއު ޒީލެންޑް ސެމީގެ އުއްމީދުގައި

06 ނޮވެމްބަރު 2021
އިންޑިއާ އާއި ނިއު ޒީލެންޑް ސެމީގެ އުއްމީދުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް