Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ލަންކާ މުބާރާތަށް ސަޕޯޓަރުން ވައްދަން މަޝްވަރާކުރަނީ

އައު އުސޫލުގައި ސަޕޯޓަރުން ވެއްދުން ވަނީ މަނާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2021 | ހޯމަ 14:07
ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުން

ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުން

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގެ މެޗުތައް ބަލަން ދަނޑަށް ސަޕޯޓަރުން ވެއްދުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މުބާރާތް ކުރިއަސް ގެންދިޔުމަށް ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ހަފުތާގެ ހުކުރު ދުވަހު ލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ދޭތެރޭ ރައްޔިތުން އަމަލުކުރަން ޖެހޭގޮތުގެ އައު އުސޫލެއް ނެރެފައެވެ. އެ އުސޫލުގައި ވާގޮތުން ކުޅިވަރުތައް ކުޅުމަށް ހުއްދަ އޮތް ނަމަވެސް، ދަނޑުތަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

އެއާއެކު ލަންކާ މުބާރާތުގައި ސަޕޯޓަރުންނަށް ކުޅި ބަލަން ދަނޑަށް ވަދެވޭނެކަމާ މެދު ސުވާލު އުފެދިފައިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވޭތޯ ލަންކާ ސަރުކާރުން މިހާރު ވަނީ ސިއްހަތާ ބެހޭ ވުޒާރާއާއެކު މަޝްވަރާތައް ފަށާފައެވެ. އަދި ލަންކާ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ ޖާގައިގެ 50 އިންސައްތަ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމަކަށްވާއިރު، 2008 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ވަދެފައެވެ. އަދި މި ފަހަރުގެ ފޯ ނޭޝަންސް ކަޕް މެޗުތައް ބަލަންވެސް ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ލަންކާގައި ބާއްވާ މުބާރާތުގައި މި ފަހަރު ރާއްޖެ ވާދަކުރާއިރު، ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ.

ފޯ ނޭޝަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

19 ނޮވެމްބަރު 2021
ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

16 ނޮވެމްބަރު 2021
ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

16 ނޮވެމްބަރު 2021
ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

13 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު