Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

ފައިނަލް މެޗުގައި ލަންކާ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 17:50
ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށްފަހު ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށްފަހު ލަންކާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއިން ހޯދައިފިއެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ލަންކާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރުކޮށްލައިގެންވެސް ބަންގްލަދޭޝަށް ފައިނަލަށް ދެވެން އޮތް ނަމަވެސް، މެޗުން ފަހު ވަގުތު ބަލިވުމުން އެ ޓީމު ވަނީ ކަޓާފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލަންކާއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކުރަން ބަންގްލަދޭޝަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޓޯޕޫ ބަރްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މި ޕެނަލްޓީއަކީ ގޯލު ރޮނގުމަތިން ލަންކާގެ ޑަކްސަން ޕުސްލަސް ބޯޅައިގައި އަތްލުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ގަސްތުގައި ބޯޅައިގައި އަތްލުމާއެކު ރެފުރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އެއާއެކު މެޗުގެ ބޮޑުބައި ލަންކާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މި މެޗުގައި ބަންގްލަދޭޝްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިބްރާހީމެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ވަސީމް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ލަންކާ މޮޅުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ވަސީމް ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލަންކާ ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނައަށް ވެއްޓުނު ބަންގްލަދޭޝަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލަންކާއަށް ކުރި ލިބުނީ ޖެހި ލަނޑު އިތުރުވުމުންނެވެ. އަދި އެއްވަނައިގައި އޮތް ސީޝެލްސްއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެއަށް ލިބުނީ ދެ ޕޮއިންޓެވެ.

މި މުބާރާތުގެ ފައިނަލަށް ލަންކާ ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސީޝެލްސްއާއެވެ. އަންނަ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭއިރު، އެ މެޗުގެ ޚާއްސަ މެހެމާނަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

ފޯ ނޭޝަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

19 ނޮވެމްބަރު 2021
ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

16 ނޮވެމްބަރު 2021
ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު

ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު

10 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު