Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ޕެނަލްޓީގައި ލަންކާ ބަލިކޮށް ޗެމްޕިއަންކަން ސީޝެލްސްއަށް

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސީޝެލްސްގެ ދެވަނަ ކާމިޔާބީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 16:58
ޗެމްޕިއަންކަން ހޯދި ސީޝެލްސް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޗެމްޕިއަންކަން ހޯދި ސީޝެލްސް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސްރީ ލަންކާގައި ކުރިއަށްދިޔަ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސީޝެލްސްއިން ހޯދައިފިއެވެ.

ހުކުރު ދުވަހުގެރޭ ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ސީޝެލްސް މޮޅުވީ ޕެނަލްޓީގައި 3-1 ނަތީޖާއަކުންނެވެ. މި މެޗުގެ ޝަރަފުވެރި މެހެމާނަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލަންކާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާވިން ހެމިލްޓަންއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖީން ހިއުބާޓް އެމަނުއަލް ވަނީ ސީޝެލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަންކާއިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އާކިބް އާއި ވަސީމް ރަޒީކެވެ. މި މެޗުގައި ވަސީމް ލަނޑު ޖެހިއިރު، ލަނޑު ލިސްޓުގެ ކުރީގައި އޮތް ވަސީމް ވަނީ މި މުބާރާތުގައި ޖުމްލަ ހަތް ލަނޑު ޖަހާފައެވެ.

މި މެޗުގައި ސީޝެލްސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. އެގޮތުން ލަންކާގެ ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސީޝެލްސްއިން ފަރަގު ކުޑަކުރިއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލައިޖާ ވުޑްލީ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސީޝެލްސްއިން ވަނީ އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެކަމަކު ލަންކާއިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބުވީ ގޯލްކީޕަރު ސުޖަން ޕެރޭރާ ޖެހި ޕެނަލްޓީ އެކަންޏެވެ.

ލަންކާ ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ސީޝެލްސްއިން ހޯދިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެ ގައުމުގެ ދެވަނަ ކާމިޔާބީއެވެ. އެގޮތުން މީގެ ކުރިން ސީޝެލްސްއަށް ލިބުނު ހަމައެކަނި ބޮޑު ކާމިޔާބަކީ 2011 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފުޓްބޯޅައިގެ ރަން މެޑެއްޔެވެ.

ހަތަރު ގައުމު ވާދަކުރި ފޯ ނޭޝަންސް ކަޕުގެ ޗެމްޕިއަންކަން ސީޝެލްސްއިން ހޯދިއިރު، މި މުބާރާތުގައި ދެން ވާދަކޮށްފައިވަނީ ލަންކާގެ އިތުރުން ރާއްޖެ އާއި ބަންގްލަދޭޝެވެ. މި ފަހަރުގެ މުބާރާތް ރާއްޖޭން ނިންމާލާފައިވަނީ މޮޅެއް ނުލިބިއެވެ. މިއީ ފަހުގެ ތާރީޚުގައި ރާއްޖޭން މުބާރާތެއްގެ މެޗަކުން މޮޅުނުވެ ނިންމާލި ފުރަތަމަ މުބާރާތެވެ.

ފޯ ނޭޝަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

ބަންގްލަދޭޝް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ލަންކާއަށް

16 ނޮވެމްބަރު 2021
ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

16 ނޮވެމްބަރު 2021
ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލާ ގާތަށް

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

ބަންގްލަދޭޝް އަތްދަށުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

13 ނޮވެމްބަރު 2021
ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު

ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު

10 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު