Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

ބަންގްލަދޭޝާއި ސީޝެލްސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 17:55
ލަންކާ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ލަންކާ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްރީ ލަންކާގައި ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ކުޅުނު ދެވަނަ މެޗުން ލަންކާ ބަލިކޮށް މުބާރާތުގެ ފައިނަލާ ގާތަށް ސީޝެލްސް ޖެހިލައިފިއެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ސީޝެލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސީޝެލްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ލަންކާގެ ޑިފެންޑަރު އަސީކުރް ރަހްމާނުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އަދި އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އެ ޓީމުގެ ސްޓެފަން ހިއުގް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި ސީޝެލްސްއިން ލީޑު ނަގާފަައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ޔޯސިފް ރަވީނިއާ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަރެން މެލީއެވެ.

މި މޮޅާއެކު ފައިނަލުގެ އުއްމީދު ސީޝެލްސްއިން ބޮޑުކުރިއިރު، ތާވަލުގެ އެއްވަނައިގައި އޮތް ބަންގްލަދޭޝާއި ދެވަނައިގައި އޮތް ސީޝެލްސްއަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ރާއްޖެ އާއި ހަތަރުވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ލީގު ބުރުގައި މިހާތަނަށް ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާއިރު، އަންނަ އަންގާރަ ދުވަހު މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނެއެވެ. އެގޮތުން އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ސީޝެލްސް އާއި ރާއްޖެ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އެރޭ ލަންކާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. މިހާރު އޮތް ގޮތުން ބަންގްލަދޭޝާއި ސީޝެލްސްއަށް އެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ.

ފޯ ނޭޝަންސް ކަޕް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2021

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

19 ނޮވެމްބަރު 2021
ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް
16 ނޮވެމްބަރު 2021

ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

16 ނޮވެމްބަރު 2021
ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް
16 ނޮވެމްބަރު 2021

ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

16 ނޮވެމްބަރު 2021
ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް
13 ނޮވެމްބަރު 2021

ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ
10 ނޮވެމްބަރު 2021

ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު

10 ނޮވެމްބަރު 2021
ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު