Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިނގިލި ބަނދަރު މަޝްރޫޢު

ވިލިނގިލި ބަނދަރު މަޝްރޫޢު: "ފޭސް 3 ގެ އީއައިއޭ ދަނީ ހަދަމުން، މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓް ނިންމާލެވޭނެ"

ވިލިނގިލީ ބަނދަރު ޕްރޮޖެކްޓަކީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2021 | ހޯމަ 05:12
މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ

ވިލިނގިލި ބަނދަރު މަޝްރޫޢުގެ "ފޭސް 3 ގެ އީއައިއޭ ހަދަމުންދާ ކަމަށާއި، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓް ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް މިނިސްޓަރ އަސްލަމް ހާޒިރުވެވަޑައިގަތީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. އެގޮތުން މެމްބަރު ސައުދު ވަނީ ވިލިނގިލި ބަނދަރު މަޝްރޫޢުގެ ފޭސް-3 ގެ މަސައްކަތުގެ ތެރޭގައި ހިމެނޭ، ބަނދަރުގެ އެއްގަމުތޮށި ސީދާކޮށް ރިވެޓްމެންޓް ޖެހުމާއި، ބަނދަރު މަގު ފުޅާކުރުމާއި، އެއްގަމު ތޮއްޓާއި ބޭރު ތޮށީގައި ލައިޓްޖެހުމާއި، ބޭރު ތޮށި ކައިރީގައި ކުދި އުޅަނދުފަހަރު އެޅުމަށް ހަދަންޖެހޭ ޕްލެޓް ފޯމްގެ މަސައްކަތާއި، އަދި ބަނދަރުގެ ޓީ ޖެޓީ ކާގޯ ޖެޓީއެއްގެ ގޮތުގައި މުދާ އުފުލާ ދޯނި ފަހަރާއި ބޮޑެތި ބޯޓު ފަހަރު ފަސޭހަކަމާއެކު ކައިރިކުރެވޭ ގޮތަށް ޑިޒައިންކޮށް މަސައްކަތް ފެށުމަށް ރޭވިފައިވާ ފޭސް-3 ގެ މަސައްކަތްތައް ނުފެށި ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި މި މަސައްކަތްތައް ފުރިހަމަ ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ވިލިނގިލި ބަނދަރު މަޝްރޫޢުގެ ބޭރުތޮށި ލުމުގައި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް ފާހަގަކުރެވި މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި، އެހެންކަމުން ބޭރުތޮށީގެ އުތުރުފަރާތު ނެރުގެ ފިޔަކަށި ޖެހުމާއި އެ ނެރުގެ އުތުރުފަރާތު ބޭރުތޮށި ބޭރުކުރުމާއި، ބަނދަރުގެ ދެކުނުފަރާތު ބޭރުތޮށީގެ އުސްމިން ބަނދަރުގެ އުތުރުފަރާތު ބޭރުތޮށީގެ އުސްމިނާ އެއްމިންގަނޑަކަށް އުސްކުރުމުގެ މަސައްކަތާއި، އަދި ބޭރުތޮށީގެ މައްޗަށް ރާޅުއަރައި ވެލިގަނޑު ދެމިގެންދާ މައްސަލައާއި، ބަނދަރުގެ އެތެރެއިން ވެލިގަނޑު ނަގާ ފުންކުރުންފަދަ ނުނިމިހުރި މިކަންކަން ނިންމުން ލަސްވަނީ ކީއްވެތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިމަސައްކަތްތައް ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯ ވެސް ސުވާލުގައި ހިމަނުއްވާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށްޓަކައި 13 ޖޫން 2021 ގައި ކޮންޓްރެކްޓުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިއީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ބަނދަރު ހަދަން ފެށިއިރު ބަނދަރުގެ ބޭރު ތޮށި އޮތީ އެއްކޮށް ހިލަ "ބްރޭކްވޯޓަރ" އެއް ގޮތަށް ކަމަށެވެ. ނަމަވެސް ކައުންސިލުގެ އެދުމުގެ މަތިން ބަދަލުތަކެއް ގެނެސް، މެދަށް ވެލި އެޅުމަށްފަހު ދެފަރާތުން ހިލަ ޖައްސާގޮތަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. ނަމަވެސް އެ ވެލިތައް ފައިބައިގެން ގޮސްދާނެކަން މިނިސްޓްރީން އޭރުވެސް ފާހަގަކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މައްސަލަ ފަހުން ދިމާވި ކަމަށާއި، އެކަން ޙައްލު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބަނދަރުގެ ކީވޯލް ސީދާ ކޮށްދިނުމާއި، ބަނދަރުގެ ޓީޖެޓީ ހިމެނޭ ސަރަަޙައްދުގައި 10 މީޓަރު ފުޅާ ރޭމްޕެއް ހެދުންވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އީއައިއޭއަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ބެލި ނަމަވެސް، މަސައްކަތުގެ ސްކޯޕަށް ބަލާއިރު އީއައިއޭ ހަދަންޖެހޭ ކަހަލަ ބައެއް މަސައްކަތްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އީއައިއޭގެ މަސައްކަތް ނިމުމުން ފޭސް 3 ގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ކަނޑައެޅިފައި އޮތް މުއްދަތުގައި މި މަސައްކަތް ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަނދަރު ސަރަޙައްދުގެ ތޮށިގަނޑު އުސްކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި ރިވެޓްމަންޓް ޖެހުމާއި، ނެރު ފައިކަށީގެ ތޮށިގަނޑު ދިގު ކުރުމުގެ މަސައްކަތް މިހާރު ޕްރޮޖެކްޓުގެ ތެރޭގައި ހިމެނިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ރޭމްޕް އެހެން ތަނަކަށް ބަދަލު ކުރުމަށް ކައުންސިލުން އެދިފައިވާއިރު، ބަޖެޓް ވޭރިއޭޝަން ތެރެއިން އެކަން ކުރެވިދާނެތޯ މިހާރު މިނިސްޓްރީން ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގއ. ވިލިނގިލިރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު