Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

މެޗާ ކުރިމަތިލިއިރުވެސް އިންޑިއާ ވަނީ ކަޓާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 07:32
ނެމިބިއާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ނެމިބިއާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ކުޅުނު ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާ މޮޅުވެއްޖެއެވެ.

މި މެޗާ ކުރިމަތިލިއިރުވެސް އިންޑިއާ ވަނީ މުބާރާތުން ކަޓާފައެވެ. މި މުބާރާތުގެ ގްރޫޕް ދޭއްގައި އިންޑިއާ ހިމެނުނުއިރު، ހަ ޕޮއިންޓާއެކު އިންޑިއާއަށް ލިބުނީ ތިންވަނައެވެ. މި ގްރޫޕުން ޕާކިސްތާނާއި ނިއު ޒީލެންޑް ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެއްވަނައިގައި ޕާކިސްތާން އޮތީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނިއު ޒީލެންޑަށް ވަނީ އަށް ޕޮއިންޓް ލިބިފައެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އިންޑިއާ މޮޅުވީ ނުވަ ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ނެމިބިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 132 ލަނޑެވެ. ޖަވާބުގައި އިންޑިއާ ކުޅެން އަރައި، 15.2 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 136 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުން އިންޑިއާ ކެޓިއިރު، މި މުބާރާތަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމުން ރަވީ ޝާސްތުރީ ވަކިވާނެއެވެ. އަދި މި މުބާރާތަށްފަހު އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޫކޮށްލަން މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ ވަނީ ނިންމާފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު އިންޑިއާގެ ކޯޗު ޝާސްތުރީ ބުނީ މި ފަހަރުގެ މުބާރާތާ ކުރިމަތިލިއިރު ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެފައި ކަމަށެވެ. އެގޮތުން ބަބަލްއެއްގައި ހަ މަސް ދުވަސް ވަންދެން ކުޅުންތެރިން ތިބިކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދާދި ފަހުން ނިމުނު މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި ވޯލްޑް ކަޕާ ދެމެދު އިތުރު ދުވަސްކޮޅެއް ލިބުނު ނަމަ ތަންކޮޅެއް ރަނގަޅުވާނެ ކަމަށް ޝާސްތުރީ ބުންޏެވެ.

މި މުބާރާތަށްފަހު ޝާސްތުރީ އިންޑިއާ ޓީމުން ވަކިވާއިރު، އެ ގައުމުގެ ކޯޗުކަމާ ދެން ހަވާލުވާނީ އިންޑިއާގެ ކުރީގެ ކެޕްޓަން ރާހުލް ޑްރާވިޑެވެ.

މި އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ހޯމަ ދުވަހުގެރޭ ނިމިގެންދިޔައިރު، ސެމީގެ މެޗުތައް ފަށާނީ ބުދަ ދުވަހުގެރެއެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ އިންގްލެންޑާއި ނިއު ޒީލެންޑެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ ޕާކިސްތާނާއި އޮސްޓްރޭލިއާއެވެ.

ޓީ20 ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

14 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021
ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް

ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިކޮށް އޮސްޓްރޭލިއާ ސެމީއަށް

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު