Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ދަ ހިންދޫއަށް ދެއްވި އިންޓަރވިއު

ރާއްޖެއިން ޚިޔާރުކުރީ އިންޑިއާކަން ވަރަށް ސާފުވާނެ: ރައީސް ނަޝީދު

ރާއްޖޭގައި އިންޑިއާގެ ބައިވެރިވުން އޮންނަންނުޖެހޭނެކަމަށް އެމްޑީޕީއިން ގަބޫލެއް ނުކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ނޮވެމްބަރު 2021 | އަންގާރަ 03:21
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ކަންކަމުގައި އިންޑިއާގެ ބައިވެރިވުން އޮންނަން ނުޖެހޭނެ ކަމަށް އެމްޑީޕީން ދުވަހަކު ވެސް ގަބޫލުނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެހެން ޕާޓީތަކުގެ ފަރާތުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމަށް އެއްވެސް ހުރަހެއް އެޅޭނެފަދަ ކަމެއް ވެދާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި މިފަދަ ވިސްނުންތައް ގެންގުޅުމަކީ އެމީހުންނާމެދު ރައްޔިތުން ކުރާ އިތުބާރު އިތުރުވާނެ ކަމެއް ކަމުގައެވެ. އެހެންނަމަވެސް މިއީ އެއްވެސް އިރެއްގައި އެމްޑީޕީން ގެންގުޅުނު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ކަންކަމުގައި އިންޑިއާގެ ބައިވެރިވުން އޮންނަން ނުޖެހޭނެ ކަމަށް އެ ޕާޓީން ދުވަހަކުވެސް ގަބޫލުނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރަހައްދުގައި ސިޔާސީ ކަންކަން ހިނގަމުންދާގޮތް ދިވެހިންނަށް އެނގޭ ކަމަށާއި، މިކަމުގައި ރާއްޖޭގެ ރޯލު ވެސް ދިވެހިންނަށް ސާފުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރުކުރަނީ ކިހިނެއްތޯ މިއީ ރައްޔިތުން އުފައްދާ ސުވާލެއް ކަމަށާއި، އެހެން ގައުމެއްގެ އެހީއާ ނުލާ މިކަން ކުރެވިދާނެތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ހުރިހާ ކަމެއްގައި ވެސް އެހީތެރިކަން ހޯދުމަށް ރާއްޖެއިން ޚިޔާރުކުރީ އިންޑިއާ ކަމަށެވެ. ރާއްޖެއިން ގެންގުޅެނީ "އިންޑިއާ ފަސްޓް" ޕޮލިސީއެއް ކަމަށާއި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރު އިތުރަށް ވަރުގަދަވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އިޤްތިޞާދީ އަދި ތަރައްގީގެ ރޮނގުން ދެ ގައުމުން ގުޅިގެން ވަރަށް ގާތުން މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގައުމެއްގެ ޚާރިޖީ ސިޔާސަތަކީ އެ ގައުމެއްގެ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ގަބޫލުކުރާ ސިޔާސަތަކަށްވުން މުހިންމު ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާއެކު ދެކެވެމުންދާ ވާހަކަތައް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވިއެވެ. މިކަމުގެ މަޝްވަރާތައް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއެކުވެސް ކުރެއްވި ކަމަށާއި، މިއީ މާ ބޮޑު މައްސަލައެއް ނޫންކަން ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަދައްކަވާފައި މިވަނީ ދިވެހިރާއްޖެ އިންޑިއާގެ ބާރުގެދަށަށް ގެންދަން އުޅޭކަމަށް ގިނަ އަދަދެއްގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުއިންޑިއާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު