Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުކާޓީން ތަމްރީން ކުރުން

އާރުކާޓީން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފި

1 ނޮވެމްބަރު 2021 | ހޯމަ 10:48

އިންޓަނޭޝަނަލް ޔޮޓް ރެލީ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ނޮވެމްބަރު 2021 | ހޯމަ 10:48
އާރުކާޓީން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ވާރޗުއަލް ރަސްމިއްޔާތު

އާރުކާޓީން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ވާރޗުއަލް ރަސްމިއްޔާތު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އިންތިޒާމުކުރި ސަވާދީއްތަ ދަތުރަށް އާރުކާޓީން (ލޯކަލް ޓުއަރގައިޑް) ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން މިދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށުގެ އާޘާރުތަކާއި އަދި ރަށާބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމަށް މީހުން ތަމްރީނުކުރުމެވެ. މި ތަމްރީން ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާފައިވަނީ 31 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ ހެނދުނު 08:00 ގައި ވާރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އޮނަރަބަލް ޑޮކްޓަރ އިބްރާހިމް ހަސަންއެވެ.

Advertisement - newsAdvertisement

މި ތަމްރީން ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، 12 ރަށަކުން 28 ބައިވެރިންނާއެކު، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގްރާމަކީ އެމްއައިޓީޑީސީގެ އެދިލެއްވުމަކަށް، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ކޯސް ފަރުމާކުރެވިފައިވަނީ، އެމްއައިޓީޑީސީން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަވާދީއްތަ ދަތުރުގައި ބަނދަރުކުރެވޭ ރަށްރަށަށް ޒިޔާރަތް ކުރައްވާ ފަތުރުވެރިންނަށް، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޔޮޓް ރެލީއެކެވެ. މި ރެލީ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޔޮޓް ރެލީއެކެވެ.

ފެބްރުއަރީ މަހަކީ އާންމުގޮތެއްގައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޔޮޓުފަހަރު ބަނދަރުކުރާ މަހެވެ. މި ރެލީގައި ރާއްޖޭގެ ފަސް އަތޮޅެއްގެ 15 ރަށަކަށް ޔޮޓުތައް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާ 11 ރަށަކާއި 4 ފަޅުރަށެއް ހިމެނެއެވެ. މިރެލީގެ ތީމަކީ ރާއްޖޭގެ ގައުމީ ބަޠަލް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުމެވެ. އަދި މި ފަހަރުގެ މި ރެލީއަށް ސަވާދިއްތަ ދަތުރުގެ ނަމުން ނަން ދެވުނު ސަބަބަކީ ސަވާދިއްތައަކީ ބޮޑުތަކުރުފާނަށް ނިސްބަތްކޮށް ބޭނުންކުރެވުނު ނަމަކަށް ވާތީއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ވަނީ، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މިފަދަ މުޙިއްމު ތަމްރީނު ޕްރޮގްރާމެއް ފެއްޓެވީތީ އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ރަށްރަށުގައި ފަތުރުވެރިކަން އާލާވެގެން އަންނައިރު، ނުހަނު މުޙިއްމު އަދި ބޭނުންތެރި ތަމްރީނެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ޞައްޙަ މައުލޫމާތުދީ، އަދި އެފަރާތްތައް ހިތްހަމަޖެހޭފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ އެންމެހާ ބައިވެރިން ވެސް، ތަމްރީން ފުރިހަމަކުރުމަށްފަހު އިތުރު ހަރުފަތަކަށް ދިޔުމަށްޓަކައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ސެޓްފިކެޓް ލެވެލް 3ގެ ލޯކަލް ގައިޑް ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރު ދެއްވިއެވެ.

މުސްތަގުބަލުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ތަމްރީނު ލިބިފައިވާ އާރުކާޓީން ތިބުމުގެ މުޙިއްމުކަމާއި، މިފަދަ އާރުކާޓީންނަކީ ފަތުރުވެރިންގެ ކުރިމަތީގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ، ރާއްޖޭގެ އެމްބެސެޑަރުންކަމަށާއި، މިއީ ޒުވާނުން ވަޒީފާގެ މައިދާނަށް ނިކުމެ ބާރުވެރިކުރުވުމަށް އޮތް ފަހި ފުރުޞަތެއްކަން އެންއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއީ ހަމަ ފެށުމެއްކަމަށާއި، އެމްއައިޓީޑީސީއަކީ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏަކަށްވީ ހިނދު، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މުޅި ރާއްޖެއަށް ލޯކަލް ޓޫރިޒަމްއާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއިދު އެދިވަޑައިގެންނެވިއެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ކަލްޗަރަލް ޓޫރިޒަމް ތަޢާރަފްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ފަރުމާކުރެވިގެން ކުރިއަށްދާ ޔޮޓް ރެލީއެއްކަމަށާއި، މިދަތުރަށް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ޔޮޓް ރެލީގެ މަޤްބޫލުކަމާއި އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވެއެވެ. މިތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް މުދައްރިބުންނާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ސަވާދީއްތަ ދަތުރުގައި ރާއްޖޭގައި ރޫރަލް އަދި ސެއިލް ޓޫރިޒަމްގެ އިތުރުން ހެރިޓޭޖް ޓޫރިޒަމް ހިމެނޭފަދަ އިވެންޓްތައް ބޭއްވުމަށް އެމްއައިޓީޑީސީން ނިންމާފައިވެއެވެ. އެގޮތުން ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކާއި ސަވާދީއްތަ ދަތުރުގައި ބަނދަރުކުރާ ރަށްރަށުގެ ކައުންސިލްތަކާއެކު މިހާރުވެސް މަޝްވަރާބައްދަލުވުންތައް ބާއްވަމުންދާކަން ރާއިދު ފާހަގަކުރެއްވިއެވެ.

އާރުކާޓީން ތަމްރީން ކުރުން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް