Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

މިއީ އޮސްޓްރޭލިއާއިން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2021 | އާދީއްތަ 19:31
ޓީ20 ވޯލްޑް ކަޕުގެ ތައްޓާއެކު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޓީ20 ވޯލްޑް ކަޕުގެ ތައްޓާއެކު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ

މި އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ނިއު ޒީލެންޑް ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން މުޅިން އަލަށް އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ އަށް ވިކެޓުންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ޒީލެންޑް އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 172 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 85 ލަނޑު ހެދި ކޭން ވިލިއަމްސަނާއި 35 ބޯޅައިން 28 ލަނޑު ހަމަކުރި މާޓިން ގުޕްޓިލެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 18.5 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 173 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ބޯޅައިން 77 ލަނޑު ހެދި މިޗެލް މާޝް އާއި 38 ބޯޅައިން 53 ލަނޑު ހަމަކުރި ޑޭވިޑް ވާނާއެވެ.

މި މޮޅާއެކު ޓީ20 ވޯލްޑް ކަޕުގެ ޗެމްޕިއަންކަން މުޅިން އަލަށް އޮސްޓްރޭލިއާއިން ހޯދިއިރު، މި ފަހަރުގެ މުބާރާތުގެ ކުރިން އެ ގައުމުން އެންމެ ފަހުން ޓީ20 ވޯލްޑް ކަޕުގެ ފައިނަލެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުން އޮސްޓްރޭލިއާ ބަލިވީ އިންޑިއާ އަތުންނެވެ. އަދި މި ފަހަރުގެ ފައިނަލަކީ ނިއު ޒީލެންޑުން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ޓީ20 ވޯލްޑް ކަޕް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2021

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
10 ނޮވެމްބަރު 2021

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް
09 ނޮވެމްބަރު 2021

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

09 ނޮވެމްބަރު 2021
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް
07 ނޮވެމްބަރު 2021

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި
07 ނޮވެމްބަރު 2021

ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް

07 ނޮވެމްބަރު 2021
ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު